Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްބޭނިއާ

އަލްބޭނިއާ ގައި ޝަރީޢަތެއް ހިނގަމުން ދަނިކޮށް މައްސަލަ ރައްދުވާ ފަރާތުން ފަނޑިޔާރު ގަޔަށް ބަޑިޖަހާ މަރާލައިފި

ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފަނޑިޔާރު ކަލާޖާ މަރާލި މީހާ ބަޑި ޖެހީ މައްސަލަ އޭނާގެ ކޮޅަށް ނުނިމޭނެ ކަމަށް ލަފާކުރެވުމުގެ ސަބަބުންނެވެ.

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 09:44
ޓިރާނާގެ އިސްތިއުނާފު ކޯޓުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމެއްގައި މައްސަލަ ބަލަމުން ދިޔަ ފަނޑިޔާރު ގަޔަށް ބަޑިޖަހާ ވަނީ މަރާލާފައި

ޓިރާނާގެ އިސްތިއުނާފު ކޯޓުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމެއްގައި މައްސަލަ ބަލަމުން ދިޔަ ފަނޑިޔާރު ގަޔަށް ބަޑިޖަހާ ވަނީ މަރާލާފައި

އަލްބޭނިއާ ގައި ޝަރީޢަތެއް ހިނގަމުން ދަނިކޮށް މައްސަލަ ރައްދުވާ ފަރާތުން ބަޑިޖަހައި ފަނޑިޔާރަކު މަރާލައިފި އެވެ.

ހޯމަ ދުވަހު މި ހާދިސާ ހިނގީ އަލްބޭނިއާގެ ވެރިރަށް ޓިރާނާގެ އިސްތިއުނާފު ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތެއްގެ ތެރޭގައެވެ.

އޮފިޝަލުން ބުނާ ގޮތުގައި ފަނޑިޔާރު މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދަނިކޮށެވެ. މުދަލުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއްގެ އަޑުއެހުމުގައި ބައިވެރިވި އިތުރު ދެ މީހެއްގެ ގަޔަށް (ބައްޕައަކާއި ދަރިއަކަށް) ބަޑި ޖެހި ނަމަވެސް، އެ ދެމީހުންގެ ޙާލަތު ނުރައްކާ ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ އާ ގުޅިގެން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަލްބޭނިއާގެ ބޮޑުވަޒީރު އެޑި ރާމާ ފަނޑިޔާރު ކަލާޖާގެ ޢާއިލާ އަށް ތަޢުޒިޔާ ވިދާޅުވެ، "ފަނޑިޔާރަށް ޙަމަލާދިން ފަރާތަށް އެންމެ ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށް" ވިދާޅުވިއެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފަނޑިޔާރު ކަލާޖާ މަރާލި މީހާ ބަޑި ޖެހީ މައްސަލަ އޭނާގެ ކޮޅަށް ނުނިމޭނެ ކަމަށް ލަފާކުރެވުމުގެ ސަބަބުންނެވެ.

ކޯޓު ރޫމްގައި ފަނޑިޔާރުންގެ ގަޔަށް ބަޑި ޖެހުމުގެ ހާދިސާ އަކީ ވަރަށް މަދުން ނަމަވެސް މީގެ ކުރިން ވެސް ހިނގާފައިވާ ހާދިސާތަކެވެ. މީގެ 10 އަހަރު ކުރި ކުރިން، މިލާނުގެ ޕެލަސް އޮފް ޖަސްޓިސްގައި ބަނގުރޫޓުވުމުގެ މައްސަލައެއްގެ ޝަރީޢަތުގައި ހުރި މީހަކު ފަނޑިޔާރެއްގެ ގަޔަށް ބަޑިޖަހައި މަރާލިއެވެ.

ބަޑިޖެހި މީހާ ވަކީލަކާއި ދަޢުވާލިބޭ އިތުރު މީހަކު ވެސް މަރާލުމަށްފަހު ފިލައިގެން ދިޔަ ނަމަވެސް، ފަހުން ހައްޔަރު ކުރެވުނެވެ.

ފަނޑިޔާރު ކަލާޖާ އަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ގާނޫނީ ވަކީލުކަން ކުރި ފަރާތެކެވެ. އޭނާ ފުރަތަމަ މަސައްކަތްކުރީ ޑިސްޓްރިކްޓް ކޯޓެއްގައެވެ. އޭގެ ފަހުން 2019 ގައި ޓިރާނާގެ އިސްތިއުނާފު ކޯޓަށް ޢައްޔަން ކުރެވުނެވެ.

ސަރަޙައްދީ މޮނިޓަރިންގ ރިޕޯޓެއްގެ މަޢުލޫމާތު ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި، ބޯލްކަން ޤައުމުތަކުގެ ތެރެއިން އާންމު ހަމަނުޖެހުންތަކާ ގުޅިގެން ހިނގި ހަތިޔާރުގެ ހާދިސާތައް އެންމެ ގިނައިން ރިޕޯޓު ކުރެވިފައި ވަނީ އަލްބޭނިއާ ގައެވެ.

މަސްދަރު: ބީބީސީ

އަލްބޭނިއާކޯޓު ރޫމް މާރާމާރީ

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި

19 ސެޕްޓެމްބަރު 2025
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އަލްބޭނިއާގެ ކެބިނެޓަށް އައްޔަނު ކޮށްފި
09 އޮކްޓޯބަރު 2024

އަލްބޭނީއާގެ ސަރުކާރު ވައްޓާލުމަށް ޑިމޮކްރަޓިކް ޕާޓީން މުޒާހަރާކުރަނީ

09 އޮކްޓޯބަރު 2024
އަލްބޭނީއާގެ ސަރުކާރު ވައްޓާލުމަށް ޑިމޮކްރަޓިކް ޕާޓީން މުޒާހަރާކުރަނީ
26 ޖޫން 2024

އަލްބޭނިއާ ގައި މުސްތަޤުބަލެއް އެބަ އޮތް: ސިލްވީނިއޯ

26 ޖޫން 2024
އަލްބޭނިއާ ގައި މުސްތަޤުބަލެއް އެބަ އޮތް: ސިލްވީނިއޯ
25 ޖޫން 2024

ފުރިހަމަ ރެކޯޑާއެކު ސްޕެއިން ގަދަ 16 އަށް

25 ޖޫން 2024
ފުރިހަމަ ރެކޯޑާއެކު ސްޕެއިން ގަދަ 16 އަށް
24 ޖުލައި 2022

އަލްބޭނިއާގެ ރައީސްކަމަށް ބަޖްރަމް ބޭގާޖް

24 ޖުލައި 2022
އަލްބޭނިއާގެ ރައީސްކަމަށް ބަޖްރަމް ބޭގާޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު