Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު

ނޮތަން އަޔަލެންޑް އަތުން ވެސް ސްޕެއިން އަށް ފަސް ލަނޑުގެ މޮޅެއް

މިއީ މި މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން ސްޕެއިނުން ކުޅުނު ފަހު މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2024 | އާދީއްތަ 04:58
ސްޕެއިނުން ނޮތަން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ސްޕެއިނުން ނޮތަން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ނޮތަން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް، ސްޕެއިން ފަސް ލަނޑުގެ މޮޅެއް ހޯދައިފި އެވެ.

މިއީ މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން ސްޕެއިނުން ކުޅުނު ފަހު މެޗެވެ. ރަޙުމަތްތެރިކަމުގެ ދެ މެޗު ވެސް ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ ފަސް ލަނޑުންނެވެ. މެޗުގައި ނޮތަން އަޔަލެންޑުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ސްޕެއިނުން ވަނީ ފަަހަތުން އަރައި ފަސް ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ނޮތަން އަޔަލެންޑަށް ލީޑު ނަގައިދިނީ ޑެނިއަލް ބަލާޑް އެވެ. އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި ސްޕެއިނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޑްރީ އެވެ. އޭގެ ހަ މިނެޓު ފަހުން އަލްވާރޯ މޮރާޓާ ވަނީ ލަނޑު ޖަހައި، ސްޕެއިން އަށް ލީޑު ހޯދައިދީފަ އެވެ. ސްޕެއިންގެ ތިން ވަނަ ލަނޑު ޕެޑްރީ ޖެހީ 29 ވަނަ މިނެޓުގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ފަބިއަން ރުއިޒް ޖެހީ 35 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ހާފުގައި ސްޕެއިންގެ ފަސް ވަނަ ލަނޑު ޖެހީ މިކޭލް އޮޔާޒަބާލް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތީން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން، މިއަހަރުގައި ލައްވާލާފައި އޮތީ ވަރުގަދަ ގުރޫޕެއްގަ އެވެ. ސްޕެއިން އާއެކު ގްރޫޕް ބީގައި ހިމެނޭ ތިން ޓީމަކީ، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ، ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ސްޕެއިން ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
29 ޖެނުއަރީ 2025

ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި

29 ޖެނުއަރީ 2025
ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
29 އޮކްޓޯބަރު 2024

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ

29 އޮކްޓޯބަރު 2024
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
09 އޮކްޓޯބަރު 2024

ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި

09 އޮކްޓޯބަރު 2024
ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު