Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމް ހިންގުން ފީފާ އިން ހަވާލު ކުރީ ޖައުޝަން އަށް

ފީފާ އިން އަންގާފައި ވަނީ ޖައުޝަންގެ ބެއްލެވުމުގެ ދަށުން އިދާރީ ކަންކަން ކުރިއަށް ގެންދިޔުމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖުލައި 2024 | ބުރާސްފަތި 04:12
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން، އެ އިދާރާގެ ވަގުތީ ޖެނަރަލް ސެކްރަޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އަށް ހަވާލު ކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ހަވާލުވި ޖައުޝަން އަށް، އެ އިދާރާގެ ހިންގުން ހަވާލު ކުރީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިންނެވެ. އެއީ އެފްއޭއެމްގައި އޮތް ހިންގާ ކޮމެޓީގެ ދައުރު ހަމަވެ، އެ އިދާރާ ހުސްކަމެއްގެ ތެރެއަށް ގޮސްފައި ވަނިކޮށެވެ.

އެފްއޭއެމްގެ އިންތިޚާބު އެންމެ ފަހުން ބާއްވާފައި ވަނީ 2020 ވަނަ އަހަރު އެވެ. އެ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށް އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވީ ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމްގެ ދައުރު މިއަހަރު ހަމަވާތީ، އެފްއޭއެމުން ވަނީ އިންތިޚާބު ބާއްވަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިޖުރާއަތްތަކާ ޚިލާފަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާތީ، ފީފާ އިން ވަނީ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލަން އަންގައިފަ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވީއިރު، ފީފާ އިން އަންގާފައި ވަނީ ޖައުޝަންގެ ބެއްލެވުމުގެ ދަށުން އިދާރީ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް ޖައުޝަން ވިދާޅުވީ، އޭނާ އަށް އަމަލު ކުރެވޭނީ ފީފާ އިން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ކަންކަން ކުރިއަށް ގެންދެވޭނީ ފީފާއާ ވާހަކަ ދައްކައި، މަޝްވަރާކޮށް، ފީފާ އިން އަންގާ ގޮތެއްގެ މަތިން ކަމަށް ވެސް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ. އަދި ފީފާ އިން ނިންމާ ގޮތެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އަންގާނެ ކަމަށް ބެލެވޭ ކަމުގައި ވެސް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެފައިވާއިރު، ބައްސާމާ ދެކޮޅަށް އެތައް ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ޝަރީއަތުގައި ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. އެ ދައުވާތުގެ އަޑުއެހުންތައް ފަށާފައިވާއިރު، ފީފާ އިން ނުވަ މަސް ދުވަހުގެ މުއްދަތަކަށް ބައްސާމް ސަސްޕެންޑު ވެސް ކުރި އެވެ. އެފްއޭއެމް އިން އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި އިންތިޚާބުގައި ވާދަކުރެއްވުމަށް ވެސް ބައްސާމް ނިންމެވި އެވެ. ނަމަވެސް އެ އިންތިޚާބު ވެސް ފީފާ އިން ވަނީ ހުއްޓުވައިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފީފާމުޙައްމަދު ޖައުޝަން ޝަރީފް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު