Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލުން ލުބުނާނަށް ހަމަލާ ދިނުން

ލުބްނާނަށް ހަމަލާ ދީފި ނަމަ އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުން ބުނީ ސަރަހައްދުގެ ހުރިހާ ޖަމާއަތްތަކެއް ހިމެނޭ ގޮތުން އެންމެން އެކުގައި އިޒްރޭލަށް ހަމަލާން ދޭން ތައްޔާރަށް ތިބި ކަމަށެވެ.

ރާއްޖެ އެމްވީ | 29 ޖޫން 2024 | ހޮނިހިރު 13:57
އީރާންގެ ރިވޮލިއުޝަނަރީ ގާރޑް ކޮޕްސް އަހަރީ މިލިޓަރީ ޕެރޭޑްގައި ހަރަކާތްތެރިވަނީ

އީރާންގެ ރިވޮލިއުޝަނަރީ ގާރޑް ކޮޕްސް އަހަރީ މިލިޓަރީ ޕެރޭޑްގައި ހަރަކާތްތެރިވަނީ

އިޒްރޭލުން ލުބުނާނަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދުގެ ހުރިހާ ބާރުތައް ގުޅިގެން އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އިޒްރޭލަށް ހޮނިހިރު ދުވަހު ދީފިއެވެ.

އީރާނުން ބުނީ ސަރަހައްދުގެ ހުރިހާ ޖަމާއަތްތަކެއް ހިމެނޭ ގޮތުން އެންމެން އެކުގައި އިޒްރޭލަށް ހަމަލާން ދޭން ތައްޔާރަށް ތިބި ކަމަށެވެ.

ނިއުޔޯކުގައި ހުންނަ އީރާނުގެ މިޝަން އިން މި އިންޒާރު އިޒްރޭލަށް ދިން އިރު، ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ އިޒްރޭލާ ދެމެދުގެ ބަހުގެ ހަމާލާތައް ހޫނުވެ، އިޒްރޭލާއި ލުބުނާން އާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރުވަނީ އުފެދިފައެވެ. އަނެއްކޮޅުން، ގާޒާގައި އިޒްރޭލުން ހަނގުރާމަ ފެށިފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލާ ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލު ކުރެވޭކަން ފާހަގަ ކުރެވެއެވެ.

ދެފަރާތުގެ ދެމެދުގެ މަސްރަހް އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ޖޫން މަހުގެ ތެރޭގައެވެ. އިޒްރޭލުން ބުނެފައިވަނީ ލުބުނާނަށް ހަމަލާ ދިނުމުގެ ޕްލޭން އިޒްރޭލުގެ އަސްކަރިއްޔާ އިން މިހާރު ވަނީ ފާސްކޮށްފައި ކަމަށެވެ. އެއާއެކު ހިޒްބުﷲ އިން ބުނެފައިވަނީ ލުބުނާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ އިޒްރޭލުގެ އެއްވެސް ތަނެއް ސަލާމަތުން ނުބަހައްޓާނެ ކަމަށެވެ.

ނިއުޔޯކް ގައި ހުންނަ އީރާނުގެ މިޝަން އިން 'އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޔަހޫދީ ދައުލަތުން ލުބުނާނަށް ހަމަލާ ދޭނެ ކަމަށް ފަތުރާ ޕްރޮޕަގެންޑާ އަކީ ނަފްސާނީ ހަނގުރާމަ އެއް ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި، އެހެން ނަވެސް އިޒްރޭލުން ފުރިހަމަ ހަނގުރާމަ އެއް ފަށައިފި ނަމަ، އިޒްރޭލަށް ގެއްލުން ބޮޑު ހަނގުރާމައަކަށް އެ ހަނގުރާމަ ހަދާނެ ކަމީ ޔަގީން ކަމެއް ކަމަށާއި، އެކަން ކުރުމަށް ހުރިހާ އޮޕްޝަން އެއްގެ ބޭނުން އީރާނުން ހިފާނެ ކަމަށެވެ.

އީރާން އެހީތެރިވާ ހިޒްބުﷲ ގެ އިތުރުން، ސަރަހައްދުގެ އެހެން ބައެއް ގަމުތަކުގައި އުފެދިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަކީ ވެސް އީރާނުގެ އެހީތެރިކަން ލިބެމުން އަންނަ ޖަމާއަތްތަކެއްގެ ގޮތުގައި އަންނަނީ ބެލެމުންނެވެ. މިގޮތުން އީރާނުން މަދަދުވެރިވާ ޔަމަންގެ ހޫތީން ގެންދަނީ، ގާޒާގެ ރައްޔިތުންނާ ބައިވެރިވުމުގެ ގޮތުން ރަތް ކަނޑުން ދަތުރުކުރާ އާގު ބޯޓު ފަހަރަށް އަމާޒުކޮށް ވަރަށް ގާތްގާތުގައި ހަމާލާތައް ދެމެންނެވެ.

ލުބުނާނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފަށާފާނެ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، އިޒްރޭލާއި އީރާނަކީ ބޮޑު ދެ ހަތުރުންގެ ގޮތުގައި ބެލެވޭ ދެ ގައުމެވެ. ދޭތެރެ ދޭތެރެއިން މި ގޮތުން އެއް ގައުމުން އަނެއް ގައުމަށް ހަމަލާތައް ދެމުންދާކަން ފާހަގަ ކުރެވެއެވެ.

މިއަހަރުގެ އޭޕްރީލް މަހު ދިމިޝްގް ގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާއެއް ގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ 7 މެމްބަރުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އީރާނުގެ 2 ޖެނެރަލުން ވެސް ހިމެނެއެވެ.

މި ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން އޭޕްރީލް 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ފުލުފުލުގައި ޑްރޯން އާއި ރޮކެޓް ހަމަލާތައް އިޒްރޭލަށް ވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު