Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރުން

ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހުރި ހިތްހަމަނުޖެހުންތަކާ ގުޅޭގޮތުން ޕެޓިޝަނެއް އެކުލަވާލަނީ

ތޮއްޑޫގެ ގޮއިގަނޑު ބިން ދޫކުރުމުގެ މަސައްކަތް ނުކޮށް ތޮއްޑޫ ކައުންސިލުން ގަސްތުގައި ލަސްކުރާ ކަމަށް އެ ރަށުގެ ބައެއް އާންމުން ދަނީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ޖޫން 2024 | ހުކުރު 12:11
ތޮއްޑޫގެ ބިން ބަހާ ގޮތުން ދަނޑުވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން

ތޮއްޑޫގެ ބިން ބަހާ ގޮތުން ދަނޑުވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން

ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރަން މަސައްކަތްކުރާ ގޮތާ މެދު ހުރި ހިތްހަމަނުޖެހުންތަކާ ގުޅޭގޮތުން ޕެޓިޝަނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ތޮއްޑޫގެ ގޮއިގަނޑު ބިން ދޫކުރުމުގެ މަސައްކަތް ނުކޮށް ތޮއްޑޫ ކައުންސިލުން ގަސްތުގައި ލަސްކުރާ ކަމަށް އެ ރަށުގެ ބައެއް އާންމުން ދަނީ ބުނަމުންނެވެ. ރާއްޖެއެމްވީ އާ ވާހަކަދެއްކި ބައެއް އާންމުން ބުނެފައި ވަނީ މީގެކުރިން އެ ބިން ދޫކުރާ މުއްދަތު ހަމަވާ އިރަށް އެހެން ފަރާތަކަށް އެ ބިން ދޭ ކަމަށެވެ. އަދި މިހާރު އެ ބިން ބޭރުގެ ބަޔަކަށް ދޭން ކައުންސިލުން މަސައްކަތް ކުރާ ކަމަށް ބައެއް އާންމުން ތުހުމަތުކުރެއެވެ. އާންމުން އެދެމުން ދަނީ އާންމުންނަށް އެ ބިން ފަސް އަހަރު ދުވަހަށް ދޫކޮށްދިނުމަށެވެ. ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި އާންމުންނަށް އެންމެ ފައިދާ ހުރި ގޮތަށް ބިން ދޫކުރެވޭނީ އާންމުންނާ މަޝްވަރާކޮށްގެންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އާ ވާހަކަދެއްކި ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އަލީ ނަޝީދު ބުނީ ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރާ ގޮތާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރުމަށް ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް ކައުންސިލްގެ ފަރާތުން އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ މި މައްސަލައިގައި ކައުންސިލުން ރައްޔިތު ބައްދަލުވުމެއް ބާއްވާ ނުދިނުން ކަމަށެވެ. ކައުންސިލުން ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ނުކޮށް ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ދަނޑުވެރިން ދަނީ ބުނަމުންނެވެ. މި މައްސަލައިގައި ޕެޓިޝަނެއް އެކުލަވާލާ އޭގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނަޝީދު ވަނީ ބުނެފައެވެ. އެ ޕެޓިޝަންގައި އާންމުންނަށް ބިމުން ލިބޭ މިންވަރާއި، ބިން ދޫކުރާ ގޮތުގެ ތަފްސީލްތައް ހޯދަން އެދިފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެ ޕެޓިޝަން ހުށަހަޅާނީ ކޮންއިރަކުން ކަން އޭނާ ހާމައެއް ނުކުރެއެވެ.

މި މައްސަލަ ހޫނުވެ ބުދަ ދުވަހު އާންމުން ވަނީ ކައުންސިލަށް އެއްވެފައެވެ. ތޮއްޑޫގެ ދަނޑުވެރިންނާ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ބައްދަލުނުކުރަން ވެގެން ކައުންސިލް އިދާރާ ބަންދުކޮށް ފުލުހުން ވަނީ ފޯރިމަރާފައެވެ. ތޮއްޑޫ އިން ރާއްޖެއެމްވީ އާ ވާހަކަ ދެއްކި މީހަކު ބުނީ، ބުދަ ދުވަހު ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް މެންދުރު 1:00 ގައި ބާއްވަން ކައުންސިލްގެ ރައީސް ނިންމާފައިވާތީ 1 ޖެހި އިރު ރައްޔިތުން ކައުންސިލް އިދާރާއަށް ދިޔައިރު ކައުންސިލް ބަންދުކޮށް ތަޅުލާފައި އެތަނުގައި ކައުންސިލުން އެދިގެން ފުލުހުން ސެކިއުރިޓީ ބަލަހައްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން ބުދަ ދުވަހު ކައުންސިލްގައި ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައިވެސް ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައިދޭނެކަމަށް ބުނެފައިވަނީ މަޖަލަކަށް ކަމަށް ބުނެފައިވާ ކަމަށް ރާއްޖެއެމްވީ އާ ވާހަކަދެއްކި އާންމުން ވަނީ ބުނެފައެވެ.

ދަނޑުބިންތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކައުންސިލާ ބައްދަލުކުރަން ތަކުރާރުކޮށް އާންމުން އެދުނު ނަމަވެސް އެކަން ކޮށްދީފައި ނުވާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އއ. ތޮއްޑޫތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް

ވެރިކަމަށް ވަޑައިގެންނެވިފަހުން ތޮއްޑޫގައި ތަރައްގީގެ މަސައްކަތެއް ނުފެށޭ، ރައީސް ވިދާޅުވީ ކައުންސިލުން ބުނި ކަންކަން ބައްލަވާނެ ކަމަށް

20 އޯގަސްޓު 2025
2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

20 އޯގަސްޓު 2025
ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް

ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް

08 ޑިސެމްބަރު 2024
ރަށު ރައްޔިތުންނާއި ބައްދަލުނުކުރަން ތޮއްޑޫ ކައުންސިލް ބަންދުކުރުމުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 8 މީހަކު ހައްޔަރުކޮށްފި

ރަށު ރައްޔިތުންނާއި ބައްދަލުނުކުރަން ތޮއްޑޫ ކައުންސިލް ބަންދުކުރުމުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 8 މީހަކު ހައްޔަރުކޮށްފި

10 ޖޫން 2024
ތޮއްޑޫގައި ފާމަރސް މާކެޓް އަޅާނެ ބަޔަކު ހޯދަނީ

ތޮއްޑޫގައި ފާމަރސް މާކެޓް އަޅާނެ ބަޔަކު ހޯދަނީ

19 ޖުލައި 2023

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު