Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާދަޔާ ޚިލާފު ބޮޑު އާއިލާއެއް

16 އަނބީންނާއި 151 ކުދިން އެބަތިބި، އަދިވެސް ބޭނުންވަނީ އިތުރުކުރަން

މިއަހަރުގެ ފަހުކޮޅު 17 ވަނަ އަނބިމީހާ ގެއަށް ގެންނާނެ

ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 07:11
މިޝެކް ނިޔަންޑޯރޯ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން: ސޯޅަ އަނބީންނާއި 151 ކުދިން ތިބޭ

މިޝެކް ނިޔަންޑޯރޯ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން: ސޯޅަ އަނބީންނާއި 151 ކުދިން ތިބޭ

މިޝެކް ނިޔަންޑޯރޯއަކީ އުމުރުން 66 އަހަރުވެފައިވާ މުސްކުޅިއެކެވެ. މާކަ ތަނަވަސް މީހެއް ނޫނެވެ. އެކަމަކު މިހާރުވެސް 16 އަނބީންނާއި 151 ކުދިން އެބަތިއްބެވެ. އުޅެނީ އެވަރުވެސް މަދުވެގެންނެވެ. މިއަހަރުގެ ފަހުކޮޅު އިތުރު ކައިވެންޏެއް ވަނީ ރާވާފައެވެ. ބޭނުމަކީ ވީހާވެސް ގިނަ ކުދިން ހޯދުމެވެ.

އެފްރިކާގެ ދެކުނު ބިތުގެ ގައުމެއް ކަމަށްވާ ޒިމްބާބުވޭއަށް ނިސްބަތްވާ ނިޔަންޑޯރޯ ބުނާގޮތުގައި ގިނަ މީހުންނާއި އިނދެ ގިނަ ކުދިން ހޯދުމަކީ ޚާއްސަ މަޝްރޫއެކެވެ. މި މަޝްރޫއު އޭނާ ފަށާފައިވަނީ މީގެ 38 އަހަރު ކުރިންނެވެ. މިހާރު އެއީ ދިރިއުޅުމަށްޓަކައި ވަކި ޚާއްސަ މަސައްކަތެއް ކުރާ މީހެއް ނޫނެވެ. މަސައްކަތެއް އޮތިއްޔާ އެކަމަކީ އުފާ ހޯދުމެވެ. ނިޔަންޑޯރޯ ބުނާ ގޮތުގައި އޭނާގެ ފުލް ޓައިމް ވަޒީފާޔަކީ ހުރިހާ އަނބީން އުފަލުގައި ބޭތިއްބުމެވެ.

އުމުރުން މައްޗަށް ދިޔައަސް ނިޔަންޑޯރޯ ބުނާ ގޮތުގައި އަދިވެސް އިތުރު އަނބިން ބޭނުންވެއެވެ. އެހެން އެވަނީ މިހާރު ތިބި ބައެއް އަނބީން ރިޓަޔަމަންޓް އުމުރަށް ދިޔުމުގެ ސަބަބުން ފައިހަމަކޮށްލެވޭ ވަރުގެ މީހުން ބޭނުންވާތީއެވެ. މި ހުރިހާ އަަނބީންނާއި ކުދިންވެސް ދިރިއުޅެނީ އެއް ފުރާޅެއްގެ ދަށުގައެވެ. މިއަަހަރުގެ ނޮވެމްބަރު ހިސާބުގައި އައު މީހަކާ އިނދެގެން އެމީހާ ގެންނާނީވެސް ހަމަ މިގެއަށެވެ.

ނިޔަންޑޯރޯއަކީ ރޮބަޓް މުގާބޭމެންނާއެކު ޒިމްބާބުވޭގެ މިނިވަންކަމުގެ ހަގުރާމައިގައި ބައިވެރިވި މީހެކެވެ. އެދުވަސްވަރު ލިބިފައި ހުރި ބިންތަކެއް ހުރުމުން އާދައިގެ ދިރިއުޅުމެއް އުޅެވެނީއެވެ. އެކަމަކު ނިޔަންޑޯރޯ މިހާރު ބުނަނީ އޭނާއަށް އާމްދަނީ ލިބުމުގެ ވަސީލަތަކީ މިހާރު އަމިއްލަ ދަރީންނާއި ދޮންދަރިން ކަމުގައެވެ. ހުރިހާ ކުދިންވެސް އޭނާއަށް ބަރާބަރަށް ފައިސާޔާއި އެނޫންވެސް ހަދިޔާ ދެމުން އަންނަ ކަމުގައެވެ.

ހުރިހާ އަނބީންނަށް އެއްވަރަކަށް ހިތުމަށްޓަކައި އެކި ކަންކަމަށް ނިޔަންޑޯރޯ އޮންނަނީ ޑިއުޓީ ރޯސްޓާއެއް ހަދައިފައެވެ. އޭގައި އޮންނަ ގޮތުން ކޮންމެ ދުވަހަކީވެސް ހަތަރު އަނބީންގެ ޝިފްޓެކެވެ. އެ ޝިފްޓުގައި ވަކި މީހަކަށް އިސްކަން ދިނުމެއް ނޯންނާނެއެވެ. އެންމެން ވާނީ އެއްވަރެވެ. އެކަމަކު އެކި އަނބީންގެ އުމުރާއި ސިއްހަތަށް ބަލައިފައި އެމީހުންނާއެކު ހޭދަކުރާ ވަގުތާއި އަމަލުތައް ބަހައްޓާ ގޮތަށް އުނި އިތުރު ގެންނަ ކަމުގައި ނިޔަންޑޯރޯ ބުންޏެވެ.

ކެއުމަށް ވެސް ޚާއްސަ އުސޫލުތަކެއް ނިޔަންޑޯރޯ އޮންނަނީ ހަމަޖައްސައިފައެވެ. ކާނީ ރަހަމީރު ކާނާއެވެ. އެނޫން އެއްޗެއް އަރުތެރެއިން އެތެރެވެގެންނެއް ނުވެއެވެ. ހުރިހާ އަނބީންވެސް ކައްކާނެއެވެ. ނިޔަންޑޯރޯއަށް ތަށިބަރި ހިފައިގެން އަންނާނެއެވެ. ދެން އެތައްޓަކުން މިތައްޓަކުން ރަހަބަލަމުންގޮސް 16 ތަށީގެ ބުރު ހަމަވާއިރު ބަނޑުބޮޑުވަންދެން ހުންނާނީ ކެވިފައެވެ. ރަހަ ރަނގަޅު ނޫން އެއްޗަކާ ދިމާވެއްޖެނަމަ އެ އެއްޗެއް އަނބުރައި ފޮނުވައިލާނެއެވެ. އެއީ އެމީހެއްގެ ކެއްކުން ރަނގަޅު ކުރުމަށް ލިބޭ ފިލާވަޅެކެވެ. މިކަންވެސް އޮންނަނީ ވާދަވެރިކަން ބޮޑު މުބާރާތެއް ފަދައިންނެވެ.

ނިޔަންޑޯރޯއަށް މިހާރު ލިބިފައިވާ ހުރިހާ ކުދީންނަކީ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވީނަމަ ސާދަ ޓީމު ހަމަވެއެވެ. އޭނާ ބުނާގޮތުގައި ދުނިޔޭގައި ދެމިހުރިހާ ދުވަހަކު ކައިވެނި ކުރުމާއި ކުދިން ހޯދުން ހުއްޓައިލުމެއް ނެތެވެ. އެހެން މީހުންނާ ނިޔަންޑޯރޯ ތަފާތުވާ ސަބަބަކީ މީހަކު ވަރިކޮށްފައި ދޫކޮށްލުމުގެ ފަލްސަފާ ނުގެންގުޅުމެވެ. ވަރިވާކަށްވެސް އަންހެނަކު ނޫޅެއެވެ. އެންމެންވެސް ތިބެނީ އުފަލުންނެވެ. އުމުރުން މައްޗަށްދާ އަނބީންގެ ކިބައިގައި ކެއްކުމުގެ ހުނަރު އިތުރުވާތީ މިހުރިހާ އަނބީންގެ ބޭނުންވެސް އޭނާއަށް ނުހަނު ބޮޑެވެ. ފޫހިވެގެން ބޭނުން ނެތިގެން ދޫކޮށްލުމުގެ ވިސްނުމެއް ވިސްނާކަށްވެސް ނުޖެހެއެވެ.

މިރަރއެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

03 ޖުލައި 2024
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

20 މެއި 2024
ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

04 ފެބުރުއަރީ 2024
ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

07 ޖުލައި 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު