Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޢީދުގެ ހަރަކާތްތައް

ފޯރި ގަދަ އެތައް ހަރަކާތްތަކަކާއި އެކު ކަމަދޫގެ ޢީދު ކުޅިވަރުތައް ނިންމާލީ މުޅި ރާއްޖޭގެ ސަމާލުކަން ހޯދުމަށް ފަހު!

މި ޢީދުގައި ކަމަދޫ އަށް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޖޫން 2024 | ހުކުރު 14:26
ޢީދު ފާހަގަ ކުރުމުގެ ގޮތުން ކަމަދޫ އިން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް

ޢީދު ފާހަގަ ކުރުމުގެ ގޮތުން ކަމަދޫ އިން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް

މި ފަހަރު އީދުގައި އެންމެ ވިދާލި ރަށަކީ ހަމަ ގައިމުވެސް ކަމަދޫއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އެންމެ ޖޯށާއި ފޯރީގައި އީދުގެ މަޖާ އެންމެ ގަދަ ރަށްތަކުގެ ލިސްޓުގެ ކުރީގައި މިފަހަރު ހަމަ ޔަގީނުންވެސް ކަމަދޫ ވިދާލައިފިއެވެ.

އެހެންނަމަވެސް ކަމަދޫގައި މިހާ ކުލަ ގަދަކޮށް ޢީދު ފާހަގަކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ރަށަށް ލޯބި ކުރާ ރަށް ވަންތަ ބަޔަކު ތިބި ކަމަދޫ އަށް މިއީ ހަމައެކަނި ޢީދުގެ އިހުތިފާލާއި ގުޅިފައި އޮތް ކަމެއް ނޫނެވެ. ނަމޫނާ އެކުވެރި ކަމާއި އެއްބައިވަންތަކަމެއް ފެނިގެންދާ މި ކުޑަ ކުޑަ ރަށަކީ ސަޤާފަތް ދިރުވާ އާލާ ކުރަން ލޯބިކުރާ، ދިވެހި ވަންތަ ބަޔަކު ތިބި ރަށެކެވެ.

ކަމަދޫގެ ޢީދު ކުޅިވަރުތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރީ ރަށަށް ނިސްބަތްވާ ރަށުގެ ހުނަރުވެރިންނެވެ. މިކަމުން އެނގޭ ކަމަކީ ރަށުގައި ފަންނުވެރި ފަންނާނުން ނިސްބަތުން ގިނަކަމެވެ.

ކަމަދޫގެ ޢީދުން ފާހަގަކޮށްލެވުނު ކަންކަމަށް ބަލާއިރު ޢީދު ކުޅިވަރު ފެށުމަށް ބޭއްވި ސްޓޭޖް ޝޯ އިން ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ޚިދުމަތް ކުރާ މީހުންނާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެން ދިޔައެވެ. ކޮންމެ އަހަރަކުވެސް ޢީދު ދުވަހު ކަމަދޫގެ ޚިދުމަތްތެރި އިސް ރަށްވެއްސެއްގެ އަގު ވަޒަންކުރުން އެއީ މި ރަށުގައި މިހާރު ޚާއްސަ ސަޤާފަތަކަށް މި ވަނީ ވެފައެވެ.

ޖެހިގެން އައި ދުވަހު ފެނުނީ ޢީދުގެ ސަޤާފީ ކުލަވަރެވެ. ދަނޑިޖެހުމާއި، ދަފިނެގުމުގެ ފަރި ހަރަކާތްތަކުން ފެނުނީ އެއްވަރުކަމާއި ޗާލުކަމެވެ.

ސްޓޭޖްޝޯތަކުން ފެނުނީ ޒަމާނީ ރީތި ކުލަވަރެވެ. ސަޤާފީ ކުޅިވަރުތަކަށް ދޫކުރުމެއް ނެތެވެ.

އަދި ކަމަދޫގެ ވެދުމާއި ދިއުމުގެ ހަރަކާތްތައް ވެގެން ދިޔައީ މީސްމީޑިއާގައި ވެސް ބޮޑު މަޤްބޫލުކަމެއް ހޯދި ކަމަކަށެވެ.

ފިރިހެން ވެރިން ބޮޑުމަސް ބޭނުމުގައި ނެގި ފޯރިވެސް އެހާ ގަދައެވެ.

ކަމަދޫ އިން މި ޢީދު ބޭނުން ކުރީ ރަށުގެ ރީތި ކަމާއި މެހެމާންދާރީ އިޝްތިހާރުކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައެވެ. ރަށުގައި ޢީދާއި ގުޅިގެން ބޭނުން ކުރި ލަވަތަކުން ވެސް ފެންނަނީ އެ ފާޑެވެ.

ހަފްތާއެއްހާ ދުވަހުގެ ހަރަކާތްތަކަށް ފަހު ޢީދު ނިންމާލީ ކަމަދޫ މުޅި ރާއްޖެ އަށް މަގްބޫލުކޮށްލުމަށް ފަހުގައެވެ. ސަޤާފީ އަދި ހިތްގައިމު އީދެއް ފެނުނު ރަށެއްގެ ގޮތުގައެވެ. އަންނަ އީދުގައި ކަމަދޫ އަށް ދާން ބޭނުންވާ މީހުން ހަމަގައިމުވެސް މިހާރު ނިކަން ގިނައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު