Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޟްޙާ ޢީދު 1445

ބ.ކަމަދޫގެ ޢީދު ކުޅިވަރުތައް މި ފަހަރު ރާއްޖެޓީވީ އިން ގެނެސްދެނީ! ވަރަށް ފޯރި ގަދަ!

8 ޖޫން 2024 | ހޮނިހިރު 13:34

1445 ވަނަ އަހަރުގެ ބޮޑު ޢީދުގެ ކުޅިވަރުތައް އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް ކަމަދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖޫން 2024 | ހޮނިހިރު 13:34
ކަމަދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން

ކަމަދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން

ކުލަ ގަދަ ގިނަ ހަރަކާތްތަކާއި އެކު ބާއްވާ ބ.ކަމަދޫގެ ޢީދު ކުޅިވަރުތައް ރާއްޖެ ޓީވީން ގެނެސްދޭން ނިންމައިފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ 1445 ވަނަ އަހަރުގެ ބޮޑު ޢީދުގެ ކުޅިވަރުތައް އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް އެ ރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ސަޤާފީ ހުރިހާ ކުޅަވަރުތައް ފެނިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ބަނޑިޔާޖެހުމާއި، ފަތި ޖެހުން ފަދަ ސަޤާފީ ކުޅިވަރުތައް ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހައްޖު ދުވަހުގެ ރޭ އެ ރަށުގައި ވަރަށް ޚާއްސަ ހަރަކާތެއް އޮންނާނެ ކަމަށެވެ.

އެ ރަށުގެ 100 ރައްޔިތުންގެ ބައިވެރިވުމާއި އެކު ކުރިއަށްދާ އެ ހަރަކާތަކީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ކަމަދޫގެ ނަމުގައި މަރުޚަބާ ކިޔުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހައްޖު ދުވަހުގެ ރޭ ސްޓޭޖް ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ ހައްޖު ދުވަހުގެ ރެއިން ފެށިގެން އީދު ބަންދުގެ ނިޔަލަށް 5 ދުވަސް ވަންދެން މެދު ނުކެނޑި އެ ރަށުގައި ޢީދު ހަރަކާތްތައް ގެނެސްދޭނެ ކަމަށެވެ.

ރޭގަނޑު ކުޅިވަރުތައް ރޭވިފައިވާ ގޮތް ހާމަކޮށްދެއްވަމުން އޭނާ ވިދާޅުވީ އެއް ރޭގެ ރޭގަނޑު ބޮޑޫމަސް ދުއްވުން އޮންނާނެ ކަމަށާއި 3 ރޭ ސްޓޭޖް ޝޯ އޮންނާނެ ކަމަށެވެ.

ބޮޑު ޢީދާއި ދިމާކޮށް ރަށަށް ބޭރުން ގިނަ އަދަދެއްގެ ބަޔަކު އަންނާނެ ކަމަށާއި ގެސްޓް ހައުސްތައްވެސް ވަނީ ފުރިފައި ކަމަށް އެނާ ވިދާޅުވިއެވެ.

ކަމަދޫގެ ހުރިހާ ޢީދު ކުޅިވަރުތަކެއް ވެސް ވަގުތުން ރާއްޖެ ޓީވީގެ ބެލުންތެރިންނާއި ހަމައަށް ގެންސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބ. ކަމަދޫކަމަދޫ ޢީދު 1445

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

05 ޖުލައި 2024

ކަމަދޫ ޢީދު ކުޅިވަރުތަކުން ވިދާލި ޒާރާ - ނެށުމަށް އޮތް ލޯބި ފެށުނީ ކުޑަކުޑަ އިރުން ފެށިގެން!

05 ޖުލައި 2024
ކަމަދޫ ޢީދު ކުޅިވަރުތަކުން ވިދާލި ޒާރާ - ނެށުމަށް އޮތް ލޯބި ފެށުނީ ކުޑަކުޑަ އިރުން ފެށިގެން!
08 ޖޫން 2024

"މަރުހަބާ ނަލަ ސާފު ކަމަދޫ" ލަވަ ބަލައިފިންތަ؟ ވަރަށް ހިތްގައިމު!

08 ޖޫން 2024
"މަރުހަބާ ނަލަ ސާފު ކަމަދޫ" ލަވަ ބަލައިފިންތަ؟ ވަރަށް ހިތްގައިމު!
16 މެއި 2024

ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

16 މެއި 2024
ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
13 ފެބުރުއަރީ 2022

ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

13 ފެބުރުއަރީ 2022
ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް