Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލާއި ހިޒްބުﷲ ގެ ހަނގުރާމަ

ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު އިޒްރޭލުން މަރާލައިފި

މިއީ ފާއިތުވެ ދިޔަ ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ހިޒްބުﷲ ގެ އެންމެ އިސް އޮފިޝަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 4 ޖުލައި 2024 | ބުރާސްފަތި 05:06
ހިޒްބުﷲ އިން އާންމުކުރި ޝަހީދު ކޮށްލި ކޮމާންޑަރު މުހައްމަދު ނައީމް ގެ ފޮޓޯ

ހިޒްބުﷲ އިން އާންމުކުރި ޝަހީދު ކޮށްލި ކޮމާންޑަރު މުހައްމަދު ނައީމް ގެ ފޮޓޯ

ދެކުނު ލުބުނާނުގައި ހުންނަ ހިޒްބުﷲ ގެ އެންމެ އިސް ކޮމާންޑަރު އިޒްރޭލުން ހަމަލާދީ މަރާލައިފި އެވެ.

ހިޒްބުﷲ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އިޒްރޭލުން ހަމަލާދީ އެ ޖަމާއަތުގެ އިސް ކޮމާންޑަރު މުހައްމަދު ނައީމް ނާސިރު ޝަހީދު ކޮށްލައިފި ކަމަށް ބުނެފައިވެއެވެ.

ހިޒްބުﷲ އިން ބުނީ ކޮމާންޑަރަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ އަސްކަރީ މަގާމް ތަކަށް 100 ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ. އިޒްރޭލުން ބުނެފައިވަނީ ރޮކެޓް ހަމާލަތައް އަމާޒު ވީ ހުސް ބިމުގެ ސަރަހައްދަކަށް ކަމަށާއި، ހަމަލާ ތަކުން މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

މިއީ ފާއިތުވެ ދިޔަ ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ހިޒްބުﷲ ގެ އެންމެ އިސް އޮފިޝަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން މި ހަމަލާ އާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިޒްރޭލުން ވައިގެ މަގުން ދިން މި ހަމަލާގައި ނާސިރު ގެ އިތުރުން ހިޒްބުﷲ ގެ އިތުރު ހަނގުރާމަވެރިއަކާ އާއްމުންގެ މީހަކުވެސް ވަނީ މަރުވެފައެވެ.

ހިޒްބުﷲ ގެ އިސް ކޮމާންޑަރަކަށް އަމާޒު ކޮށް އިޒްރޭލުން މި ހަމަލާ ދިން އިރު، ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް ހޫނުވަމުން ދާކަން މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މަސްރަހް ހޫނުވެ ދެ ފަރާތުގެ ދެމެދުގައި ފުރިހަމަ ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރު އޮތުމާއެކު ލުބުނާންގައި ދިރިއުޅޭ އެހެން ގައުމު ތަކުގެ މީހުންނަށް އެމީހުން ނިސްބަތްވާ ގައުމު ތަކުގެ ސަރުކާރު ތަކުން އަންނަނީ ލުބުނާން ދޫކޮށް ދިއުމަށް އިރުޝާދު ދެމުން ނެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާ ތަކުގައި ލެބަނަން އިން 400 ށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ހިޒްބުﷲ ގެ ހަނގުރާމަވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލުން 25 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އިޒްރޭލް ސިފައިންނެވެ.

މަސްރަހް ހޫނު ވަމުން ދިއުމާއެކު ދެ ފަރާތުގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް މީހުން ވަނީ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ހިޒްބުﷲއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު