Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑު ޤައުމީ ޓީމު

ކޮބީ މައިނޫގެ ޝުކުރު ޓެން ހާގަށް!

19 ޖޫން 2024 | ބުދަ 04:08

މުބާރާތުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ސާބިއާއާ ދެކޮޅަށް ނިކުތްއިރު، އެ މެޗުގައި މައިނޫ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2024 | ބުދަ 04:08
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ކޮބީ މައިނޫ

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ކޮބީ މައިނޫ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޫ، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް ޝުކުރު އަދާ ކޮށްފި އެވެ.

އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރު އެވެ. ޔުނައިޓެޑާއެކު ޒުވާން ކުޅުންތެރިޔާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މައިނޫ ވަނީ ޔުނައިޓެޑަށް ކުޅެދިން 35 މެޗުން ފަސް ލަނޑު ޖަހައިފަ އެވެ.

ޔުނައިޓެޑުގައި މަައިނޫ ދައްކަމުން އައި ކުޅުމުގެ ސަބަބުން އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ދޭން ނިންމައިފަ އެވެ. ޤައުމީ ޓީމުގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދިނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އިންގްލެންޑުން މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އެކުލަވާލި ސްކޮޑުން ވެސް އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ސާބިއާއާ ދެކޮޅަށް ނިކުތްއިރު، އެ މެޗުގައި މައިނޫ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފަ އެވެ.

އިންގްލެންޑުގެ ޤައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މައިނޫ ބުނީ، ޓެން ހާގަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ. މިހާތަނަށް އައިއިރު ޓެން ހާގްގެ ފަރާތުން އެތައް އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކޮށް މައިނޫ ބުނީ، ޓެން ހާގަަށް އެންމެ ޙައްގު ޝުކުރު އޭނާ އަށް އަދާ ނުކުރެވޭނެ ކަމަށެވެ.

ޔުނައިޓެޑުގައި ޓެން ހާގް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން މައިނޫ ބުނީ، މިހާތަނަށް އައިއިރު އޭނާ ޔުނައިޓެޑަށް ދެ ތައްޓެއް ހޯދައިދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތަކެއް ވެސް ލިބޭނެ ކަމަށް މައިނޫ ބުންޏެވެ. އޭނާ ބުނީ ޓެން ހާގަށް ފުރިހަމަ އަށް އިތުބާރު އޮންނަ ކަމަށާއި، ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ.

އިންގްލެންޑުގެ ސީނިއާ ޤައުމީ ޓީމަށް ކުޅުމުގެ ކުރިން މައިނޫ ވަނީ، އިންގްލެންޑުގެ ޒުވާން އުމުރުފުރާގެ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ 17 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފީ ހަންގޭރީ އަށް

19 މާރިޗު 2017
ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗު ސޮފީ ހަންގޭރީ އަށް
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް