Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަބްުދުއްރަހީމް ލ.އަށް ކުރެއްވި ދަތުރުފުޅު

މަނިކުފާނެވެ! އޭރު އޯކޭ ނޫން ލައްކަ ގިނަ ކަންކަން މިހާރު އޯކޭ ދެއްތޯއެވެ!

ކުރިން އެމްޑީޕީ އިން ސަޤާފީ ހަރަކާތްތައް ބޭއްވުމުން ޕީޕީއެމް ޕީއެންސީން ފާޑުކިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖޫން 2024 | އާދީއްތަ 01:31
އަބްދުއްރަހީމް އަބްދުﷲ ލާމަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ސަޤާފީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި

އަބްދުއްރަހީމް އަބްދުﷲ ލާމަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ސަޤާފީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި

އެއް އިރެއްގާ ސިޔާސީ މައިދާނުގައި ނިކަން ވައިގައި ހިފި ވާހަކައެއް އޮވެއެވެ. ނިކަން ބޮޑަށް މީސްމީޑިއާގައި ދައުރުވެ، އެ ވާހަކަ އެއް ދިވެހިންގެ ކަންފަތުގައި ހަރުލީ ވާހަކައެއް އޮވެއެވެ. ސިޔާސީ މައިދާން ނިކަން ހަލަބޮލި ވެގެން ދިޔަ ދުވަސްކޮޅެއްގައި މަޖިލީހުގައި އިންނަވާ، "ދައްކަވަން ހުރި ތަނެއް ގެންދަވާފަ ގެންދަވާނީ، އަސްމާއްތާ" މިހެން ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އޭރުގެ މެމްބަރު އަސްމާ ރަޝީދު ކައިރީގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަމުގެ ތެރޭގައި ނިހާން މިފަދައިން ވިދާޅުވީ ސިޔާސީ މައިދާނުގައި ފެންނަ ހައިރާންކުރުވާ ކަންކަމަށް އިޝާރާތްކުރައްވައެވެ. ސިޔާސީ މައިދާނުގައި ނުފެންނާނެ ކަމެއް، ނޫނީ މިވެނި ކަމެއް ތިއީ ނުވާނެ ކަމެކޭ ބުނުމުގެ ގޮތުން ވެސް ބައެއް މީހުން މިހެން ބުނެއެވެ. މީސްމީޑިއާ އިން ފެނުނު ބައެއް މަންޒަރުތަކުން އަޅުގަނޑުގެ ސިކުޑިއަށް އައީ ނިހާންގެ އެ ބަސްކޮޅެެވެ. ހަގީގަތުގައި ވެސް މި ސިޔާސީ މައިދާނުގައި އޮއި ހިނގަންޏާ ލައްކަ ގިނަ މަންޒަރު ފެންނާނެއެވެ.

މީސްމީޑިއާ އިން ފެނުނު މަންޒަރަޖީ ނިކަން ހިތްގައިމުކޮށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަށާ މަންޒަރެވެ. ދިވެހި ދިދައަކާއި އެކު ސަޤާފީ ކުޅިވަރުގެ ނެށުމުގައި ފައިހަމަކުރަމުން ދިޔައީ ނިކަން ބަނިޔާދަންކަމާއި އެކުގައެވެ. ފާޑުވެސް ނިކަން ރަނގަޅެވެ. ނެށުމުގެ ވައްޓަފާޅި ވެސް ހެޔޮވަރެވެ. އެހެނަސް މީސްމީޑިއާގައި ދައުރުވި އެ ވީޑިއޯ އާއި އެކު އާއްމުންގެ ފާޑުކިޔުންތައް އިސާހިތަކު ބަންޑުންކޮށްލައިފިއެވެ. މި ވަރުކަމެއް ނުފެނިގެން ބަޔަކު ފާޑުކިޔަންވީ ކީއްވެބާއޭ ހިތަށް އަރާފާނެއެވެ. މީގެ އަހަރުތަކެއް ކުރިން ހަމަ ސިޔާސީ ހަރަކާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަބުރު ލަވައަކަށް ނަށްޓަވާ މަންޒަރު މީސްމީޑިއާގައި ދައުރުވިއެވެ. ކަންވެގެން ދިޔަ ގޮތަކީ އޭރު އަބްދުއްރަހީމް އާއި އޭނާ އާއި އެކުގައި ސިޔާސީ ގޮތުން އެއްފަޅީގައި ތިއްބެވި ބޭފުޅުން އެކަން ހެއްދެވީ ނިކަން ބޮޑު ސިޔާސީ ހަތިޔާރަކަށެވެ. ވިދާޅުވީ އެއީ ދިވެހިންގެ ވެރިން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށެވެ. އެފަދަ ބޭބޭފުޅުން ވިދާޅުވީ ދިވެހިންގެ ވެރިންނަކީ އެއަށް ވުރެ އަބުއި ބައެއް ކަމަށެވެ. އަދި އަމުދުން ވެރިންގެ ފެންވަރުގެ ބޭފުޅުން ނެށުމަކީ ރީތި ނަމޫނާ އެއް ނޫންކަމަށް ވިދާޅުވިއެވެ.

ޙުދު އަބްދުއްރަހީމް ވެސް ހިމެނިވަޑައިގަންނަވާހެން އެކަން ސިފަކުރީ ނާޗަރަންގީ ކުޅުމުގެ ގޮތުގައެވެ. އެކަމާއި ގުޅުވައިގެން ކިތަންމެ، ކިތަންމެ ޕޯޑިއަމްއެއްގައި ލާދީނީ މީހެއްގެ ޓެގް އަޅުވާ ކުރީގެ ރައީސް ނަޝީދަށް ލައްކަ އެއްޗެހި މި ބޭފުޅުން ވިދާޅުވިއެވެ. އެފަދައިން ވެރިއަކު ނެށުމުގެ ހުތުރުކަން އެތައް ގޮތަކުން މި ބޭފުޅުން އައީ ސިފަކޮށްދެމުންނެވެ. އަދު ދުވަހަށް ދާން ދެން ކުރީގެ ރައީސް ނަޝީދަށް ފާޑު ވިދާޅުވަންވީމަ އެންމެ ފުރަތަމަ ދައްކަވާ އެއް ވާހަކަ އަކީ މިއީއެވެ. މިހެން މިކަން އޮއްވާ އަސްތާ މިއަދު މި ފެނުނު މަންޒަރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ހަމަ އެ މޭރުމުން ނަށާ މަންޒަރެވެ. އަރިއަރިއަށް ފަރިވެލާފައި ޗަސްބު ފުރިހަމަކޮށް ކުރަމުންދިޔަ ސަޤާފީ ހަރަކާތަށް އާއްމުންގެ ފާޑުކިޔުން އަމާޒުވީ އެއް ޒާތެއްގެ ކަންކަމުގައި ދެ ނާޅިއަކުން މިނާ އުސޫލު ގެންގުޅޭތީއެވެ. މިއަށް އިނގިރޭސިން ކިޔަނީ "ހިޕޮކްރަސީ" އެހެން ނޫންތޯއެވެ؟ މަމެން ކުރީމަ ޝާހީ ވެފަ، މަމެން ނުރުހޭ މީހާ ކުރީމަ ލާދީނީ ވާ އުސޫލަކީ ކޮން ކަހަލަ އުސޫލެއްތޯއެވެ. މަމެން ކުރީމަ މުނިފޫހިފިލުވާ ބީދައިން ކުރާ ކަމަކަށް ވެފަ، މަމެންގެ ވާދަވެރިން ކުރީމަ ލާދީނީ ވާ އުސޫލަކީ ކޮން އުސޫލެއްތޯއެވެ؟

މި މަންޒަރުތަކަކީ މިއީ މަޖިލިސް ރައީސްކަމަށް ހޮވިވަަޑައިގަތުމަށް ފަހު ލ.އަށް ކުރެއްވި ދަތުރުފުޅުގެ މަންޒަރުތަކެކެވެ. މި މަނިކުފާނުގެ ދަތުރުފުޅުން ދެން ވެސް އަޅުގަނޑަށް ފެނުނީ ހަމަ މިޒާތުގެ ކަމެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ ބައެއް ރަށްތަކަށް ވަޑައިގަތުމުން ސަޤާފީ ގޮތަށް އެމަނިކުފާނަށް ރަށްރަށުން މަރުޚަބާ ކިޔުމުން އޭރު އިދިކޮޅުގައި ތިބެ އަބްދުއްރަހީމްމެން ލައްކަ ފާޑުކިޔުމެއް އަމާޒުކުރެއްވިއެވެ. ހަތްކޮޅުގައި ވަޑައިގަންވަނީ ބޮޑާ ކަމާއި ޝާނާއި ޝައުގަތު ދެއްކުމަށް ކަމަށް އޭރު ޕީޕީއެމް، ޕީއެންސީގެ ބޭފުޅުން ވިދާޅުވިއެވެ. އެއީ ދިވެހިންގެ ސަޤާފީ ކުަލަ އާއި އެކު މަަރުޚަބާ ކިޔުން ކަމަށް ތަކުރާރުކޮށް ރައީސް ޞާލިހުގެ ސަޕޯޓަރުން ބުނި ނަމަވެސް އެއީ ދިފާއެއް ކަމަށް އޭރު އިދިކޮޅުގައި ތިބި މީހުން ޤަބޫލެއް ނުކުރެއެވެ. އެއީ އާއްމުން ލައްވާ ވެރިންނަށް ކުރުނީސްކުރުވުން ކަމަށާއި އެއީ ރަސްކަމުގެ ކައިލުގެ ސިފަތައް ކަަމަށް އައީ ބުނަމުންނެވެ. މިކަން މިހެން އޮއްވާ ލ.އަށް އަބއްދުއްރަހީމް ކުރެއްވި ދަތުރުގަައި ފެނުނީ ކޮން މަންޒަރެއްތޯއެވެ؟ އެއްކަލަ ރަސްކަލުންގެ ޒަމާނުގައި ނަގާ ޒާތުގެ ހަތްކޮޅެއްގާ އެމަނިކުފާނަށް މަރުޚަބާ ކީ މަންޒަރެވެ. އެކަންވެސް އެމަނިކުފާނުވީމަ ހަމަ އޯކޭއެވެ! އެއީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ހިތްޕުޅާ ނުވާ ބޭފުޅަކު ކުރެއްވީމަ އެކަން ވަނީ ބޮޑާ ކަމަކަށެވެ. ކުރިން އޯކޭ ނޫން އެތައް ކަމެއް އަދި އޯކޭ ވާތަން ފެންނާނެ ތޯއްޗެކެވެ! މިތިބީ ބަލާށެވެ.

މިހުރިހާ ކަމެއް ފެނުނީމަ އަޅުގަނޑުގެ ހިތަށް ހަމަ ހަގީގަތުގަވެސް އަރައެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ!

އަބްދުއްރަހީމް އަބްދުﷲޕީޕީއެމް-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

15 ނޮވެމްބަރު 2025
ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

06 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު