Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

އަލްބޭނިއާ ގައި މުސްތަޤުބަލެއް އެބަ އޮތް: ސިލްވީނިއޯ

އޭރު އަލްބޭނިއާ އިން ދައްކަމުން އައި ކުޅުމަށް ބަލާއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ކޮންމެ މެޗެއްގައި ވެސް ތިން ލަނޑު އެ ޓީމު ކޮޅަށް ވަންނާނެ ކަމަށް ގިނަ ބަޔަކު އަންދާޒާ ކޮށްގެން ތިބި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖޫން 2024 | ބުދަ 03:48
އަލްބޭނިއާގެ ކޯޗު ސިލްވީނިއޯ

އަލްބޭނިއާގެ ކޯޗު ސިލްވީނިއޯ

އަލްބޭނިއާ ގައި މުސްތަޤުބަލެއް އޮތް ކަމަށް، އެ ޤައުމުގެ ކޯޗު ސިލްވީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ސްޕެއިން އާ ދެކޮޅަށް ކުޅުމަށްފަހު އެވެ. އެ މެޗުން އަލްބޭނިއާ ބަލިވެފައި ވާއިރު، އެ ޓީމު އޮތީ ޕޮއިންޓަކާއެކު ގްރޫޕް ބީގެ ފުލުގަ އެވެ. އަލްބޭނިއާ އަށް ވަނީ އެ ހިސާބުން މުބާރާތް ނިމިފަ އެވެ.

ސްޕެއިން މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސިލްވީނިއޯ ބުނީ، އަލްބޭނިއާ ގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިން ތިބި ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގައި ވަރަށް ރަނގަޅު މުސްތަޤުބަލެއް އޮތްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ސިލްވީނިއޯ ބުނީ އެ ކުޅުންތެރިންގެ ނަން ފާހަގަ ކުރަން އޭނާ ބޭނުން ނުވާ ކަމަށާއި، އެ ޓީމުގައި ތިބީ ރަނގަޅު ކުޅުންތެރިން ކަމަށެވެ. އަދި އެކަމާ އޭނާ ވަރަށް އުފާވާ ކަމަށް ވެސް ސިލްވީނިއޯ ބުންޏެވެ.

ޔޫރޯ މުބާރާތުގައި އަލްބޭނިއާގެ ކުޅުންތެރިން ދެއްކި ކުޅުމަށް އިޝާރާތްކޮށް ސިލްވީނިއޯ ބުނީ، ކުޅުންތެރިންގެ ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް އެންމެ ފަހު މެޗުގައި ސްޕެއިންއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗު ވަރަށް އުނދަގޫކަން އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، ސްޕެއިންއާ ދެކޮޅަށް ވެސް އަލްބޭނިއާ އިން ދެއްކި ކުޅުމަކީ އޭނާ ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށް ސިލްވީނިއޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސިލްވީނިއޯ ބުނީ، މީގެ ތިން މަސް ނުވަތަ ހަތަރު މަސް ކުރިއަށް ބަލާއިރު، އަލްބޭނިއާގެ ކުޅުން ތަފާތު ކަމަށެވެ. އޭރު އަލްބޭނިއާ އިން ދައްކަމުން އައި ކުޅުމަށް ބަލާއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ކޮންމެ މެޗެއްގައި ވެސް ތިން ލަނޑު އެ ޓީމު ކޮޅަށް ވަންނާނެ ކަމަށް ގިނަ ބަޔަކު އަންދާޒާ ކޮށްގެން ތިބި ކަމަށް ސިލްވީނިއޯ ބުންޏެވެ. އެހެން ނަމަވެސް އެކަން އެހެން ނުވީ އަލްބޭނިއާގެ ކުޅުންތެރިން މުބާރާތަށް، އަދި މެޗުތަކަށް ފޯކަސް ކޮށްގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ސިލްވީނިއޯ ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތް ކުރާނީ، މިހާތަނަށް ކުރަމުން އައި މަސައްކަތް ކަމަށެވެ. ޚާއްސަކޮށް، ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ އަލްބޭނިއާ، އިތުރަށް ކުރިއަށް ގެންދިޔުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ވެސް ސިލްވީނިއޯ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަލްބޭނިއާ ވަނީ އިޓަލީ އަތުން ބަލިވެފަ އެވެ. އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލްބޭނިއާ އިންނެވެ. ނަމަވެސް އިޓަލީން ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި އަލްބޭނިއާ އިން ކްރޮއޭޝިއާ އާ އެއްވަރު ކުރިއިރު، ފަހު މެޗުގައި ސްޕެއިން އަތުން ބަލިވެފަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)އަލްބޭނިއާސިލްވީނިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލްބޭނިއާ ގައި ޝަރީޢަތެއް ހިނގަމުން ދަނިކޮށް މައްސަލަ ރައްދުވާ ފަރާތުން ފަނޑިޔާރު ގަޔަށް ބަޑިޖަހާ މަރާލައިފި

އަލްބޭނިއާ ގައި ޝަރީޢަތެއް ހިނގަމުން ދަނިކޮށް މައްސަލަ ރައްދުވާ ފަރާތުން ފަނޑިޔާރު ގަޔަށް ބަޑިޖަހާ މަރާލައިފި

07 އޮކްޓޯބަރު 2025
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025
އަލްބޭނީއާގެ ސަރުކާރު ވައްޓާލުމަށް ޑިމޮކްރަޓިކް ޕާޓީން މުޒާހަރާކުރަނީ

އަލްބޭނީއާގެ ސަރުކާރު ވައްޓާލުމަށް ޑިމޮކްރަޓިކް ޕާޓީން މުޒާހަރާކުރަނީ

09 އޮކްޓޯބަރު 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު