Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ 2024

އުރުގުއޭ އަތުން ބަލިވެ، އެމެރިކާ ކަޓައިފި

އެމެރިކާ އަތުން މޮޅުވެ، އުރުގުއޭ އިން ވަނީ މި ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2024 | އަންގާރަ 07:48
މެޗުގައި ލަނޑު ޖެހުމަށްފަހު އުރުގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އުރުގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުރުގުއޭ އަތުން ބަލިވެ، އެމެރިކާ މުބާރާތުން ކަޓައިފި އެވެ.

އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗު އުރުގުއޭ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗާ ކުރިމަތިލީއިރު، އެމެރިކާ ކުރިން ކުޅުނު އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. އެހެންވެ، މުބާރާތުގެ ކުއާޓާ ފައިނަލް އަށް ދިޔުމުގެ ފުރުސަތު އެމެރިކާ އަށް އޮތީ އެ މެޗުން މޮޅުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި އުރުގުއޭ އިން ލަނޑު ޖެހީ ފަހު ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ޑިފެންޑަރު މަތިއަސް އޮލިވެރާ އެވެ. އޭގެ ފަހުން އެމެރިކާ އަށް ވެސް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

މެޗުން ބަލިވެ، އެމެރިކާ ދިޔައީ ގްރޫޕް ސީގެ ތިން ވަނަ އަށެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. އެމެރިކާ އަތުން މޮޅުވެ، އުރުގުއޭ އިން ވަނީ މި ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެންނެވެ.

ކޮޕާ އެމެރިކާ 2024އުރުގުއޭއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު