Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު އައްބާސް

އަބްދުއްރަހީމް އާއި މިނިސްޓަރ ޝަހީމް މަގާމުން ވަކިކޮށްފި ނަމަ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނަން ފަށާނެ: އައްބާސް

14 އޯގަސްޓު 2025 | ބުރާސްފަތި 13:08

މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މިނިސްޓަރ ޝަހީމް މަގާމުން ވަކިކޮށްފިނަމަ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނަން ފަށާނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 އޯގަސްޓު 2025 | ބުރާސްފަތި 13:08
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް: ވިދާޅުވީ އަބްދުއްރަހީމް އާއި ޑރ ޝަހީމް މަގާމުން ވަކިކޮށްފި ނަމަ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނާނޭ ކަމަށް

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް: ވިދާޅުވީ އަބްދުއްރަހީމް އާއި ޑރ ޝަހީމް މަގާމުން ވަކިކޮށްފި ނަމަ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނާނޭ ކަމަށް

ރައްޔިތުން މަޖުލީސް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖުލީސް ގެ ރައީސް ކަމުން ވަކިކޮށް، އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ސަހީމް އަލީ ސައީދު މިނިސްޓަރ ކަމުން ވަކި ކުރައްވައިފިނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންމަތިވެގެން ދާނެ ކަމީ ސައްތައިންސައްތަ ޔަޤީންކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މަގާމުން ވަކިކުރަން އުޅޭކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނަމުން އަންނަ އައުމަށް އިޝާރާތް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި އިސްލާމިކް މިނިސްޓަރ ޝަހީމް މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި އިސްލާމިކް މިނިސްޓަރ ޝަހީމް މަގާމުން ވަކި ކުރައްވައިފިނަމަ ރައީސް މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންމަތިވެގެން ދާނެ ކަމީ ސައްތައިންސައްތަ ޔަޤީންކަމެއް ކަމަށެވެ.

އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ ރައީސް އަބްދުއްރަހީމް މަޖިލީސް ގެ ރައީސް ކަމުން ވަކިކުރުން ވެގެންދާނީ ރައީސް މުއިއްޒު ވެރިކަމަށް ގެންނަވަން އެންމެ ބޮޑު ޤުރުބާނީއެއް ވީ ބޭފުޅަކު ކޮށާފާ ކާޅައް ދިނުން ކަހަލަ ކަމެއް ކަމަކަށެވެ.

އަދި އަބްދުއްރަހީމް މަގާމުން ވަކިކޮށްފި ނަމަ ރައީސް މުއިއްޒު ގެ މަކަރުވެރި ސިޔާސަތު ރައްޔިތުންނަށް ބޮޑުތަނުން ހާމަވެގެންދާނެ ކަމަކަށް ވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ޑރ. ސަހީމް އަކީ ވެސް ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ގެންނަވަން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ އިތުރުން އެމަނިކުފާނުގެ ސަރުކާރު ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން އެންމެ ޤާބިލު އެއް މިނިސްޓަރު ކަމަށެވެ.

އަދި މާތްވެގެންވާ އިސްލާމްދިނާއި ޤައުމާއި ރައްޔިތުން ގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ނަފުސުގެ ތޯހިރުކަމުގައި ހުންނަވައިގެން އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަމުންދާ މިނިސްޓަރެއްކަން ދިވެހި ކޮންމެ ރައްޔިތަކު ގަބޫލު ކުރައްވާ ބޭފުޅެއްކަން ފާހަގަކުރާކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އެހެން ކަމުން ރައީސް މުއިއްޒު ހަމަހޭގައި ހުންނަވާފައި އެ ދެބޭފުޅުންނާ މެދު ނުރަގަޅުކޮށް ކަންކަން ނުކުރެއްވުމަށް އެދޭ ކަމަށާއި އަދި މިކަން ކޮށްފި ނަމަ ރައީސް މުއިއްޒު ގެ މަކަރުވެރި ސިޔާސަތު ރައްޔިތުންނަށް ބޮޑުތަނުން ހާމަވެގެންދާނެ ކަމަކަށް ވެސް އަސްބާސް ވިދާޅުވި އެވެ. އަދި އަމިއްލަފުޅައް ސަންދޯއް ނުޖެހުމަށް ރައީސް މުއިއްޒަށް ނަސޭހަތްތެރިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް