Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2024

އިންގްލެންޑުގައި ކޭން އަށް، "ހާާލަންޑް ރޯލް" އަދާ ނުކުރެވޭ!

18 ޖޫން 2024 | އަންގާރަ 03:13

ސާބިއާ މެޗުގެ ފުރަތަމަ ހާފުގައި ކެޕްޓަން ކޭން އަކީ ދަނޑު މަތީގައި ނެތް ކުޅުންތެރިޔެކޭ ވެސް ބުނެވިދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2024 | އަންގާރަ 03:13
އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަދި ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަދި ކޯޗު ގަރެތު ސައުތުގޭޓް

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ އިންގްލެންޑުން، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ހެރީ ކޭންގެ ފަރާތުން ފެނުނު މާޔޫސްވީ ކުޅުމާއެކު، ކަންތައްތަކެއް ގޯސްވެފައިވާ ކަަމަށް ވާހަކަ ދެކެވެން ފެށި އެވެ.

ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ކުޅޭ ފުރަތަމަ މެޗުން ބަލި ނުވެ އޮތުން އަދިވެސް އެބަ އޮތެވެ. ސާބިއާ އަތުން މޮޅުވެ، އިންގްލެންޑު އޮތީ ވެސް ގްރޫޕް ސީގެ އެއް ވަނައިގަ އެވެ. ގްރޫޕްގެ އެއް ވަނައިން އިންގްލެންޑު ސޮއްސާލުމުގެ ފުރުސަތު ކުޑައިރު، ދެން އެ ޓީމުން ކުރަން ޖެހޭ މަސައްކަތަކީ މުބާރާތުގެ އަނެއް ބުރަށް ވަރުގަދަ އަށް ރޭވުންތައް ރާވާލުމުގެ މަސައްކަތް ކަމަށް ވެސް މީހުން ޤަބޫލު ކުރެ އެވެ.

އެކަމަކު މުބާރާތުގައި އިންގްލެންޑުގެ ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، މުބާރާތުގައި ދެން އޮތް އެއްވެސް ޓީމަކުން އިންގްލެންޑު ދެކެ ޖެހިލުންވާންވީ ސަބަބެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ސާބިއާއާ ދެކޮޅަށް އިންގްލެންޑުގެ ފަރާތުން ފެނުނީ "ކޮށި" ކުޅުމެއް ކަަމަށާއި، މެޗުން ތިން ޕޮއިންޓު ލިބުނީ ވެސް ޖޫޑް ބެލިންހަމްގެ ހުނަރުވެރިކަމުގެ ސަބަބުން ކަމަށް ވެސް އެމީހުން ބުނެ އެވެ.

މެޗުގައި ދެ ޓީމުގެ ތަފާތުކަން ސާބިތުކޮށްދިން ހިސާބަކީ 13 ވަނަ މިނެޓުގައި ބެލިންހަމް ލަނޑު ޖެހި ހިސާބުންނެވެ. މެޗުގައި އިންގްލެންޑުން ދެއްކި ކުޅުމާއި، މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ރަނގަޅު ފެންވަރެއްގައި ކުޅުނު ކަމަށް އެނަލިސްޓުން ބުނެ އެވެ. އެހެން ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އިންގްލެންޑުގެ ކުޅުން ދަށްވި އެވެ. ދެ ވަނަ ހާފުގައި ސާބިއާ އިން ވަނީ އިންގްލެންޑަށް ނުރައްކާ ކޮށްފަ އެވެ. މެޗުގައި އިންގްލެންޑުގެ ގޯލު ކީޕަރު ޖޯޑަން ޕިކްފޯޑްގެ ހުށިޔާރުކަން ނުފެނުނު ނަމަ، އިންގްލެންޑަށް މެޗު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން މި ފާއިތުވި އަހަރުތަކުގައި އިންގްލެންޑުން ކުޅުން ރަނގަޅުކޮށް، ކާމިޔާބީތަކެއް ހޯދި ނަމަވެސް، އެ ޓީމުގެ ސަޕޯޓަރުންނަށް މާޔޫސްކަން ކުރިމަތި ކުރުވާ ކަންތައްތަކެއް ވެސް ހުރެ އެވެ. މާޒީ އަށް ބަލާއިރު، ހެދިފައިވާ ގޯސްތަކުން ސައުތުގޭޓް ފިލާވަޅު ނުނަގައިފި ނަމަ، އިންގްލެންޑަށް އަނެއްކާ ވެސް ހިތްދަތިކަމާ ކުރިމަތިލާާން ޖެހުމަކީ ގާތް ކަމެކެވެ.

ޚާއްސަކޮށް ކެޕްޓަން ހެރީ ކޭންގެ ކުޅުމަކީ އެ ޓީމުގެ ސަޕޯޓަރުން އިންތިހާ އަށް ބަރޯސާވާނެ ކުޅުމެކެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޭންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނުމަކީ، މުޅި އިންގްލެންޑު ވެސް ބޭނުންވާނެ ކަމެކެވެ. އެ ޓީމުގެ ކާމިޔާބާއި، ނާކާމިޔާބު ގުޅިފައި އޮތީ ކެޕްޓަން ކޭން ދައްކާނެ ކުޅުމެއްގެ މައްޗަށް ކަމަށް ޤަބޫލު ކުރާ މީހުން ވެސް މަދެއް ނުވާނެ އެވެ. ސާބިއާ މެޗަށް ބަލާއިރު، ކޭންގެ ފަރާތުން ކުރިން ފެނުނު ގޯސްތަކުން ސައުތުގޭޓް ފިލާވަޅު ނަގާފައި ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.

އިންގްލެންޑްގެ ހާލަންޑެއް ނޫން.

ސާބިއާ މެޗުގެ ފުރަތަމަ ހާފުގައި ކެޕްޓަން ކޭން އަކީ ދަނޑު މަތީގައި ނެތް ކުޅުންތެރިޔެކޭ ވެސް ބުނެވިދާނެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޭންގެ ފައިބައި ބޯޅަ ޖެހުނީ ވެސް މަދު ފަހަރެއްގަ އެވެ. މެޗުގެ ކޮމެންޓްރީ ބޮކްސް އިން ވެސް ކޭންގެ ނަން ގޮވާލާފައި ވަނީ ވެސް މަދު ފަހަރެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކޭންގެ ފަރާތުން ހަމަލާއެއް ފެނުނެވެ. މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޖެރޮޑް ބޮވެން، މެޗުގެ 77 ވަނަ މިނެޓުގައި ހުރަސްކޮށްދިން ބޯޅައެއް ކޭން ބޮލުން ފޮނުވާލިއިރު، އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ. އެއީ ސާބިއާގެ ގޯލު ކީޕަރުގެ އަތުގައި ޖެހިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ކޭންގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ އެދެވޭ ކުޅުމެއް ފުނުނު ނަމަވެސް، އިންގްލެންޑަށް ކުރިމަތިވަމުން ދިޔަ ޕްރެޝަރަށް ކުޑަ ވެސް ލުޔެއް ނުލިބެ އެވެ. ސާބިއާ މެޗަކީ ކެޕްޓަން ކޭން އަށް ވެސް މާޔޫސްވާނެ މެޗެއްކަން ޔަގީނެވެ.

އިންގްލެންޑު އަދި ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖޭމީ ކެރަގާ ބުނެފައިވާ ގޮތުގައި އިންގްލެންޑުގައި ކޭން ކުޅެނީ އާލިން ހާލަންޑްގެ ރޯލެވެ. އޭނާ އެ އިޝާރާތް ކުރީ މިދިޔަ ސީޒަންގައި މެންޗެސްޓަރ ސިޓީގެ އާންމު ކުޅުމުގައި ހާލަންޑްގެ މާބޮޑު ދައުރެއް ފެންނަން ނެތުމަށެވެ. އިންގްލެންޑުގައި ކޭން ވެސް އަދާ ކުރަމުން އަންނަނީ އެކަހަލަ ދައުރެއް ކަމަށާއި، އެކަމާ ހައިރާންވާ ކަމަށް ވެސް ކެރަގާ ބުންޏެވެ. އެހެން ނަމަވެސް، އިންގްލެންޑުގައި ކޭން އަށް "ހާލަންޑްގެ ރޯލު" ވެސް ފުރިހަމަ އަށް އަދާ ނުކުރެވޭ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ.

ބަޔާންގައި ކުޅުނު ފުރަތަމަ ސީޒަނުގައި ކޭން ވަނީ 44 ލަނޑު ޖަހައިފަ އެވެ. އިންގްލެންޑުން ވެސް އޭނާގެ އުފެއްދުންތެރި ސިފަތައް ބޭނުންވަނީ މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންގެ ގޮތުގައި އެމީހުން އޮތަތީ އެވެ. ނަމަވެސް ކެރަގާގެ ނަޒަރުގައި އެއީ ހަމައެކަނި ކޭންގެ މައްސަލައެއް ވެސް ނޫނެވެ. އޭނާ ދެކޭ ގޮތުގައި ސާބިއާގެ މެޗު އިންގްލެންޑުން ރާވާފައި އޮތް ގޮތުން، ކޭން އަށް ޖެހުނީ އެކަހަލަ ގޮތަކަށް ކުޅޭށެވެ.

އެހެން ވިޔަސް، ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި އިންގްލެންޑު ކުރިއަށްދާން ކުރާ މަސައްކަތާއި، ދައްކާ ކުޅުމުގަައި ކޭންގެ ބޮޑު ދައުރެއް އޮންނާނެ އެވެ. ފަހަރުގައި، ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އޭނާގެ ކުޅުން ތަފާތު ވެސް ވެދާނެ އެވެ. އަނެއްކޮޅުން މިއީ އިންގްލެންޑުގެ ކޯޗު ސައުތުގޭޓް ވެސް އިންތިހާ އަށް ވިސްނާނެ ކަމެއް ކަމަށް ޤަބޫލު ކުރެވެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2018

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!
18 ޖެނުއަރީ 2018

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

18 ޖެނުއަރީ 2018
ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!
17 އޮކްޓޯބަރު 2017

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.
30 ސެޕްޓެމްބަރު 2017

އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

30 ސެޕްޓެމްބަރު 2017
އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!
30 އޯގަސްޓު 2017

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
13 އޯގަސްޓު 2017

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!
31 ޖުލައި 2017

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް