Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޮއްޑޫގައި ކުރި މުޒާހަރާގެ މައްސަލަ

ރަށު ރައްޔިތުންނާއި ބައްދަލުނުކުރަން ތޮއްޑޫ ކައުންސިލް ބަންދުކުރުމުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 8 މީހަކު ހައްޔަރުކޮށްފި

ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި ހަމަނުޖެހުން ވަނީ ހިންގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖޫން 2024 | ހޯމަ 08:46
ތޮއްޑޫ ދަނޑުވެރިންނާއި އާންމުން ކައުންސިލް ކައިރިއަށް އެއްވެފައި

ތޮއްޑޫ ދަނޑުވެރިންނާއި އާންމުން ކައުންސިލް ކައިރިއަށް އެއްވެފައި

ރަށު ރައްޔިތުންނާ ބައްދަލުނުކުރަން ވެގެން ތޮއްޑޫ ކައުންސިލް ބަންދުކޮށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެރަށުގެ 8 މީހަކު ހައްޔަރުކޮށްފިއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ތޮއްޑޫގެ ދަނޑުވެރިންނާ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ބައްދަލުނުކުރަން ވެގެން ކައުންސިލް އިދާރާ ބަންދުކޮށް ފުލުހުން ވަނީ ފޯރިމަރާފައެވެ. 2024 ޖޫން 5 ވީ ބުދަ ދުވަހު ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް މެންދުރު 1:00 ގައި ބާއްވަން ކައުންސިލްގެ ރައީސް ނިންމާފައިވާތީ 1 ޖެހި އިރު ރައްޔިތުން ކައުންސިލް އިދާރާއަށް ދިޔައިރު ކައުންސިލް ބަންދުކޮށް ތަޅުލާފައި އެތަނުގައި ކައުންސިލުން އެދިގެން ފުލުހުން ސެކިއުރިޓީ ވަނީ ބަލަހައްޓާފައެވެ.

އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަނުޖެހުންތަކާ ގުޅިގެން އެދުވަހު ކައުންސިލް އޮފީސް ކައިރީގައި ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ހޫނުވެ، އޮފީހުގެ ދޮރު ވެސް ތަޅާލާފައިވެއެވެ. އަދި މި މުޒާހަރާގެ ތެރެއިން ފުލުހަކަށް ވެސް އަނިޔާވެފައިވެއެވެ.

މީގެ އިތުރުން ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރަން މަސައްކަތްކުރާ ގޮތާ މެދު ހުރި ހިތްހަމަނުޖެހުންތަކާ ގުޅޭގޮތުން ޕެޓިޝަނެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ތޮއްޑޫގެ ގޮއިގަނޑު ބިން ދޫކުރުމުގެ މަސައްކަތްނުކޮށް ތޮއްޑޫ ކައުންސިލުން ގަސްތުގައި ލަސްކުރާ ކަމަށް އެ ރަށުގެ ބައެއް އާންމުން ދަނީ ބުނަމުންނެވެ. ރާއްޖެއެމްވީ އާ ވާހަކަދެއްކި ބައެއް އާންމުން ބުނެފައި ވަނީ މީގެކުރިން އެ ބިން ދޫކުރާ މުއްދަތު ހަމަވާ އިރަށް އެހެން ފަރާތަކަށް އެ ބިން ދޭ ކަމަށެވެ. އަދި މިހާރު އެ ބިން ބޭރުގެ ބަޔަކަށް ދޭން ކައުންސިލުން މަސައްކަތް ކުރާ ކަމަށް ބައެއް އާންމުން ތުހުމަތުކުރެއެވެ. އާންމުން އެދެމުން ދަނީ އާންމުންނަށް އެ ބިން ފަސް އަހަރު ދުވަހަށް ދޫކޮށްދިނުމަށެވެ. ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި އާންމުންނަށް އެންމެ ފައިދާ ހުރި ގޮތަށް ބިން ދޫކުރެވޭނީ އާންމުންނާ މަޝްވަރާކޮށްގެންނެވެ.

އއ. ތޮއްޑޫތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރުން

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް

20 އޯގަސްޓު 2025
ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް
20 އޯގަސްޓު 2025

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

20 އޯގަސްޓު 2025
2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން
08 ޑިސެމްބަރު 2024

ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް

08 ޑިސެމްބަރު 2024
ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް
07 ޖޫން 2024

ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހުރި ހިތްހަމަނުޖެހުންތަކާ ގުޅޭގޮތުން ޕެޓިޝަނެއް އެކުލަވާލަނީ

07 ޖޫން 2024
ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހުރި ހިތްހަމަނުޖެހުންތަކާ ގުޅޭގޮތުން ޕެޓިޝަނެއް އެކުލަވާލަނީ
19 ޖުލައި 2023

ތޮއްޑޫގައި ފާމަރސް މާކެޓް އަޅާނެ ބަޔަކު ހޯދަނީ

19 ޖުލައި 2023
ތޮއްޑޫގައި ފާމަރސް މާކެޓް އަޅާނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު