Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒުގެ ވައުދުތައް

ރިޔާސީ އިންތިޚާބުގެ ވައުދުތައް ނުފުއްދެވި އުޅެނިކޮށް ތޮއްޑޫ އަށް އަނެއްކާވެސް ރައީސްގެ އިތުރު ވައުދުތަކެއް

ޑޮލަރުގެ އޭޓީއެމްއެއް ތޮއްޑޫގައި ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 11:01
ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު (ފައިލް ފޮޓޯ)

ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު (ފައިލް ފޮޓޯ)

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދެވި އުޅުއްވަނިކޮށް، އަނެއްކާވެސް އިތުރު ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ރައީސް މުއިއްޒު އއ. އަތޮޅަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އާދިއްތަ ދުވަހު އއ. ތޮއްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެރަށަށް އަނެއްކާވެސް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގައި ވައުދުވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

އިންތިޚާބު ތެރޭގައި ވެސް އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ތޮއްޑޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަގުހެދުމުގެ މަޝްރޫޢު އާއި ސްކޫލުގެ އެކްސްޕޭންޝަންއާއި، ސިއްހީ މަރުކަޒު ތަރައްޤީކޮށް ބޮޑުކުރުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ތޮއްޑޫއަށް ކޮންމެހެން ބޭނުން ޖެހިފައި ހުރިކަންކަން ކަމަށެވެ.

ރައީސް ވިދާޅުވީ ތޮއްޑޫ ރައްޔިތުން ލޯކަލް ޓޫރިޒަމަށް ޙާއްސަ ކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށާއި، އެގޮތުން މިހާރުވެސް 50 އެއްހާ ގެސްޓުހައުސް އެބަހުރި ކަމަށާއި، އަދި އިތުރު 40 ގެސްޓްހައުސް މަޝްރޫޢު ކުރިއަށް ދާކަމަށެވެ. އެހެންކަމުން އެއް ރަށެއްގައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 3000 އެއްހާ ޓުއަރިސްޓުން ގެނެވޭހާ ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއެއް އުފެދެމުންދާ ކަމަށެވެ. އެހެންކަމުން ޑޮލަރުގެ ވިޔަފާރި ވަރަށް ބޮޑަށް ހިނގާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގަ ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރު ވިތްޑްރޯ ކުރެވޭ ގޮތެއް ވާންޖެހޭނެ ކަމަށް. ޑޮލަރުގެ އޭޓީއެމްއެއް އިރާދަކުރެއްވިއްޔާ ގާއިމުކޮށްދޭނަން. އެހެންވީމަ ޑޮލަރު ލޯކަލް ބޭންކިން ކޮންމެ ރައްޔިތަކަށްވެސް ރުފިޔާ އަދި ޑޮލަރު އެރަށެއްގެ އާމްދަނީ ލިބޭނެ ގޮތަށް، މި ރަށަށް ވެއްޖިއްޔާ ޑޮލަރުގެ އާމްދަނީ ބޮޑަށް ލިބޭ ރަށެއް ވީމަ ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށްދޭނަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެފައިވާ ހުރިހާ ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގައިދޭނެ އަހަރަށް. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ވަކި ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް، އެއީ ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލް، ހޮސްޕިޓަލް، ކިޔާނެ ކަމެއް ނެތް ކުޅިވަރާ ބެހޭ ކަންކަން، ތަރުތީބެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން އަޅުގަނޑުމެން މަސައްކަތްތައް ފަށައި އަދި އެކި މަޝްރޫއުތައް ނިމެމުން ވެސް ދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫތައް ހިންގާއިރު އިސްކަންދޭން ޖެހޭނީ އާބާދީ ބޮޑު ރަށްތަކަށް ކަމަށާއި، ރަށްރަށް އެއްފަސްކުރެވޭނީ އޭރުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކި ފަހަރު އެކި ގޮތަށް ވާހަކަފުޅު ދައްކަވާ ކަމަށް ގިނަ ރައްޔިތުން ބުނާ، ރައީސް މުއިއްޒު އދ. ގެ 79 އާއްމު ބައްދަލުވުމަށް ވަޑައިގެން، 26 ސެޕްޓެމްބަރ 2024 ގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބައްދަލު ކުރައްވާ ވިދާޅުވީ، ރާއްޖޭގައި 1100 ރަށް އޮންނަ އިރު, އޭގެތެރެއިން 186 ރަށުގައި މީހުން ދިރިއުޅުމަކީ އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި، 186 ރަށް ތަރައްގީ ކުރަން ފޯކަސް ބަހައްޓައިގެން ނުދެވޭނެ ކަމަށެވެ. އެ 186 ރަށުގައި މީހުން ދިރިއުޅޭއިރު، އެ ހުރިހާ ރަށެއް ތަރައްގީ ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއއ. ތޮއްޑޫސަރުކާރުގެ ވައުދުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު