Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑިޕްރެޝަން

ޑިޕްރެޝަންއަށް ފަރުވާ ދެނިވި އީޖާދީ ހެޑްސެޓްގެ ތަޖުރިބާ!

ޑިޕްރެޝަންގެ ވޭން އުފުލަމުންދާ މީހުންނަށް ލުއި ފަސޭހަކަމެއް ހޯދައި ދިނުމަށް ފްލޯ ނިއުރޯސައެންސްއިން އީޖާދު ކުރި ހެޑްސެޓް ބޭނުން ކޮށްގެން، އަމަލީ ތަޖުރިބާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ޖޫން 2024 | ބުރާސްފަތި 12:29
ޑިޕްރެޝަންއަކީ ފަހަރެއްގައި ވެސް މީހާގެ އީމާންތެރިކަން ކުޑަވެގެން ނުވަތަ ލާދީނީ ކަމަކުން މެދުވެރި ވާ ކަމެއް ނޫން

ޑިޕްރެޝަންއަކީ ފަހަރެއްގައި ވެސް މީހާގެ އީމާންތެރިކަން ކުޑަވެގެން ނުވަތަ ލާދީނީ ކަމަކުން މެދުވެރި ވާ ކަމެއް ނޫން

ޑިޕްރެޝަން ނުވަތަ އިންތިހާ މާޔޫސްކަމާއި ހިތްދަތި ކަމުގެ ވޭނަށް ދާއިމީ ފަރުވާއެއް އަދި މިހާތަކަށް ހޯދިފައެއް ނެތެވެ. ބަލީގެ ތަކުލީފުތައް ލުއި ކުރަނީ ޑޮކްޓަރީ ބޭސްތަކާއި، ތެރަޕީއާއި، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުން ފަދަ ކަންކަމުގެ ތެރެއިންނެވެ. ކަން މިހެން އޮތް އޮތް އިރު، ދާއިރާގެ ތަޖުރިބާކާރުން އަދިވެސް ދަނީ ލުއި ފަސޭހަ ފަރުވާތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ދިރާސާވެރިންގެ މަސައްކަތްތަކަށްވެސް މަޑުޖެހުމެއް ނެތެވެ. ކޮންމެ ބަޔަކުވެސް އެ ބަޔަކަށް ފެންނަ އެންމެ ރަނގަޅު ޙައްލެއް ހޯދައިދެއެވެ. މި ފަހަރުގެ ޙައްލު ގެނެސްދެނީ ނޯތުހެމްޝަރ އެންއެޗްއެސް ފައުންޑޭޝަންސް ޓްރަސްޓްއިންނެވެ.

އެންއެޗްއެސްއިން ކުރިއަށް ގެންދިޔަ ދިރާސާއަށް ފަހު، ޑިޕްރެޝަންގެ ފަރުވާއެއްގެ ގޮތުގައި އިލެކްޓްރިކް ހެޑްސެޓްއެއް ބޭނުން ކުރުމަށް ލަފާ ދޭ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މި ހެޑްސެޓްގެ ދާއިމީ ފައިދާތަކަކީ ކޮބައިކަން އަދި ކަށަވަރެއް ނުކުރެވެއެވެ. ނަމަވެސް، އެންއެޗްއެސްގެ ތަޖުރިބާއިން ދައްކާ ގޮތުގައި، ޑިޕްރެޝަނަށް ފަރުވާ ދިނުމަށް، މި އިޖާދީ އިލެކްޓްރިކް ހެޑްސެޓަކީ، ޑިޕްރެޝަންގެ އަލާމާތްތައް ކުޑަކުރުމަށް ފައިދާހުރި ގޮތެއްގައި ބޭނުން ކުރެވޭ އެއްޗެކެވެ. ޞިއްޚީ ފަރުވާގެ ރާސްތާގައި، އިތުރަށް ފުޅާދާއިރާއެއްގައި މި ހެޑްސެޓް ބޭނުން ކުރުމަށްވެސް ވަނީ ލަފާ ދީފައެވެ.

ޑިޕްރެޝަންގެ ވޭން އުފުލަމުންދާ މީހުންނަށް ލުއި ފަސޭހަކަމެއް ހޯދައި ދިނުމަށް ފްލޯ ނިއުރޯސައެންސްއިން އީޖާދު ކުރި ހެޑްސެޓް ބޭނުން ކޮށްގެން، އަމަލީ ތަޖުރިބާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޑިޕްރެޝަން ހުންނަ ޕޭޝަންޓުންނަށް 6 ހަފުތާ ވަންދެން ކޮންމެ ދުވަހަކު 30 މިނެޓަށް މި ހެޑްސެޓް ބޭނުންކޮށްގެން ތެރަޕީދެއެވެ. ތެރަޕީ ސެޝަން ކުރިއަށް ދަނީ ޑޮކްޓަރެއްގެ ހާޒިރުގައެވެ.

މި ތަޖުރިބާ ދިރާސާއިން ދައްކާ ގޮތުގައި އީޖާދީ ހެޑްސެޓް ބޭނުން ކޮށްގެން ދޭ ފަރުވާއަކީ ނަތީޖާ ނެރެވެނިވި ފަރުވާއެކެވެ. މި ކަން ކުރަނީ، ޓްރާންސްކްރެނިއަލް ޑައިރެކްޓް ކަރަންޓް ސްޓިމިއުލޭޝަން ނުވަތަ ޓީޑީސީއެސްގެ ނަމުން މަޝްހޫރު ސިކުނޑިއަށް އިތުރު ޖޯޝެއް ގެނެސްދެނިވި އުކުޅެއް ބޭނުންކޮށްގެންނެވެ. ޑިވައިސް ފަރުމާ ކޮށްފައި ވަނީ ހެޑްސެޓް ބޭނުން ކުރަމުންދާ ޕޭޝަންޓުގެ ސިކުނޑީގެ ކުރީ ބަޔަށް، ސީދާ ގޮތެއްގައި، ބަލިކަށި ކަރަންޓު ސިގުނަލެއް ފޮނުވާލާ ގޮތަށެވެ. ސިކުނޑީގެ ކުރީ ބަޔަކީ، ޖަޒުބާތީ އިޙްސާސްތަކާ ގުޅިފައި ވާ ހިސާބެވެ.

ދިރާސާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ތަޖުރިބާގެ 6 ހަފުތާ ނިންމާލި އިރު، ބައިވެރިންގެ ތެރެއިން 58 ޕަސެންޓް މީހުންގެ ކިބައިން އެދެވޭ ބަދަލުތަކެއް ފެންނަން ފެށިއެވެ. އަދި ކޮންމެ 3 މީހަކުން އެކަކު ރެމިޝަންއޭ ކިއާ މަރުހަލާއަށްވެސް ދިޔައެވެ. އެ މީހުންގެ ހަށިގަނޑުން، ޑިޕްރެޝަންގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ފްލޯ ނިއުރޯސައެންސްއިން ބުނާ ގޮތުގައި މި އީޖާދަކީ، ޑިޕްރެޝަންއަށް ގޭގައިވެސް ދެވިދާނެ ފަރުވާއެއްގެ ގޮތުގައި ޞިއްޚީ ފެންވަރުގައި ބަލައިގެންފައި ވާ ހަމައެކަނި އީޖާދެވެ. މި ޑައިވައިސްއަކީ، ޑިޕްރެޝަންއަށް އާންމު ގޮތެއްގައި ހޯދާ ފަރުވާ، ނުވަތަ ޑޮކްޓަރީ ބޭސް ބޭނުން ކުރުމާއި، ތެރަޕީ ސެޝަންތައް ކުރިއަށް ގެންދަމުންވެސް ބޭނުން ކުރެވިދާނެ ޑިވައިސްއެއް ކަމަށްވެސް ފްލޯ ނިއުރޯސައެންސްއިން ބުނެއެވެ.

ދިރާސާގެ ބައިވެރިންނަކީ ނޯތުހެމްޝަރ އެންއެޗްއެސްގެ ޕޭޝަންޓުން ކަމުގައި ވީ ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް މި ޑިވައިސް ގަތުމުގެ ފުރުޞަތު އޮވެއެވެ. ޑިވައިސްގެ އަގަކީ 399 ޕައުންޑްއެވެ.

ޖޭމްސް މޭނަރޑްއަކީ ދިރާސާގެ ބައިވެރިއެކެވެ. އީޖާދީ ހެޑްސެޓްގެ ފަރުވާ ހޯދުމުގެ ކުރިން، އޭނާއަކީވެސް ޑިޕްރެޝަންގެ ވޭން އުފުލަމުން ދިޔަ މީހެކެވެ. ސްކައި ނިއުސްއަށް ދިން އިންޓަރވިއުއެއްގައި މޭނަރޑް ކިޔައިދީފައި ވާ ގޮތުގައި، ފަރުވާގެ ކުރިން އޭނާގެ ދިރިއުޅުމުގައި އެއްވެސް އުންމީދެއް ނެތެވެ. އެއްވެސް އަމާޒެއް ނެތެވެ. ދުވަހެއް ނިންމާ އަނެއް ދުވަސްވެސް ފާއިތުވެދަނީއެވެ. ކޮންމެ ދުވަހަކީވެސް ޖަޒުބާތީ ހިތި އަސަރުތަކަކާއެކު ވޭތުވެގެންދާ ދުވަހެކެވެ. މަސައްކަތު ދިއުމާއި، އަނބުރާ ގެއަށް އައުމާ، ނިދާލެވިއްޖެއްޔާ ނިދުން އެކަންޏެވެ.

ދިރާސާގެ ތެރެއިން ކޮންމެ ދުވަހަކުވެސް 30 މިނެޓަށް ހެޑްސެޓް ބޭނުން ކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޭނަރޑްއަށް އެނގުން ވާން ފެށި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނިދުމުގެ ކޮލިޓީ ރަނގަޅު ވާން ފެށި ކަމަށާ، މޭނަރޑްގެ ކިބައިން އުފާވެރި ކަމުގެ އަސަރު ފެންނަ ކަމަށް އޭނާގެ އަނބިމީހާއަށްވެސް ފާހަގަވެގެން އެ ވާހަކަ ދެއްކި ކަމަށްވެސް ބުންޏެވެ. އެހެން ކަމުން، ކޮންމެވެސް ބަދަލުތަކެއް އަންނަކަން ކަށަވަރު ކަމަށް މޭނަރޑް ޤަބޫލު ކުރިއެވެ.

އެންއެޗްއެސްގެ ތަޖުރިބާ ދިރާސާގައި އިސްކޮށް އުޅުނު އެކަކީ ޑރ އަޒްހަރު ޒަފަރުއެވެ. ޑރ ޒަފަރު ފާހަގަ ކުރި ގޮތުގައި، އީޖާދީ ހެޑްސެޓް ބޭނުން ކުރަން ފެށި ހިސާބުން، ޑޮކްޓަރީ ބޭހަށް ބަރޯސާ ވާން ޖެހުނު މިންވަރު ކުޑަ ވެގެން ދިޔަ ކަމަށް ޕޭޝަންޓުން ރިޕޯޓް ކުރިއެވެ. މިއީ އައު އިޚްތިޔާރީ ފުރުޞަތެއް ކަމަށް ޑރ ޒަފަރު ސިފަކުރިއެވެ. އެހެނީ، އަދު ދެމުން ދާ ހަމަ އެކަނި ފަރުވާއަކީ ޑޮކްޓަރީ ބޭހާއި، ކޮގްނިޓިވް ބިހޭވިޔަރ ތެރަޕީ (ސީބީޓީ) އަށް ވެފައި އޮތުމެވެ.

ޑިޕްރެޝަންއަކީ ފަހަރެއްގައިވެސް މީހާގެ އީމާންތެރިކަން ކުޑަވެގެން ނުވަތަ ލާދީނީ ކަމަކުން މެދުވެރި ވާ ކަމެއް ނޫނެވެ. ގައިން ގަޔަށް އަރާ ބަލިތަކާއި، ނާރާ ބަލިތަކާއި، ވާރުތަކުރާ ބަލިތައް ފަދައިން، ޑިޕްރެޝަންއަކީވެސް އަމިއްލަ އިޚްތިޔާރުން ބޭރުން ޖެހޭ ބައްޔެކެވެ. ޑިޕްރެޝަނަކީ އެއްދުވަސް ވަރެއްގައި ލޯބި ކުރި ކަންކަމާއި ހަރަކާތްތަކަށް ޝައުގުވެރިކަން ގެއްލުވާލާ، މޫޑް ޑިސްއޯޑަރެކެވެ. އަދި ވިސްނުމާއި ހަނދާނާއި ކެއުމާއި ނިދުމަށްވެސް ނޭދެވޭ އަސަރުތައް ފޯރުވާ ނަފުސާނީ ބައްޔެކެވެ.

ވަޒީފާ ގެއްލުން ނުވަތަ ކައިވެނި ރޫޅޫން ފަދަ ފަދަ ކަންކަމަކީ އާންމު ދިރިއުޅުމުގައި ކުރިމަތިވާ ހިތާމަތެކެވެ. އެއީ އާންމު ކަންކަމެވެ. އެއީ އަދި ޑިޕްރެޝަންއެއް ނޫނެވެ. ޑިޕްރެޝަންގެ ތަފާތު ކަމަކީ ހިތާމަތައް ދިގުލައިގެން ދިއުމެވެ. އެންމެ ހީނ ސަކަރާތް ޖަހާފައި އުޅޭ މީހަކީވެސް ޑިޕްރެޝަންގެ ވޭން އުފުލާ މީހަކަށް ވެދާނެއެވެ. އެ މީހެއްގެ އާންމު ދިރިއުޅުމަށްވެސް ކޮންމެވެސް ހިސާބަކުން އެކަމުގެ ނޭދެވޭ އަސަރުތައް ފޯރަން ފަށާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުޔޯކްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ސޮނާލީ އެނބުރި މުމްބާއީ އަށް

ނިއުޔޯކްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ސޮނާލީ އެނބުރި މުމްބާއީ އަށް

03 ޑިސެމްބަރު 2018
ޖޯޖް ކްލޫނީ އިޓަލީގައި އެކްސިޑެންޓްވެ ފަރުވާ ދީފި، ހާލު ރަނގަޅު

ޖޯޖް ކްލޫނީ އިޓަލީގައި އެކްސިޑެންޓްވެ ފަރުވާ ދީފި، ހާލު ރަނގަޅު

11 ޖުލައި 2018
ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

04 ޖުލައި 2018
އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް

އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް

20 މާރިޗު 2018
ހަމުގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވޫޑްގެ "ފިރަންގީ" ޓޮމް އަލްޓާ މަރުވެއްޖެ

ހަމުގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވޫޑްގެ "ފިރަންގީ" ޓޮމް އަލްޓާ މަރުވެއްޖެ

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު