Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓޮމް އަލްޓާ

ހަމުގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވޫޑްގެ "ފިރަންގީ" ޓޮމް އަލްޓާ މަރުވެއްޖެ

1 އޮކްޓޯބަރު 2017 | އާދީއްތަ 04:06

އޭނާ މުރުވިއިރު އުމުރަކީ 67 އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 އޮކްޓޯބަރު 2017 | އާދީއްތަ 04:06
ޓޮމް އަލްޓާ

ޓޮމް އަލްޓާ

ހަމުގެ ކެންސަރަށް ފަރުވާކުރަމުން ދަނިކޮށް ބޮލީވުޑްގެ ތަރި ޓޮމް އަލްޓާ މަރުވެއްޖެއެވެ.

އޭނާ މަރުވި އިރު އުމުރަކީ 67 އަހަރެވެ. ޓޮމް އަލްޓާ މަރުވެފައިވަނީ ހޮނިހިރު ދުވަހު އޭނާ ދިރިއުޅޭ ގޭގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މުމްބާއި ހޮސްޕިޓަލުގައި އޭނާ އެޓްމިޓް ކުރި ކަމަށާއި އެހެން ނަމަވެސް ބުރާސްފަތި ދުވަހު އޭނާ ގެއަށް ބަދަލު ކުރީ ކަމަށް ޓޮމްގެ މެނޭޖަރ އިސްމާއިލް އަންސާރީ ބުނެފައި ވެއެވެ.

ޓޮމް އަލްޓާގެ ދަރިފުޅު ޖެމީ އަލްޓާ ނެރުނު އޮފިޝަލް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެކްޓަރ، ލިޔުންތެރިޔާ، ޑައިރެކްޓަރ އަދި އޭނާގެ ބައްޕަ މަރުވި ޚަބަރު ހާމަ ކުރުމަކީ ފުން ހިތާމައެއް ކަމަށާއި ޓޮމް މަރުވިއިރު އާއިލާ އާއި ގާތް ތިމާގެ މީހުން ހާޒިރުވެ ތިބި ކަމަށެވެ.

ޓޮމް އަލްޓާއަކީ އެމެރިކާ ނަސްލުގެ ބޮލީވުޑްގެ އެކްޓަރެކެވެ. އޭނާ ބޮލީވުޑާ ގުޅިފައި ވަނީ 1976 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ "ޗަރެސް" އެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ބޮލީވުޑްގެ ފިލްމު"ސަރްގޯޝިއާން" އިންނެވެ.

އޭނާއަށް ވަނީ އިންޑިއާގެ ސަރުކާރުން ދޭ އެވޯޑް ޕަދްމާ ޝްރީ އެވޯޑް 2008 ވަނަ ލިބިފައެވެ. ޓޮމް އަލްޓާ ވަނީ 300 އަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރި ވެފައެވެ. އޭނާ މަޝްހޫރުވެފައި ވަނީ ބޮލީވޫޑްގެ "ފިރަންގީ" ގެ ގޮތުގައެވެ. އޭނާގެ ކާފަ އާއި މާމައަކީ އެމެރިކާގެ އޮހިއޯ އަށް ނިސްބަތްވާ ބައެކެވެ. އެ މީހުން އިންޑިއާ އަށް ހިޖުރަކޮށްފައި ވަނީ 1916 ވަނަ އަަހަރު ފަހުކޮޅުއެވެ. ޓޮމް އުފަންވެފައި ވަނީ 1976 ވަނަ އަހަރު މައިސޫރަށެވެ. އޭނާ އުޅެ ބޮޑުވެ އަދި ތައުލީމު ހާސިލްކޮށްފައި ވަނީ ވެސް މައިސޫރުގައެވެ. އުމުރުން 18 އަހަރުގައި އޭނާ ކިޔެވުމަށް އެމެރިކާ އަށް ދިޔައެވެ. ނަމަވެސް އަހަރު ދުވަހަށް ފަހު މާހައުލާ މެދު ހިތްހަމަނުޖެހިގެން އޭނާ އެނބުރި އިންޑިއާ އަށް ދިޔައެވެ.

ފިލްމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އޭނާ ވަނީ 1972 ވަނަ އަހަރު ޕޫނޭގެ ފިލްމް އެންޑް ޓެލެވިޒަން އިންސްޓިއުޓް އޮފް އިންޑިއާއާ ގުޅިފައެވެ. އެތަނުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައި ވެއެވެ. އޭގެ ކުރިން ޓީޗަރެއްގެ ގޮތުގަ އާއި އަދި ހޮސްޕިޓަލުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. ކުޑަކުދިންނަށް ކްރިކެޓް ކުޅެން ދަސްކޮށްދިނުމުގައި ވެސް ތިން އަހަރެއްހާ ދުވަހު ހޭދަކުރިއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ފިލްމް ބޮލީވުޑަށް ހިތް ޖެހުނީ ރާޖޭޝް ކަންނާގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

07 ޖުލައި 2018

ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ސީލިން ޕެނަލެއް ވެއްޓިއްޖެ

07 ޖުލައި 2018
ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ސީލިން ޕެނަލެއް ވެއްޓިއްޖެ
04 ޖުލައި 2018

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

04 ޖުލައި 2018
ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި
20 މާރިޗު 2018

އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް

20 މާރިޗު 2018
އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް
22 ސެޕްޓެމްބަރު 2017

އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން

22 ސެޕްޓެމްބަރު 2017
އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން
18 ސެޕްޓެމްބަރު 2017

އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ

18 ސެޕްޓެމްބަރު 2017
އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ
03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
30 ޖޫން 2017

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

30 ޖޫން 2017
އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!
02 މެއި 2017

އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދަނީ

02 މެއި 2017
އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދަނީ
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް