Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ

ސަރުކާރަށް ހަތް މަސް، މަސްވެރިންގެ ތިން މުޒާހަރާ!

މަށި މާލި ޕެރޭޑުގައި "މަސް ބުހުތާނަށް ކިރާ މަހުގެ ރުފިޔާ ދެވޭނީ 48 ދަރިން ވިހާ ފަހުން" މިހެން ވެސް ޖަހަން ޖެހުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި، ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ސަބަބުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 10:35
މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވެގެންނެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، މި ސަރުކާރުން އެންމެ ބޮޑު ވައުދުތައް އަމާޒު ކުރި އެއް ބަޔަކީ މަސްވެރިންނެވެ. މަސްވެރިންނާ މެދު ކުރިން އިހުމާލުވެފައިވާ ކަމަށާއި، ރައީސް މުޢިއްޒުގެ ސަރުކާރުގައި މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މަަސްވެރިން ބާނާ މަހަށް، 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެއީ އެންމެ ބޮޑު އެއް ވައުދުފުޅެވެ. މަސްވެރިން ބޭނުން ކުރާ ތެލުގެ އަގު ހެޔޮ ކުރުމާއި، މަސްވެރިންނަށް ފަސޭހަ އިން އައިސް ލިބޭނެ އިންތިޒާމު ތަކާއި، މަސްވެރިންނަށް ފަސޭހަ އިން ފެން ލިބޭނެ އިންތިޒާމުގެ އިތުރުން، މަސްވެރިންނަށް ލުއި ފަސޭހަ ވާނެ އެތައް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރަށް ހަތް މަހަށް ވުރެ ގިނަ ދުވަސްވެގެން ދާއިރު، އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނީ މަސްވެރިންނަށެވެ. ރިޔާސީ ކެމްޕެއިންގެ ތެރޭގައި މަސްވެރިންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުދިގެން، މަސްވެރިން ތިބީ އަރާ ނަރުގަނޑުގައި ޖެހިފަ އެވެ. އެހާ ވެސް މަސްވެރިން ރުޅި ގަދަ ވެއްޖެ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ރުޅިވެރިކަމާއި، ނަފުރަތު ރައީސް މުޢިއްޒުގެ މި ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ހައްތަހާ ވެސް ސަބަބުތަކެވެ. މަސްވެރިން ކިރާ މަސްކޮޅަށް ފައިސާ ނުދެވޭ މައްސަލަ އަކީ އެންމެ ބޮޑު މައްސަލަ އެވެ. މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާ އެއް ގޮތަށް، މަސްވެރިންނަށް ފައިސާއެއް ނުދެވެ އެވެ. ވައުދުވީ ކުރިން ވެސް ދެންނެވި ފަދައިން މަސްވެރިން ބާނާ މަހަށް، މަދު ވެގެން 48 ގަޑި އިރުގެ ތެރޭގައި ފައިސާ ދިނުމަށެވެ. އެވެސް، ޑޮލަރުންނެވެ.

ސަރުކާރަށް ހަތް މަަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އެ ވައުދުއް ނުފުދެ އެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ޑޮލަރުން ފައިސާ ނުދެވުނުތާ، ދިވެހި ރުފިޔާ ވެސް ނުލިބެނީ އެވެ. މަސްވެރި އާއިލާތަކަށް އެތަކެއް އުނދަގުލާ ކުރިމަތިލާން ޖެހިއްޖެ އެވެ. އިންތިހާ އަށް ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، މަަސްވެރި އާއިލާތައް ތިބީ އަނގަޔާއި އަތާ ދިމާ ނުވެފަ އެވެ. ގޭގެ ކަރަންޓު ބިލާއި ފެން ބިލު ނުދެއްކުނުތާ، ދޯނީގެ ޚަރަދުތައް ވެސް ކުރެވޭ ގޮތެއް ނެތިފަ އެވެ.

ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދީގެން، މިވީ ހަތް މަސް ދުވަހުގެ ތެރޭގައި މަސްވެރިން ތިން ފަހަރެއްގެ މަތިން މުޒާހަރާ ކޮށްފި އެވެ. ގދ.މަޑަވެލީގައި މަސްވެރިން މުޒާހަރާ ކުރިއިރު، ޢީދު ބަންދުގެ ކުރިން ބޮޑު ކަންނެލީގެ މަސްވެރިން ވަނީ މާލޭގައި ވެސް މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާ އަށް ހަފްތާއެއްވީ ފަހުން، އަނެއްކާ އައްޑޫ ސިޓީގައި ވެސް މަސްވެރިން މުޒާހަރާ ކޮށްފި އެވެ.

މަސްވެރިން މުޒާހަރާ ކުރަނީ ހަމަ އެންމެ ކަމެއްގަ އެވެ. އެއީ ސަރުކާރުން މަސްވެރިންނަަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވެގެން ދާތީ އެވެ. އެތަކެއް ދުވަސްތަކެއް ވެފައިވާތީ އެވެ. އައްޑޫ މުޒާހަރާގެ ތެރެއިން ވާހަކަ ދެއްކި މަސްވެރިން ބުނާާ ގޮތުގައި އެމީހުންގެ ދޯނިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު މިލިއަނަށް އަރާނެ އެވެ. އެ ފައިސާ ނުލިބުމުގެ ސަބަބުން، އެ މަސްވެރިން ތިބީ އިންތިހާ އަށް ދަތިވެފަ އެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާ އަށް ބޮޑެވެ.

މަސްވެރިންނަށް ވީ އެންމެ މޮޅެތި ވައުދުވެގެން ވެރިކަަމަށް އައިސް، އެ ވައުދު ނުފުއްދުނީމާ، އެކަމާ މަސްވެރިން ދެކޮޅު ހަދާނަ އެވެ. މުޒާހަރާ ވެސް ކުރާނެ އެވެ. ފާޑު ކިޔާ މީހުން ފާޑު ވެސް ކިޔާނެ އެވެ. ޖޯކު ޖަހާ މީހުން ޖޯކު ވެސް ޖަހާނެ އެވެ. ޢީދު ތެރޭގައި ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑުގައި "މަސް ބުހުތާނަށް ކިރާ މަހުގެ ރުފިޔާ ދެވޭނީ 48 ދަރިން ވިހާ ފަހުން" މިހެން ވެސް ޖަހަން ޖެހުނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި، ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ސަބަބުންނެވެ.

ސަރުކާރުގެ މިހާ ކުރީ ކޮޅު މަސްވެރިން ސަރުކާާރާާ ދެކޮޅަށް ނިކުމެ އިހުތިޖާޖު ކުރަމުންދާއިރު، ސަރުކާރުން ބުނަނީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ނުވާ ކަމަށެވެ. މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދޭނީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ވުމުން ކަމަށެވެ. އެކަމަކު، މި ވާހަކަ ދެކޮޅު ނުޖެހޭ ސަބަބެއް ވެސް އޮވެ އެވެ. ސިޔާސީ މުވައްޒަފުން ނެގުމަށް ސަރުކާރުގައި މާލީ ތަނަވަސްކަން ހުރެ އެވެ. ޔޫރޯ މުބާރާތް ދެއްކުމަށް ކުންފުނިތަކުން ސްޕޮންސާ ދޭންވީމާ، ކުންފުނިތަކުގައި ވެސް ފައސާ ހުރެ އެވެ. ކުރު ގޮތަަކަށް ދަންނަވާނަމަ، ސަރުކާރުން ބޭނުންވާ ކަންކަން ކުރަންވީމަ ފައިސާ ހުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަސްވެރިންގެ މުޒާހަރާމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު