Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިޒްބުﷲ

ހިޒްބުﷲ ގެ އިސްވެރިޔާ ބުނަނީ ސަރުކާރުން އެ ޖަމާޢަތާ ކުރިމަތިލައިފިނަމަ ލުބުނާނުގައި "ދިރުމެއް" ނޯންނާނެ ކަމަށް

އީރާނުން އެހީތެރިވާ ހިޒްބުﷲ އިން ލުބުނާނުގެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދިން އިރު، އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އެ ޖަމާޢަތުގެ ހަތިޔާރު ނައްތާލުމަށް ސަރުކާރުން ވަނީ ޕްލޭނެއް އެކުލަވާލުމަށް އެ ގައުމުގެ ސިފައިންނަށް އަންގާފައި.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 12:04
ލުބުނާނުގެ ހިޒްބuاللهގެ ވެރިޔާ ނައީމް ޤާސިމް 2025 ޖުލައި 30 ވަނަ ދުވަހު ނޭނގޭ ލޮކޭޝަން އަކުން ޓީވީ މެދުވެރިކޮށް ބަޔާނެއް ދެނީ

ލުބުނާނުގެ ހިޒްބuاللهގެ ވެރިޔާ ނައީމް ޤާސިމް 2025 ޖުލައި 30 ވަނަ ދުވަހު ނޭނގޭ ލޮކޭޝަން އަކުން ޓީވީ މެދުވެރިކޮށް ބަޔާނެއް ދެނީ

ލުބުނާނުގެ ސަރުކާރުން އެ ޖަމާޢަތާ ކުރިމަތިލައިފި ނަމަ ލުބުނާނުގައި "ދިރުމެއް" ނޯންނާނެ ކަމަށް ހިޒްބުﷲ ގެ ވެރިޔާ ބުނެފިއެވެ.

ހިޒްބުﷲ ގެ އިސްވެރިޔާ ނައީމް ޤާސިމް ހުކުރު ދުވަހު ލުބުނާނުގެ ސަރުކާރަށް އިންޒާރުދިނީ އީރާނުގެ އެހީތެރިކަން ލިބިފައިވާ އެ ހަނގުރާމަވެރި ޖަމާޢަތާ ކުރިމަތިލުމުން ދުރުހެލިވުމަށެވެ. އެފަދަ ހާލަތެއްގައި ލުބުނާނުގައި "ދިރުމެއް" ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

ޤާސިމް ބުނި ގޮތުގައި ހިޒްބުﷲ އާއި އަމަލް މޫވްމަންޓުން ނިންމާފައި ވަނީ އެމެެރިކާގެ އެހީތެރިކަން ލިބިގެން ހިންގާ ހަތިޔާރު ނައްތާލުމުގެ މަސައްކަތާ ދެކޮޅަށް ކުރަން ނިންމާފައިވާ އިހުތިޖާޖުތައް މި ވަގުތައް ފަސްކުރުމަށެވެ. އެއީ ލުބުނާނުގެ ސަރުކާރާއެކު މަޝްވަރާކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ފެންނާތީއެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި ކުރިމަގުގައި ކުރެވޭ އެއްވެސް އިހުތިޖާޖެއް ލުބުނާނުގައި ހުރި އެމެރިކާގެ އެމްބަސީއާ ހަމައަށް ނުފޯރައެއް ނުދާނެއެވެ.

ޤާސިމް ލުބުނާނުގެ ސަރުކާރަށް ތުހުމަތުކުރީ އެ ޖަމާޢަތުގެ ހަތިޔާރު ނައްތާލުމަށް ގޮވާލައި، އިސްރާއީލަށް ޤައުމު "ހަވާލުކުރަމުން" ދާ ކަމަށެވެ. އަދި އެމީހުންގެ ހަތިޔާރު ދޫކޮށްލުމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް އިންޒާރުދިނެވެ.

ޤާސިމް މި ވާހަކަތައް ދެއްކީ އީރާނުގެ އެންމެ މަތީ ސަލާމަތީ އޮފިޝަލް ޢަލީ ލަރިޖާނީ އާ ބައްދަލު ކުރުމަށްފަހު ޓީވީން ދެއްކި ބަޔާނެއްގަ އެވެ. އީރާނަކީ ދިގު މުއްދަތެއް ވަންދެން ލުބުނާނުގެ އެ ޖަމާޢަތަށް އެހީތެރިކަން ދެމުން އައި ޤައުމެކެވެ.

ހިޒްބުﷲ އަށް ވަނީ ފާއިތުވި އަހަރު އިސްރާއީލާއެކު ކުރި ހަނގުރާމައިގައި ބޮޑު ގެއްލުމެއް ލިބިފައެވެ. އަދި އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ލުބުނާނުގެ ސަރުކާރުން ވަނީ މި އަހަރުގެ ނިޔަލަށް އެ ޖަމާޢަތުގެ ހަތިޔާރު ނައްތާލުމުގެ ޕްލޭނެއް އެކުލަވާލުމަށް ސިފައިންނަށް އަމުރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ހިޒްބުލް މުޖާހިދީންނަކީ ޓެރެރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

17 އޯގަސްޓު 2017
ހިޒްބުލް މުޖާހިދީންނަކީ ޓެރެރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި
17 މެއި 2017

ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި

17 މެއި 2017
ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި
16 މެއި 2017

ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

16 މެއި 2017
ބައްޝާރުގެ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
08 މެއި 2017

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި

08 މެއި 2017
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު