Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޓްބޯޅަ

އެފްއޭއެމްގެ ޓެސްޓުން މިނިސްޓަރ ރާފިއު ފާސްވާނެތަ؟

ޕެރިހުން ވަޑައިގަންނަވާއިރު އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ ދިވެހި ފުޓްބޯޅަ އަށް ދިރުން އަންނާނެ ގޮތަކަށް ބައްޓަން ކުރެއްވުމަކީ މިނިސްޓަރުގެ އިސްތަށިފުޅުގައި އޮތް ވަރަށް ބޮޑު ޒިންމާއެކެވެ.

ރާއްޖެ އެމްވީ | 30 ޖުލައި 2024 | އަންގާރަ 05:53
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން

މި ސަރުކާރަށް މިވީހާ ދުވަހަކާއި އޭގެ ކުރިން ވެސް ކުޅިވަރު ތެރޭގައި އެންމެ ބޮޑު މައްސަލައަކީ ދިވެހި ފުޓްބޯޅަ ފާލުން ނެޓިފައިވުމެވެ. އައު ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއުއަށް ކަމަކަށްވާ ކަހަލަ ކަމަކަށް ކުރަންޖެހިފައި އޮތީ ވެސް ފުޓްބޯޅަ އެސޯސިއޭޝަނަށް ކުރިމެތިވެފައިވާ މައްސަލައަށް ހައްލު ހޯދުމެވެ. މައްސަލަ ގޯހުން ގޯހަށް ގޮސް، ދިވެހިންނަށް މިކަން ހައްލުނުވުމުން، ފީފާއިން މިހާރު ވަނީ އެފްއޭއެމް ނޯމަލައިޒް ކުރުމަށް ނިންމައިފަ އެވެ. މި ނޯމަލައިޒޭޝަން ކޮމިޓީ އަކީ ދިވެހި ފުޓްބޯޅަ ހަމައަކަށް އަޅުވާނެ ބަޔަކަށް ހެދުމަކީ މިނިސްޓަރު ރާފިއު ނޫން އެހެން މީހަކަށް މަތިވެފައިވާ ކަމެއްނޫނެވެ. މިއީ މިނިސްޓަރަށް ކުރިމަތިވާ ވަރަށް ބޮޑު ޗެލެންޖެކެވެ.

ރަނގަޅު ކުރަންޖެހޭ ކަމެއްގެ ވާހަކަ އަހާއިރަށް ރައްޔިތުންގެ މަޖިލީހާއި ތަފާތު ކުޅިވަރުގެ މައިދާންތަކުގައި މިނިސްޓަރު މިހާތަނަށް ވިދާޅުވަމުންދިޔައީ "ކުޅިވަރަށް ގެންނަން މިއުޅެނީ ޖުމުލަ ހައްލެއް" ކަމަށެވެ. ގަވައިދުތަކާއި ގާނޫނުތައް އިސްލާހުކުރާނެ ވާހަކަ އެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅަ ނަގައިކޮޅަށް ޖަހާނެ ކަމަށް ދެތިން ފަހަރަކު ނިކަން އަޑުހަރުކޮށް ވިދާޅުވިއެވެ. ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފީފާ އާއި އޭއެފްސީއާ މަޝްވަރާކުރަމުންދާ ކަމަށެވެ. އެންމެ ފަހުން ވިދާޅުވީ ރާއްޖެ ނުދެކޭފަދަ ފުޓްބޯޅަ ސްޓޭޑިއަމެއް އަޅާނެ ވާހަކައެވެ. ހަގީގަތަކީ ކޮބާ ހެއްޔެވެ؟

ދުވާލުގެ އަލިކަން ފަދައިން އެނގޭ ކަމަކީ މިނިސްޓަރު މި ދައްކަވަނީ ހުސްވާހަކަ ކަމެކެވެ. މަގާމުގައި ނުވަ މަސްވާން ދާއިރު ފުޓްބޯޅައިގެ މައްސަލަ ހައްލުކުރަން އެއްވެސް ކަމެއް ކުރެވިފައިނުވެ އެވެ. ލިސްޓު ވިދާޅުވާށެވެ.

ޔަގީނުން ވެސް ފުޓްބޯޅަ ކުލަބުތަކާ ބައްދަލެއް ނުކުރައްވަ އެވެ. ރެފްރީނާއި ކޯޗުންނާއި ކުޅުންތެރިންނާއި އެނޫން ފަރާތްތަކާ ވެސް ބައްދަލެއް ނުކުރައްވަ އެވެ. މި ޖުލައި މަހުގެ ކުރީކޮޅު ދައުރު ހަމަވިއިރު ފީފާއިން ސަސްޕެންޑްކުރި އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ފާޅުގައި ވިދާޅުވީ އޭނާގެ އެއްވެސް ފޯނުކޯލަކަށް މިނިސްޓަރ ރާފިއު ޖަވާބު ނުދެއްވާ ކަމަށެވެ. މިއިން އެނގެނީ ރާފިއު މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ނުހަނު ގާތް މި ދެ ބޭފުޅުން، މަގާމުގެ ހައިސިއްޔަތުން އެއްގޮތަކަށް ވެސް ބައްދަލު ވެސް ނުރައްވާކަމެވެ. ދެ ފަހަރު މަތިން އެފްއޭއެމުން އިންތިހާބު ނުބޭއްވިދިޔައިރު ވެގެން އުޅެނީ ކީއްތޯ މިނިސްޓަރ ނާއްސަވަ އެވެ. މުނާސަބު ވަގުތުގައި އެއްވެސް ކަމަކަށް ފިޔަވަޅު އަޅުއްވާފައިނުވެ އެވެ. ކަމުގެ ހައްލު ހޯއްދަވަން އޮލިމްޕިކް ކޮމިޓީގައި ތިބި އެކުވެރިންނާ މަޝްވަރާ ކުރެއްވިއްޔާ އެއީ ސައި މޭޒުގައި ކުރި ހީ ސަމާސާއެކެވެ. މުސާރަ ނުލިބިގެން އެފްއޭއެމުގެ މުވައްޒަފުން ފީފާ އާއި އޭއެފްސީ އާއި ޓްރައިބިއުލަށް ސިޓީ ފޮނުވައި ހެދިއިރު ވެސް މިނިސްޓަރު ހުންނެވީ އެވެ. ދަނޑުތައް ވީރާނާވެ، އެފްއޭއެމުގެ އިމާރާތް ބޮލަށްވެއްޓެން ފެށިއިރު ވެސް މިނިސްޓަރު އަޅާނުލައްވަ އެވެ. މިނިސްޓަރ ރާފިއު އަކީ ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން އެފްއޭއެމުގެ މުވައްޒަފެކެވެ. ދިވެހި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ރަސްމީ ފިޒީޝަން އެވެ. އުޅުއްވީ އަބަދުހެން ފުޓްބޯޅައިގެ މީހުންގެ ޝަކުވާ އަޑުއިވޭހާ ގާތުގަ އެވެ. އެކަމަކު ދިވެހި ފުޓްބޯޅައިގެ މައްސަލަ އަށް އެބުނާ ޖުމުލަ ހައްލު ގެނައުމަށް ސަރުކާރު ލެވެލްގައި މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓަށް އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ. ކެބިނެޓް ޕޭޕަރެއް ތައްޔާރު ނުކުރައްވަ އެވެ.

ދެން އޮތީ ފުޓްބޯޅައާ ގުޅުންހުރި އިސް އިދާރާތަކެވެ. އޭއެފްސީ އަދި ފީފާ އަށް އަމިއްލަ އިސްނެންގެވުމާއެކު މިނިސްޓަރ އެއްވެސް ފޯނު ކޯލެއް ނުކުރައްވަ އެވެ. ސިޓީއެއް ވެސް ނުފޮއްނުވަ އެވެ. މިވާހަކަ ދައްކަމުން އެދަނީ ފީފާ އޭއެފްސީީގެ އޮފިޝަލުންނެވެ. ބޭއްވި ހަމައެކަނި ބައްދަލުވުމަކީ އެފްއޭއެމުގެ އިންތިހާބު ދެ ފަހަރު ބާއްވަން އުޅެ އެކަން ނުވުމުން ފީފާ އާއި އޭއެފްސީން ރާއްޖެ ވަޑައިގެންނެވި ވަފުދުން ބޭނުންވެގެން ބޭއްވި ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުމުގައި ދިވެހި ކުޅިވަރު މިނިސްޓަރުގެ ވިސްނުންފުޅު ގެންގުޅުއްވީ ކޮން ގޮތަކަށްކަން އޮތީ ސިއްރުކޮށްފަ އެވެ. ކުރިން ދެންނެވި އެއްވެސް ކަމެއް ނުކުރެއްވުމުގެ މާނައަކީ ފީފާއިން އެދިގެން ބޭއްވި ބައްދަލުވުމަށް މިނިސްޓަރު ވަޑައިގެންނަވާނީ ރަނގަޅަށް ހޯމްވާކް ނުހައްދަވައި ކަމެވެ.

މިނިސްޓަރު މިހާތަނަސް ކުރެއްވި ހަމައެކަނި ކަމަކީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ޝަރަފުވެރިކޮށްދެއްވުމާއި، ރާއްޖޭގެ ކުލަބުތަކުން ބޯޅަ ނުކުޅެވިފައިތިބިއިރު، 40 އަހަރުން މަތީގެ ވެޓަރަންސް ޓީމަށް ވީއައިޕީން މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގަތުމާއި ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ވަގުތީ ހައްލެއް ހޯދައިދިނުމެވެ.  

މިނިސްޓަރ ރާފިއު މިވަގުތު ހުންނެވީ އޮލިމްޕިކްސް ބައްލަވަން ޕެރިހުގައެވެ. މިތަނުން ފީފާ އޮފިޝަލުން ރާފިއު އަތުލައިގަތުމަކީ ވަރަށް ގާތް ކަމެކެވެ. އެމީހުން ތިބީ އެފްއޭއެމް މައްސަލާގައި މިނިސްޓަރާ އުޅުއްވާ ގޮތުން، އޮޅުންފިލުވަން ބޭނުންވެފަ އެވެ. ރާއްޖެއާމެދު ގޮތެއް ނިންމުމުގެ ކުރިން ދިވެހި ސަރުކާރުގެ ވިސްނުމަކީ ކޮބާތޯ ބެލުމަށް އޭއެފްސީ އާއި ފީފާއިން މިނިސްޓަރުގެ އިންތިޒާރު ތިއްބަވާތާ ދުވަސްކޮޅެއްވެއްޖެ ވެސްމެ އެވެ.

ޕެރިހުން ވަޑައިގަންނަވާއިރު އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ ދިވެހި ފުޓްބޯޅަ އަށް ދިރުން އަންނާނެ ގޮތަކަށް ބައްޓަން ކުރެއްވުމަކީ މިނިސްޓަރުގެ އިސްތަށިފުޅުގައި އޮތް ވަރަށް ބޮޑު ޒިންމާއެކެވެ. ސަރުކާރުން ފަރާތުން ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ ކުޅިވަރާ ބެހޭ ވަޒީރެވެ. އެމަނިކުފާނު ތިޔައީ ގޯހެކޭ ވިދާޅުވާކަމެއް ފީފާއިން ނުކުރާނެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީ ދިވެހި ފުޓްބޯޅަ އަށް ފަހިވާގޮތަށް ބައްޓަން ކުރުމަކީ މިނިސްޓަރުގެ އަތުގައި އޮތް ބާރެކެވެ. ކެރިވަޑައިގަންނަވާށެވެ. ވަގުތު ނަގާނުލާށެވެ. މިޓެސްޓުން ފެއިލްވެއްޖެނަމަ ދެން އިތުބާރެއް ނުލިބޭނެ އެވެ. މިހާރު ވެސް ފުޓްބޯޅައިގެ ތެރޭގައި މިނިސްޓަރުގެ މަގުބޫލުކަން ކުޑަ އެވެ.

ނޯޓް: މިއީ ފުޓްބޯޅައިގެ ތަޖުރިބާކާރެއްގެ އުފެއްދުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

27 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު