Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްރެމިއާ ލީގް

ހާލަންޑަށް ހަތް މިލިއަން ރުފިޔާ، ޑެބްރޫނޭ އަށް މިލިއަން ރުފިޔާ

މި ރިޕޯޓްގައި މި ބަލާލަނީ ޕްރެމިއާ ލީގުގެ އެންމެ ބޮޑު މުސާރަ ލިބޭ ގަދަ 10 ކުޅުންތެރިންނަށެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2024 | އަންގާރަ 14:10
ހާލަންޑް އަދި ޑި ބްރޭނާ

ހާލަންޑް އަދި ޑި ބްރޭނާ

އިނގިރޭސި ޕްރެމިއާ ލީގަކީ ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ލީގެވެ. އެންމެ ގިނަ އަދަދަކަށް މޮޅު ކުޅުންތެރިން ތިބި ލީގެވެ. އެންމެ ވާދަވެރިކަން ބޮޑު ލީގެވެ. މިއާއެކު ކުޅުންތެރިންގެ މުސާރައިގެ ގޮތުން ވެސް އެންމެ އަރައި އޮތް ލީގަކީ ވެސް އެއީ އެވެ. މި ރިޕޯޓްގައި މި ބަލާލަނީ ޕްރެމިއާ ލީގުގެ އެންމެ ބޮޑު މުސާރަ ލިބޭ ގަދަ 10 ކުޅުންތެރިންނަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑަށް 2023 ވަނަ އަހަރު އަގުބޮޑު ފަސް އަހަރުގެ ކޮންޓްރެކްޓެއް ދިނީ އޭނާ އޭރު ޖަހަމުން އައި ގޯލްތަކާހެދި އެވެ. އެކަމަކު މަޑުމަޑުން ފޯމު ދަށްވެ، ގައުމީ ޓީމުން ވެސް މިހާރު ޖާގަ ގެއްލިއްޖެ އެވެ. އައު ކޮންޓްރެކްޓްގެ ދަށުން ރަޝްފޯޑަށް ހަފުތާއަކު ތިން ލައްކަ ޕައުންޑް (ހަ މިލިއަން ނުވަ ހާސް ނަވާވީސް ރުފިޔާ ސައުވީސް ލާރި) ލިބޭނެ އެވެ. ސީޒަނެއްގައި 30 ގޯލު ޖަހާނަމަ މިއަދަދަު ދިނުމަކީ އިހުގެ ކުޅުންތެރިންގެ ނަޒަރުގައި ގޯސް ކަމެއްނޫނެވެ. އެކަމަކު ރަޝްފޯޑްގެ މަސައްކަތުގެ ރޭޓާމެދު ޔުނައިޓެޑްގެ ސަޕޯޓަރުން މިހާރު ތިބީ ނުރިހިފަ އެވެ.

މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަކީ މާބޮޑަށް މީޑިއާގައި މަޝްހޫރު ކުޅުންތެރިއެއްނޫނެވެ. އެކަމަކު ސިޓީގެ އަގުބޮޑު ސްކޮޑުގެ ތިން ވަނަ އަށް އެންމެ ބޮޑު މުސާރަ ލިބެނީ ސިލްވާ އަށެވެ. އޭނާ އަށް ހަފުތާއަކު ތިން ލައްކަ ޕައުންޑް (ހަ މިލިއަން ނުވަ ހާސް ނަވާވީސް ރުފިޔާ ސައުވީސް ލާރި) ލިބެ އެވެ. މިއާއެކު އަހަރަކު 15.6 މިލިއަން ޕައުންޑް އޭނާ އަށް ލިބޭނެ އެވެ. އުމުރުން މިހާރު 30 އަހަރު ފުރިފައިވުމުން މިއަށްވުރެ ވަކި ރަނގަޅު އޮފާއެއް ދެން އޭނާ އަށް ލިބުން ދުރެވެ. ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ.

2021 ވަނަ އަހަރު އެސްޓަން ވިލާ ދޫކޮށް އޭނާ ސިޓީ އަށް ބަދަލުވީ އިނގިޜޭސި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއީ 100 މިލިއަން ޕައުންޑަށެވެ. މިއަށްފަހު އޭނާ ވެގެންދިޔައީ ސިޓީގެ ކުޅުންތެރިންގެ ތެރެއިން އެންމެ ވިޔަފާރި ރަނގަޅު އެއް ކުޅުންތެރިޔާއަށެވެ. ހުސްވި ސީޒަނުގައި އަނިޔާގެ ހިޔަނި އެޅުނަސް އޭގެ ކުރީ ސީޒަނުގައި މޮޅަށް ކުޅެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުބާރު ވެސް ގްްރީލިޝް ވަނީ ހޯދައިފަ އެވެ. އޭނާގެ މުސާރައަކީ ވެސް ހަފުތާއަކު ތިން ލައްކަ ޕައުންޑް (ހަ މިލިއަން ނުވަ ހާސް ނަވާވީސް ރުފިޔާ ސައުވީސް ލާރި) އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ޕޯޗުގަލް މިޑްފީލްޑަރަކީ ގިނަ މެޗުތަކުގައި މާބުރަކޮށް މަސައްކަތް ކުރާ މީހެއްނޫނެވެ. އެކަމަކު މިހާރު އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަނެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާގެ މުސާރައަކީ ވެސް ހަފުތާއެކު ތިން ލައްކަ ޕައުންޑް (ހަ މިލިއަން ނުވަ ހާސް ނަވާވީސް ރުފިޔާ ސައުވީސް ލާރި) އެވެ.

އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިން ސިޓީ، ދޫކޮށް ޗެލްސީއާ ގުޅުން ޖެހުނީ މަޖުބޫރުވުމުންނެވެ. އޭގެ ފަހުން ކުޅުން ފެންނަނީ ވަރަށް ވަނދުކޮށެވެ. ގައުމީ ޓީމަށް ވެސް ނާރަ އެވެ. އޭނާގެ ނުގަބޫލުގައި ސިޓީން އޭނާ ޗެލްސީއަށް ދޫކޮށްލަން ނިންމުމުން ސްޓާލިން އެކަމަށް އެއްބަސްވީ ސިޓީން ދޭ މުސާރަ ދޭމަތިންނެވެ. އޭނާ އަށް ހަފުތާއަކު ތިން ލައްކަ ފަސްސަވީސް ހާސް ޕައުންޑް (ހަ މިލިއަން ފަސް ލައްކަ ނުވަ ހާސް ހަތް ސަތޭކަ އައްޑިހަ އެއް ރުފިޔާ ފަސްދޮޅަސް އަށް ލާރި) ލިބެ އެވެ. ދަނޑުމަތީގައި މޮޅަށް ނުކުޅޭތީވެ މިއީ ޗެލްސީގެ ސަޕޯޓަރުން ނުރުހުންވާ އަދަދެކެވެ.

ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުއްޓަސް ބެލްޖިއަމްގެ ފޯވަޑް ލުކާކޫ ކުޅެނީ އިޓާލިއަން ލީގުގަ އެވެ. ފުރަތަމަ ރޯމާގަ އެވެ. މިހާރު ނަޕޯލީގަ އެވެ. 100 މިލިއަނަަށް އިންޓަމިލާނުން ގަތް ފޯވަޑް ދޫކޮށްލީ ފުރަަތަމަ ސީޒަނުގައި އެންމެ 15 ގޯލު ޖެހިއިރު އެކަށީގެންވާވަރާ ގާތަށް ވެސް ނުކުޅޭތީ އެވެ. އިޓަލީގައި ވެސް އެއް ކުލަބުން އަނެއް ކުލަބަށް ބަދަލުވާން ޖެހިފައިވަނީ މި ސަބަބާހެދި އެވެ. އެކަމަކު އޭނާ ކުޅޭ ކުލަބުން މުސާރައިގެ ބައެއް، އަނެއްބައި ޗެލްސީން ދޭގޮތަށް ލުކާކޫ އަށް ހަފުތާއަކު ތިން ލައްކަ ފަސްސަވީސް ހާސް ޕައުންޑް (ހަ މިލިއަން ފަސް ލައްކަ ނުވަ ހާސް ހަތް ސަތޭކަ އައްޑިހަ އެއް ރުފިޔާ ފަސްދޮޅަސް އަށް ލާރި) ލިބެ އެވެ.

ލިވަަޕޫލަށް ކުޅޭ މިސުރުގެ ފޯވަޑް މުހައްމަދު ސަލާހަކީ ގޯލު ޖެހުމުގައި އަރާހުރި ފޯވަޑެކެވެ. އެތައް ރެކޯޑެއް ހަދައިފި އެވެ. 2022 ވަނަ އަހަރުގެ ސޮއިކުރި އާ ކޮންޓްރެކްޓް ދަށުން އޭނާ އަށް ހަފުތާއަކު 350 ހާސް ޕައުންޑް (ހަތް މިލިއަން ދިހަ ހާސް ފައްސަތޭކަ ތިރީސް ހަތަރު ރުފިޔާ ބާރަ ލާރި) ލިބެ އެވެ. ތުރީހުގެ މެދުތެރެއަށް އެޅެމުންދާތީވެ މިއަށްވުރެ ބޮޑު މުސާރައެއް އޭނާ ދެން ލިބޭނީ ސައޫދީ އަރަބިއާ ފަދަ ގައުމަކަށް ބަދަލުވެގެންނެވެ.

ރެއާލް މެޑްރިޑުން މެންޗެސްޓާ ޔުނައިޓެޑަށް އައު ފަހުން ކުޅުން ފެންނަނީ ވަރަށް ދަށްކޮށެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން މާ ހިތްހަމަޖެހޭ ކުޅުންތެރިއަކަށްނުވެ އެވެ. ނަމަވެސް ރެއާލުން އޭނާ ގަންނަން ޖެހުނީ އެ ޓީމުން ދެމުން އައި މުސާރަ އަށެވެ. މިހެންވެ ކުޅުނަސް ނުކުޅަނަސް އޭނާ އަށް ހަފުތާއަކު 350 ހާސް ޕައުންޑް (ހަތް މިލިއަން ދިހަ ހާސް ފައްސަތޭކަ ތިރީސް ހަތަރު ރުފިޔާ ބާރަ ލާރި) ލިބެ އެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދެކެ ގޮތުގައި ނޯވޭގެ ފޯވަޑް ހާލަންޑަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ފަދަ ކުޅުންތެރިއެކެވެ. އޭނާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ގަދަ ހޮޓް ޝޮޓް ފޯވަޑެވެ. ހުސްވި ސީޒަނުގެ ރަންބޫޓުގެ ހައްގުވެރިޔާ އެވެ. ހާލަންޑަށް ހަފުތާއަކު ތިން ލައްކަ ހަތްދިހަ ފަސްހާސް ޕައުންޑް (ހަތް މިލިއަން ފަސް ލައްކަ އެގާރަ ހާސް ދުއިސައްތަ އަށްޑިހަ ހަ ރުފިޔާ ފަންސާސްފަސްލާރި) ލިބެ އެވެ. މި މުސާރަ ދީފައި އޭނާ ގެންދިއުމަކީ މަދު ކުލަބަކަށްނޫނީ ކުރެވޭނެ ކަމެއްނޫނެވެ.

ޕްރެމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ މިހާރުގެ ކެޕްޓަން ކެވިން ޑެބްރޫނޭ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް

ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް

07 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު