Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްއޭގެ ގަވަރުނަރު ވަކިކުރުން

ގަވަރުނަރު ހާޝިމް ވަކިކުރަން ރައީސްއަށް ލަފާދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މަނިޓަރީ ޕޮލިސީ ހިނގަމުން ނުދާ ކަމަށް ނާޒިމް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޖުލައި 2024 | ހޯމަ 15:35
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސްއަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސްއަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރަން ރައީސުލްޖުމްހުރިއްޔާ އަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ ހާޝިމްއަށް އޭނާގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާތަން ނުފެންނާތީ މަގާމުން ވަކިކުރުމަށް ހުށަހަޅާ ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ އެމްއެމްއޭއަކީ 1981 ވަނަ އަހަރު އެކުލަވާލެވުނު މޯލްޑިވްސް މަނިޓަރީ ގަނޫނުގެ ދަށުން އެކުލަވާލާ ހިންގަމުންދާ މަރުކަޒީ ބޭންކު ކަމަށާއި، އެ ގާނޫނުގައި ސާފު އިބާރާތުން ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ މައިގަނޑު މަގުސަދުތަކަކީ ފައިސާ ނެރުމާއި ފައިސާ ލިބެން ހުންނަ ގޮތްތައް އަދި ދިވެހި ރުފިޔާގެ ބައިނަލްއަގުވާމީ އަގު ކަނޑައެޅުމާއި ބޭންކިންގ އަދި މަނިޓަރީ މުއާމަލާތްތަކާއި ގުޅޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާކުރުމަށް ބޭންކުގެ މުއާމަލާތްތައް އެކަށައަޅާ ހިނގާ ނުހިނގާ ބެލުން ހިމެނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގައުމުގެ އިގްތިސާދު ހީނަރުވެ އަލުން އިއާދަކުރުން އުނދަގޫ ހިސާބަކަށް ގޮސް ގައުމުގެ އިގްތިސާބު ނިކަމެތި ހިސާބަކަށް ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލްކުރެވިފައި ނެތް ކަމަށެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސުކަމުގައިވާ މަނިޓަރީ ޕޮލިސީ ހިނގަމުން ނުދާ ކަމަށް ވެސް ނާޒިމް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ސަބަބުތަކަށް ފުރިހަމައަށް ރިއާޔަތްކޮށް ދިވެހި ގައުމުގެ އިގްތިސާދު ހީނަރުވެ ބޮޑު އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި އެމްއެމްއޭއަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ މުއައްސަސާއަށްވެފައި، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައި ނުވާ ކަމަށެވެ.

އަދި މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލުކުރަންޖެހޭނަމަ އެކަން ކުރުމުގެ ވަގުތުކަމުން މަރުކަޒީ ބޭންކަށް ތާޒާ އައު ލީޑަރޝިޕެއް ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ހުށަހަޅުއްވާފައިވާ މައްސަލައަށް ތާއިދުކުރެއްވި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މައްސަލައަށް ތާއިދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

މި މައްސަލައާއި ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި މެންބަރު ނާޒިމް ހުށަހެޅުއްވި ގޮތަށް ގަވަރުނަރު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވައިގެން ވަކިކުރަން ނުޖެހޭ ކަމަށާއި، ގަވަރުނަރު ވަކިކުރުމުގެ ކަންކަން ކޮމިޓީއަށް ވެސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެކަން ނިމިގެން އައިސްފައިވަނީ ޕާޓީގެ ޕޮލިސީ ލެވެލްއިން ނިމިގެން އައި ކަމެއްގެ ގޮތުގައި ސިފަވާކަމަށް މެނަބްރު ޣަފޫރު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް، އެބޭފުޅަކަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވުމުގެ ފުރުސަތު ނުލިބި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެމްއެމްއޭގެ ގަވަރުނަރަަށް ކޮމިޓީއަށް ހާޒިރުކުރުމަށް ދައުވަތު ދެވިފައިވާ ކަމަށާއި، އެހެންކަމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.

ކޮމިޓީން ވަނީ ގަވަރުނަރު އަލީ ހާޝިމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްވެސް ނިންމާފައެވެ. އަދި އޭނާ ވަކިކުރުމަށް ރައީސްއަށް ދެންނެވުމަށް މަޖިލީހުގެ ރައީސްއަށް ހުށަހެޅުމަށް ކޮމިޓީގެ މެންބަރުންގެ އަގުލަބިޔަތުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިހުތިޖާޖު ކުރަމުންދަނިކޮށް، 33 ވޯޓުން ގަވަރުނަރު ކަމަށް ނަސީރަށް ރުހުންދީފި

އިހުތިޖާޖު ކުރަމުންދަނިކޮށް، 33 ވޯޓުން ގަވަރުނަރު ކަމަށް ނަސީރަށް ރުހުންދީފި

24 އޯގަސްޓު 2017
އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ނަސީރު އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށްފި

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ނަސީރު އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށްފި

23 އޯގަސްޓު 2017
ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

22 އޯގަސްޓު 2017
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުވައިފި!

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުވައިފި!

20 އޯގަސްޓު 2017
ގާނޫނު މުގުރާލުމަށް ސަލާމަތީ ބާރުތަކުން ރައީސްއަށް އެހީތެރިވެދީގެން ނުވާނެ: ރައީސް ނަޝީދު

ގާނޫނު މުގުރާލުމަށް ސަލާމަތީ ބާރުތަކުން ރައީސްއަށް އެހީތެރިވެދީގެން ނުވާނެ: ރައީސް ނަޝީދު

19 ޖުލައި 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު