Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު މައްސަލަ ބޮޑުވުން

ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކޮށްގެން އިޒްރޭލު ވާނީ ބަލި: އީރާން

އީރާނުން ބުނެފައިވަނީ އަމިއްލަ ދިފާއުވާން ކަމަށް ބުނެ އިޒްރޭލުން މޮޔަ ނިންމުމެއް ނިންމައިފިނަމަ އޭގެ ނަތީޖާ އަކަށް ވާނީ މުޅި ސަރައްދު ހަނގުރާމަ އެއްގެ ތެރެއަށް ވެއްޓި ލުބުނާން އާއި އިޒްރޭލުން 1948 ވަނަ އަހަރު ހިފާފައިވާ ބިންތަކުގެ މުޅި އިންފްރާސްޓްރަކްޗަރ ހަލާކުވެގެން ދިއުން ކަމުގަ

ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 17:38
އިސްރާއީލަށް އައިއާރްޖީސީން ހަމަލާ ދިނުމުން އީރާނުގެ ރައްޔިތުން އުފާފާޅުކުރުން (ފައިލް ފޮޓޯ)

އިސްރާއީލަށް އައިއާރްޖީސީން ހަމަލާ ދިނުމުން އީރާނުގެ ރައްޔިތުން އުފާފާޅުކުރުން (ފައިލް ފޮޓޯ)

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ކޮށްގެން އިޒްރޭލު ބަލިވުން ނޫން ގޮތެއް ނުވާނެ ކަމަށް އީރާނުން ބުނެފިއެވެ.

ހުކުރު ދުވަހު އދ ގައި ހުންނަ އީރާނުގެ މިޝަން ގެ ފަރާތުން ހާމަ ކުރި ބަޔާނެއްގައި، އިޒްރޭލުން ލުބުނާނަށް ހަމަލާދިނުމާ ގުޅޭ ގޮތުން ބުނީ، ހަނގުރާމައިން ބަލިވާނެ އެއް ފަރާތެއް ޔަގީނުން ވެސް އެނގޭ ކަމަށާއި، އެއީ ޔަހޫދީ ދައުލަތް ކަމަށެވެ.

އީރާނުން އެހީތެރިވެ ދޭ ކަމަށް ބެލެވިފައިވާ ހިޒްބުﷲ ގެ ގާބިލް ކަމާ ބެހޭ ގޮތުންވެސް އީރާނުގެ ބަޔާނުގައި ބަލާލައިފައިވެއެވެ. އީރާނުން ބުނެފައި ވަނީ އަމިއްލަ އަށް ދިފާއުވެ އަދި ލުބުނާން ދިފާއު ކުރުމުގެ ގާބިލްކަން ހިޒްބުﷲ ގެ ކިބައިގައި ހުންނާނެ ކަމަށެވެ.

"ޣައިރު ގާނޫނީ ދައުލަތް އަމިއްލަ އަށް ހަލާކުވެގަތުމުގެ ވަގުތު އައީ ކަމަށް ވެދާނެ" އިޒްރޭލަށް އިޝާރާތް ކޮށް އީރާނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުން ބުނެފައިވަނީ އަމިއްލަ ދިފާއުވާން ކަމަށް ބުނެ އިޒްރޭލުން މޮޔަ ނިންމުމެއް ނިންމައިފިނަމަ އޭގެ ނަތީޖާ އަކަށް ވާނީ މުޅި ސަރައްދު ހަނގުރާމަ އެއްގެ ތެރެއަށް ވެއްޓި ލުބުނާން އާއި އިޒްރޭލުން 1948 ވަނަ އަހަރު ހިފާފައިވާ ބިންތަކުގެ މުޅި އިންފްރާސްޓްރަކްޗަރ ހަލާކުވެގެން ދިއުން ކަމުގައެވެ. ލުބުނާނަށް އިޒްރޭލުން ހަމަލާ ދީފި ނަމަ މުޅި ސަރަހައްދު ހަމަ ނުޖެހުމުގެ ތެރެއަށް ވެއްޓޭނެ ކަންވެސް އީރާނުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލާ ހިޒްބުﷲ އާ ދެމެދު ލުބުނާނުގެ ދެކުނު ބޯޑަރ ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރެވޭކަން ފާހަގަ ކުރެވެއެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދުގެ މައްސަލަ ބޮޑަށް މި ހޫނުވީ، ހުސްވި ހަފްތާ ގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު އިޒްރޭލުން ހަމަލާދީ މަރާލުމާ ގުޅިގެންނެވެ.

މަސްރަހު ހޫނުވެ، އިޒްރޭލުން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ ލެބަނަން އަށް ހަމަލާ ދިނުމުގެ ޕްލޭން އިޒްރޭލުގެ އަސްކަރިއްޔާ އިން ފާސްކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ މި އިންޒާރާ އެކު، ކޮންމެ ވަގުތެއްގައި ވެސް އިޒްރޭލުން ލުބްނާނަށް ހަމާލާ ދޭން ފަށައި، އޭގެ ނަތީޖާއެއްގެ ގޮތުން ލުބުނާން އަނެއް ގާޒާ އަށް ވެގެން ހިނގައިދާނެ ކަމުގެ ނުތަނަވަސް ކަން ވަނީ ދުނިޔޭގައި އުފެދިފައެވެ.

ބުދަ ދުވަހު ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ ވަނީ އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ނަސްރުﷲ ބުނެފައިވަނީ އިޒްރޭލުން ލުބުނާނަށް ހަމަލާ ދީފި ނަމަ އިޒްރޭލުގެ އެއްވެސް ތަނެއް ހިޒްބުﷲ ގެ ރޮކެޓް ތަކުން ސަލާމަތް ނުވާނެ ކަމަށެވެ.

ހިޒްބުﷲއީރާންއިޒްރޭލްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު