Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށި ޖަލުގައި މީހަކު ނިޔާވުން

މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާތީ އާންމުން ކަންބޮޑު ވެއްޖެ

ހަގީގަތް ހާމަ ނުކޮށް ވަޅުލާތީ އާންމުން ކަންބޮޑުވޭ

ރާއްޖެ އެމްވީ | 28 ޖޫން 2024 | ހުކުރު 19:36
މާފުށި ޖަލުގައި ނިޔާވި މުހައްމަދު ޖަމީލް

މާފުށި ޖަލުގައި ނިޔާވި މުހައްމަދު ޖަމީލް

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ އޭނާ ވަޅުލަން އުޅޭތީ އެކަމާ އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން އެބަ ގެންދެއެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ އޭނާ ނިޔާވި ކަމަށް ނިންމީ، ހުކުރު ދުވަހު އޭނާ އޮންނަ ގޮޅީގައި ހަރަކާތެއް ނެތި ގިނަ އިރުތަކެއް ވީކަން ފާހަގަ ކުރެވިގެން، ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިނުމުން ވެސް ހަރަކާތެއް ނެތުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު ހާއިރު ގެންގޮސް ބެލުމަށް ފަހުގައި ކަމަށެވެ.

Advertisement - newsAdvertisement

ޖަމީލް ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖަމީލް ނިޔާވި ފަހުން އިންޓަރނެޓްގައި އޭނާގެ މޫނު ފެންނަ ފޮޓޯ ތައް ވަނީ އާއްމު ވެފައެވެ. އެ ފޮޓޯތަކަށް ބަލާއިރު، ނިތް ކުރީގައާއި ލޯ ކައިރީގައި އަދި ނޭފަތް މަތީގައި ލޭ އަރާފައި ހުރި ކަމަށް ފެންނަ ތަންތަން ހުއްޓެވެ.

ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކަރެކްޝަންސް އިން ބުނެފައިވާ ގޮތުން ޖަމީލް އަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރިކަން ފާހަގަ ކުރެވިފައިވާ މީހެކެވެ.

ޖަމީލް އާ ބެހޭ ގޮތުން އާއްމު ވެފައިވާ ބައެއް ވާހަކަ ތަކުގައި އޭނާ އަށް ޖަލުގައި އަނިޔާ ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ޖަމީލް އަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ތަކެއް ކުރެވޭ އިރު، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކޮށް ހުކުރު ދުވަހުގެ ރޭ ދަންވަރު ޖަމީލް ވަޅުލުމަށް ކަރެކްޝަންސް އިން ނިންމާފައިވާތީ އެކަމާ އެތައް ބަޔަކު ވަނީ ކަންބޮޑުވާކަން ހާމަ ކޮށްފައެވެ.

މި މައްސަލަ އާ ގުޅިގެން، ފުލުހުން ބުނެފައިވަނީ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު