Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުގެ އަނިޔާވެރިކަމަށް އެމެރިކާއިން ހިތްވަރުދޭތީ ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފި

ފަލަސްތީނު މައްސަލައިގައި އެމެރިކާގެ ދެފުއް ދެގޮތް ސިޔާސަތާ މެދު އަޑު އުފުލާ، މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ

ރާއްޖެ އެމްވީ | 9 ޖޫން 2024 | އާދީއްތަ 08:34
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާއްމަށް ހިތްވަރު ލިބޭ ގޮތައް އެމެރިކާ ސަރުކާރުން އަމަލު ކުރަމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް ފަލަސްތީނަށް ތާއީދުކުރާ ރައްޔިތުން ވައިޓް ހައުސް ކުރިމަތީގައ

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާއްމަށް ހިތްވަރު ލިބޭ ގޮތައް އެމެރިކާ ސަރުކާރުން އަމަލު ކުރަމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް ފަލަސްތީނަށް ތާއީދުކުރާ ރައްޔިތުން ވައިޓް ހައުސް ކުރިމަތީގައ

އިޒްރޭލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތަކަށް އިޒްރޭލަށް ހިތްވަރު ލިބޭ ގޮތައް އެމެރިކާ ސަރުކާރުން އަމަލު ކުރަމުންދާތީ އެކަމާ ނުރުހުންވެ ފަލަސްތީނަށް ތާއިދު ކުރާ އެތައް ހާސް ރައްޔިތުންނެއް ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.

"ރަތް ރޮނގު" މި ނަމުގައި ހޮނިހިރު ދުވަހު ވޮޝިންގޓަންގައި ބޭއްވި މުޒާހަރާގެ ބައިވެރިން ތިބީ އިޒްރޭލް ސިފައިންގެ ހަމަލާ ތަކުގައި ޝަހީދުވެފައިވާ މީހުންގެ ނަންތައް ލިޔެފައިވާ ދިގު ބެނާ އެއް ހިފައިގެންނެވެ.

ގާޒާ އަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުން ދާއިރު އެމެރިކާގެ ރައީސް އިޒްރޭލުގެ ކޮޅަށް ވަރަށް ބޮޑަށް ބުރަވެ ހުންނަވާ މައްސަލައިގައި އެތައް ބަޔެއްގެ ނުރުހުމާ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

މެއި މަހު ރަފަހް ސިޓީގައި އިޒްރޭލް ސިފައިން ހިންގި ގަތުލުއާއްމާ މެދު މުޅި ދުނިޔޭގެ ރުޅި އިޒްރޭލަށް އަމާޒުވެގެން ދިޔަ ދަނޑިވަޅުގައި ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާއިން ދެކޭ ގޮތުގައި އިޒްރޭލުން އަދި "ރަތް ރޮނގު" ހުރަސް ނުކުރާ ކަމަށެވެ.

މުޒާހަރާގެ ބައެއް ބައިވެރިން މީޑިއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ޖޯ ބައިޑްން ދައްކަވާ އެއްވެސް ވާހަކަ އަކަށް އިތުބާރު ނުކުރާ ކަމަށެވެ.

ފަލަސްތީނު މައްސަލައިގައި އެމެރިކާގެ ދެފުއް ދެގޮތް ސިޔާސަތާ މެދު އަޑު އުފުލާ، މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިއަކު އޭފްޕީ އާ ވާހަކަ ދައްކަމުން ބުނީ ހަނގުރާމަ އަވަހަކަށް ނިމުމަކަށް އައުން އެއީ އެންމެންގެ އުއްމީދު ކަމަށާއި އެހެން ނަމަވެސް ވިދާޅުވާ އެއްޗަކާ އެއްގޮތައް އެމެރިކާގެ ރައީސް އަމަލު ނުކުރައްވާކަން ފާހަގަ ކުރާ ކަމަށާއި މުޒާހަރާ އަށް ނުކުމެ ތިބީ އެކަމާ ހިތްހަމަ ނުޖެހޭތީ ކަމަށް އޭނާ ބުންޏެވެ.

ރަތް ހެދުމުގައި ފަލަސްތީންގެ ދިދަ ހިފައިގެން ގިނަ ބައިވެރިން ފެނުނު މުޒާހަރާގައި "ބައިޑްންގެ ރަތް ރޮނގަކީ ދޮގެއް" "ކުޑަކުދިންނަށް ބޮން އެޅުމަކީ އަމިއްލަ އަށް ދިފާއުވުމެއް ނޫން" ފަދަ ގޮވުންތައް ގޮވަމުން ދިޔައެވެ.

މުޒާހަރާ އާ ގުޅިގެން ވައިޓް ހައުސް ހުންނަ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކުރެވިފައިވާ ކަން މީޑިއާތަކުން ވަނީ ފާހަގަ ކޮށްފިއެވެ. މުޒާހަރާ އަށް ވަރަށް ދުރު ހިސާބުތަކުން ވެސް ބައިވެރިން އައިސްފައިވާ ކަމަށް އޭއެފްޕީ އިން ރިޕޯޓް ކޮށްފައިވެއެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާމައިގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36،801 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 83،680 ފަލަސްތީން ރައްޔިތުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުގައި މި މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލްއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު