Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ޔޫރޯ އަށް ޖޯޖިއާ ކޮލިފައިވީ ކިހިނެއް؟

ޔުއެފާ ނޭޝަންސް ލީގުގެ ތެރެއިން އެ ޓީމަށް ވަނީ ޔޫރޯ ކޮލިފައިން ޕްލޭ އޮފް ޖާގައެއް ލިބިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2024 | އަންގާރަ 03:03
ޖޯޖިއާގެ ބައެއް ކުޅުންތެރިން

ޖޯޖިއާގެ ބައެއް ކުޅުންތެރިން

އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އަންނަ ހުނަރުވެރި ކްވިޗާ ކްވަރަޓްސްކެލިއާ ވަނީ ބައިނަލްއަޤުވާމީ މުބާރާތެއްގައި އޭނާގެ ޤައުމު ވާދަކުރުމުގެ ފުރުސަތު ހޯދުމުގައި ބޮޑު ދައުރެއް އަދާ ކޮށްފަ އެވެ. އެހެންކަމުން، ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯގައި ޖޯޖިއާ އިން އެންމެ ޚާއްސަ ވާނެ އެއް ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މުބާރާތަށް ޖޯޖިއާގެ އިސް އަމާޒުތަކެއް ވެސް އޮންނާނެ އެވެ.

އިދިކީލަ ވާހަކަ އަކާ ނުލައި އެއްވެސް ކަމެއް ފުރިހަމަ ނުވާއިރު، ބައިނަލްއަޤުވާމީ މުބާރާތެއްގައި ތާރީޚުން ޖާގަ ހޯދުމަށް ޖޯޖިއާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ އެވެ. އެމީހުންނާ ދެކޮޅަށް އެތަކެއް ގޮންޖެހުންތަކާއި، އާދަޔާ ޚިލާފު ކަންތައްތަކާއި، ވަށައިގެން އުނދަގޫ މަގުތަކެއް އޮތްއިރު، ޖޯޖިއާ އިން މި ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ބޮޑު މުބާރާތަކަށް ދަތުރުކޮށްފަ އެވެ.

މުބާރާތަށް ޖޯޖިއާ އިން ކުރިމަތިލާއިރު، އެ ޤައުމުގެ ސްކޮޑުގައި ވެސް މުހިންމު ނަންތަކެއް އެބަ ހުއްޓެވެ. އެ ޤައުމުގެ ހުވަފެންތަކުގަައި ކުލަ ޖެއްސިދާނެ ފެންވަރުގެ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. ޖަރުމަނުގެ ލެޖެންޑް ވިލީ ސަގްނޯލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖޯޖިއާ އިން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔަކީ ނަޕޯލީ އަށް ކުޅެމުން އަންނަ ޖޯޖިއާގެ ޚަވިޗާ ކްވަރަޓްސްކޭލިއާ އެވެ.

އެެއް ގޮތަކުން ބަލާއިރު، މިވަގުތަށް ސަގްނޯލް މާބޮޑު ވިސްނުންތަކެއް ނުގެން ގުޅޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެގޮތުން ޖޯޖިއާ ޔޫރޯ އަށް ކޮލިފައިވެފައިވާއިރު، އެ ޓީމުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ދިޔުމަށެވެ. އެކަން ސަގްނޯލް ވެސް ވަނީ ހާާމަކޮށްފަ އެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ވިސްނާނީ ގްރޫޕް ސްޓޭޖަށް ކަމަށެވެ. އެއަށްފަހު މުބާރާތުގރ ގަދަ 16 ނުވަަތަ ކުއާޓާ ފައިނަލާ ހަމަ އަށް ވިސްނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެހެންކަމުން ޖޯޖިއާ އިން ޔޫރޯގައި ކުރިއަށް ދާނީ އެ ވިސްނުމާއި އުންމީދުގައިކަން ފާގަހަކޮށް ސަގްނޯލް ބުނީ، އެކަން ޙާސިލު ކުރުމަކީ އުނދަގޫކަމެއްކަން އޭނާ އަށް އިނގޭ ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއްގައި ކުރިއަށް ދިޔުމުގެ އުންމީދު އެމީހުން ގެންގުޅޭތާ އެތައް ދުވަހެއް ވެފައިވާއިރު، ޖަރުމަނުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމީހުން ކުރާނެ އެވެ.

އެކަމަކު ޖޯޖިއާ ފުރަތަމަ ފަހަރަށް ތާރީހީ ބޮޑު މުބާރާތަކަށް ދިޔައީ ކިހިނެއް ހެއްޔެވެ؟ އެ ޓީމަށް ލިބުނު ކާމިޔާބީގެ ފަހަތުގައި އެންމެ އިސްކޮށް ތިބީ ކޮން ބައެއް ހެއްޔެވެ؟

އާދަޔާ ހިލާފު ކޮލިފައިން ދަތުރެއް.

ޔޫރޯ ކޮލިފައިންގައި ޖޯޖިއާ ހިމެނުނު ގްރޫޕުން އެ ޓީމު ދިޔައީ ހަތަރު ވަނަ އަށެވެ. ކޮލިފިކޭޝަންގައި ކުޅުނު އަށް މެޗުން އެ ޓީމަށް ހޯދުނީ އަށް ޕޮއިންޓެވެ. އެއް ވަނައިގައި ސްޕެއިން އޮތްއިރު، ދެ ވަނައިގައި އޮތީ ސްކޮޓްލެންޑެވެ. އަދި ތިން ވަނައިގައި އޮތީ ނޯވޭ އެވެ. ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗަކުން ވަނީ 7-1 އިން ވެސް ބަލިވެފަ އެވެ. ނަމަވެސް، ޔުއެފާ ނޭޝަންސް ލީގުގެ ތެރެއިން އެ ޓީމަށް ވަނީ ޔޫރޯ ކޮލިފައިން ޕްލޭ އޮފް ޖާގައެއް ލިބިފަ އެވެ.

ޕްލޭ އޮފް ފުރަތަމަ މެޗުގައި ޖޯޖިއާ އިން ވަނީ 2-0 އިން ލަގްޒެމްބާގް ބަލިކޮށްފަ އެވެ. އަދި ޕްލޭ އޮފް ފައިނަލްގައި ވަނީ މީގެ ކުރިން ޔޫރޯ ކާމިޔާބު ކޮށްފައިވާ ގްރީސް ބަލިކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް ލަނޑެއް ޖެހިފައި ނެތުމުން، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ޖޯޖިއާ އިން ވަނީ 4-2 އިން ގްރީސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޖޯޖިއާ އިން ވެސް މިއަހަރުގެ ޔޫރޯ އަށް މާބޮޑު ޓާގެޓުތަކެއް ކަނޑައަޅާފައެެއް ނެތެވެ. އެމީހުންގެ އެންމެ ފުރަތަމަ ވިސްނުމަކީ ގްރޫޕް ސްޓޭޖެވެ. އިތުރަށް މުބާރާތުގައި ކުރިއަށް ދާނެ ހިސާބެއް ކަނޑައަޅަން ބޭނުން ވަނީ ގްރޫޕް ސްޓޭޖަށްފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު