Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދައިގެ ހިދުމަތް

ގިނަ ބަޔަކު ބޭސްފަރުވާ ހޯދަންދާ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ހުއްޓާލައިފި

އަގުތައް ދަނީ މުރާޖާ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖުލައި 2024 | ބުދަ 18:21
ގިނަ ދިވެހިން ބޭސްފަރުވާއަށްދާ މަނީޕާލް ހޮސްޕިޓަލް

ގިނަ ދިވެހިން ބޭސްފަރުވާއަށްދާ މަނީޕާލް ހޮސްޕިޓަލް

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސްފަރުވާ ހޯދަންދާ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ހުއްޓާލައިފިއެވެ.

އާސަންދަ ދިނުން ހުއްޓާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަމާއި ގުޅޭގޮތުން އާސަންދައިން ބުނެފައިވަނީ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލާ އެކު މިވަގުތު އެއްބަސްވެފައިވާ އަގުތައް އެ ކުންފުނިން މުރާޖައާ ކުރަމުންދާތީވެ، އާސަންދަ ސްކީމުގެ ދަށުން އެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މިވަގުތަށް ހުއްޓާލާފައި ވާ ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ އެގޮތަށް ނިންމާފައިވީނަމަވެސް އޭގެ ސަބަބުން މިވަގުތު އާސަންދައިގެ ދަށުން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ އެއްވެސް ބަލިމީހެއްގެ ފަރުވާއަށް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ.

އާސަަންދަ ކުންފުނިން ބުނީ އެ ހޮސްޕިޓަލާއެކު އަގުތައް މުރާޖާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް އަލުން އެ ހޮސްޕިޓަލުން އާސަންދަ ދޭން ފަށާނެ ދުވަހެއް ނޭނގޭ ކަމަށް އާސަންދައިން ބުނެއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އިންޑިއާއެކު އޮންނަ ގުޅުންތައް ހީނަރުކޮށް، އެ ގައުމަށް ބޭސްފަރުވާއަށް ދިވެހިން ދިއުން ނިމުމަކަށް ގެނެސް ތައިލޭންޑާއި ދުބާއީ އިން އާސަންދައިގެ ދަށުން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހޯދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާތަަނަށް އައި އިރުވެސް އެ މަސައްކަތް ނުފެށެއެވެ.

އާސަންދަ ކުންފުނިން ބުނެފައިވަނީ ތައިލެންޑާއި ޔޫއޭއީ އިން ސިއްހީ ޚިދުމަތް ހޯދޭ ގޮތަށް އާސަންދަ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ. އެގޮތުން ތައިލެންޑް އަދި ޔޫއޭއީގައި ހިދުމަތް ފައްޓަން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.

މަނީޕާލް ހޮސްޕިޓަލްއާސަންދަ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު