Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2023

ސާބިއާގެ ކުޅުންތެރިންނާ މެދު ސްޓޮޖްކޯވިޗް ފަޚުރުވެރިވޭ

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި ރަނގަޅު ކުޅުމެއް އެ މެޗުގައި ފެނުނު ކަމަށް އޭނާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖޫން 2024 | ހޯމަ 05:28
ސާބިއާގެ ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް

ސާބިއާގެ ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ސާބިއާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ އިންގްލެންޑާ ވާދަކޮށް ސާބިއާ ބަލިވެފައި ވަނީ 1-0ންނެވެ. މެޗުގައި ސާބިއާ އިން ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަމުން ސްޓޮޖްކޯވިޗް ބުނީ، އެ މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި ރަނގަޅު ކުޅުމެއް އެ މެޗުގައި ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންގްލެންޑާ ގުޅޭ ގޮތުން އޭނާ ބުނީ، އެ ޓީމަކީ ވަރަށް ރަނގަޅު އަދި އެހާމެ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންނަމަވެސް, އިންގްލެންޑާ ދެކޮޅަށް ސާބިއާގެ ކުޅުންތެރިން ކުޅުނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ކަމަށާއި، އެއީ ސާބިއާ އިން ބޭނުންވި ފުޓުބޯޅަ ކަމަށް ވެސް ސްޓޮޖްކޯވިޗް ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ, ސާބިއާ އަށް އެމީހުން ބޭނުންވާ ހިސާބަކަށް އާދެވިފައި އޮތީ އެ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ހާއްސަކޮށް އެ މެޗުގައި ސާބިއާ އިން ވެސް ބޯޅަ ރަނގަޅަށް ހިފަހައްޓައިގެން ކުޅެ، އިންގްލެންޑަށް ޑިފެންސް ކުރުމުގައި އުނދަގޫތަކެއް ކުރިމަތި ކުރުވި ކަމަށް އޭނާ ބުންޏެވެ.

މުޅި މެޗަށް ބަލާއިރު، ގެއްލުނީ ހަމައެކަނި މޮޅު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް، އިންގްލެންޑާ ދެކޮޅަށް ސާބިއާގެ ކުޅުންތެރިން ދެއްކި ކުޅުމާއި، އެ ކުޅުންތެރިން ކުރި މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށް ވެސް ސްޓޮޖްކޯވިޗް ވަނީ ބުނެފަ އެވެ. އޭނާ ބުނީ މެޗުން ސާބިއާ ބަލިވި ނަމަވެސް، ހިތްވަރު ދޫކޮށް ނުލާ އެ ޓީމުން ކުރިއަށް ދާނެ ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސީ ގައި ސާބިއާ ކުޅޭ ދެވަނަ މެޗުގައި އެ ޓީމު ނިކުންނާނީ މި މަހުގެ 20 ވަނަ ދުވަހު ސްލޮވޭނިއާ އާ ދެކޮޅަށެވެ. ސްލޮވޭނިއާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު