Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެލެގްރާމް ބޭނުންކޮށްގެން ޖިނާއީ އެކި ކުށްތައްކުރު

ޓެލެގްރާމް ބޭނުންކޮށްގެން ޖިނާއީ އެކި ކުށްތައް ކުރަމުންދިޔަ 3 މީހުންގެ މައްޗަށް ދައުވާކޮށްފި

މަސްތުވާތަކެތި އިސްތިހާރުކޮށް، މަސްތުވާތަކެތީގެ އެކިބާވަތްތައް ވިޔަފާރީގެ އުސޫލުން ވިއްކަމުން ދިޔަ މައްސަލައިގައި ދައުވާކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖޫން 2024 | ބުދަ 15:01
ފުލުހުންގެ މައި އިދާރާ

ފުލުހުންގެ މައި އިދާރާ

ޓެލެގްރާމް ބޭނުންކޮށްގެން ޖިނާއީ އެކި ކުށްތައް ކުރަމުން ދިޔަ 3 މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ ޓެލަގްރާމް އެޕްލިކޭޝަންގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ހަދާފައިވާ ޔޫސަރ ބޭނުންކުރަމުންގެންދާ ފަރާތުން "ޖަޒީރާ" އާއި "ޖަޒީރާ ގަރލްސް" އަދި "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި އިސްތިހާރުކޮށް، މަސްތުވާތަކެތީގެ އެކިބާވަތްތައް ވިޔަފާރީގެ އުސޫލުން ވިއްކަމުން ދިޔަ މައްސަލައިގައި ދައުވާކޮށްފައިވާ ކަމަށެވެ. އަދި ހަށިވިއްކުމަށް ހިތްވަރުދޭގޮތަށް އިސްތިހާރުކޮށް، މިފަދަ ކުށްތަކަށް މީހުން އަރައިގަތުމަށް މަގުފަހިކޮށް، އަދި ރާއްޖޭގައި އާއްމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދާ މައްސަލައިގައި، ދައުވާތައް ކުރުމަށް 03 ޖޫން 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދުގެ މައްޗަށް 4 ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގ، ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުމުގެ އިތުރުން އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ.

މީގެ ތެރެއިން ހަޑިހުތު އެއްޗެއް ރައްދުކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. މަނީ ލޯންޑްރިންގގެ ކުށުގެ އަދަބަކީ 100,000ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުމުގެ އަދަބަކީ 7 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުމުގެ އަދަބަކީ 25,000ރުފިޔާއާއި 75,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެ އިތުރުން ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ ޢަލީއާއި، ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްގެ މައްޗަށް 4 ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ.

އޭގެ ތެރޭގައި ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުން އަދި އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ.

މީގެ ތެރެއިން ހަޑިހުތުރު އެއްޗެއް ރައްދުކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. މަނީ ލޯންޑްރިންގގެ ކުށުގެ އަދަބަކީ 100,000ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުމުގެ އަދަބަކީ 3 އަހަރަށް ޖަލަށްލުމެވެ. އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުމުގެ އަދަބަކީ 25,000ރުފިޔާއާއި 75,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމެވެ.

މި ދައުވާތަކާ ގުޅިގެން މި ތިންމީހުން ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 9,495,685.55 (ނުވަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ފަސް ހާސް ހަސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ފަސް ލާރި) ދައުލަތަށް ނަގައިދިނުމަށް ޕީޖީން ވަނީ އެދިފައިވެއެވެ. މަނީ ލޯންޑްރިންގގެ ދައުވާ ކޮށްފައިވާނީ، މި ފައިސާ އެކި ޢަދަދުތަކުން އެކި އެކައުންޓުތަކުން ދަޢުރުކޮށް ލޯންޑަރކޮށްފައިވާތީއެވެ.

ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުންކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، މިތަކެތި ފޮނުވައި ރައްދުކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ދަޢުވާލިބޭ އިބްރާހީމް ރަޝީދުގެ އާއިލާގެ ފަރާތުން، އިބްރާހީމް ރަޝީދުގެ މައްޗަށް ކުށް ސާބިތު ނުވަނީސް، އިބްރާހީމް ރަޝީދުގެ ފޮޓޯ މި މައްސަލައާ ގުޅުވައި ނޫހުގައި ޝާއިއު ނުކުރުމަށް ޕީޖީ އޮފީހުގައި ވަނީ އެދިފައެވެ.

ޕީޖީ އޮފީހުން ބުނީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫން ކަމަށާއި ދައުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުން ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު