Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ލޫކާކޫ އަށް ވީއޭއާރުގެ ބަދު ނަސީބު، ބެލްޖިއަމަށް ހަމަޖެހުމެއް

މި ގްރޫޕްގައި ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާއިރު، ހަތަރު ޓީމަށް ވެސް ލިބެނީ ތިން ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖޫން 2024 | އާދީއްތަ 08:03
މެޗުގައި ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ރޮމޭނިއާ ބަލިކޮށް، ބެލްޖިއަމް އިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް ވަނީ ބަލިވެފަ އެވެ. ރޮމާނިއާ ވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ބެލްޖިއަމް އަށް ކޮންމެހެން ވެސް މޮޅުވާން މަޖުބޫރުވެފައިވާ މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ބެލްޖިއަމް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރޮމެލޫ ލުކާކު ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޫރީ ޓީލަމަންސް އެވެ. ބެލްޖިއަމް އިން އެ ޓީމުގެ ފަހު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފުގައި ބެލްޖިއަމްގެ ލުކާކޫ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ލުކާކޫ ޖެހި ލަނޑު ވީއޭއާރުން ވަނީ ބަަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގައި ބެލްޖިއަމްގެ ދެ ވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ކެވިން ޑި ބްރޭނާ އެވެ.

މޮޅާއެކު ބެލްޖިއަމް އޮތީ ގްރޫޕް އީގެ ދެ ވަނައިގަ އެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާއިރު، ހަތަރު ޓީމަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. އެއް ވަނައިގައި ރޮމޭނިއާ އޮތްއިރު، ތިން ވަނައިގައި އޮތީ ސްލޮވޭކިއާ އެވެ. ހަތަރު ވަނައިގައި އޮތޫ ޔޫކްރެއިންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޮމޭނިއާ ނިކުންނާނީ ސްލޮވޭކިއާއާ ދެކޮޅަށެވެ. އަދި ބެލްޖިއަމް ނިކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)ބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމުރޮމޭނިއާ ޤައުމީ ފުޓުބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ބެލްޖިއަމް ބަލިކޮށްފި

އިސްރާއީލް އިން ބެލްޖިއަމް ބަލިކޮށްފި

18 ނޮވެމްބަރު 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު