Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯނީ ކްރޫސް

ކްރޫސްގެ ވިސްނުން ޔޫތު އެކަޑަމީ އަށް!

ކްރޫސް އަކީ ފުޓުބޯޅައިގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި ހުނަރުވެރި އެއް މިޑްފީލްޑަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2024 | ހޮނިހިރު 05:52
ޖަަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް

ޖަަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް

ފުޓުބޯޅަ އިން ރިޓަޔާ ކުރުމަށްފަހު، ބޮޑަށް މަސައްކަތް ކުރާނީ އޭނާގެ ޔޫތު އެކަޑަމީގައި ކަމަށް ޖަރުމަނުގެ ޓޯނީ ކްރޫސް ބުނެފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އައި އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ، މި ސީޒަނަށް ފަހު ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފަ އެވެ. އެގޮތުން މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، އޭނާ ފުޓުބޯޅަ އިން ރަސްމީކޮށް ރިޓަޔާވާނެ އެވެ. ކުލަބު ކެރިއަރުގައި ކްރޫސްގެ އެންމެ ފަހު މެޗަކަށްވީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ.

ރިޓަޔާ ކުރުމަށްފަހު ދެން ކުރާނެ ކަމަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްރޫސް ބުނީ، އޭނާ އިސްކަން ދޭނީ އާއިލާ އާއެކު ވަގުތު ހޭދަކުރުމަށް ކަމަށެވެ. ޚާއްސަކޮށް އޭނާގެ ދަަރިންނާއެކު ހޭދަކުރަމުން އަންނަ ވަގުތު އިތުރު ކުރާނެ ކަމަށް ކްރޫސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ކްރޫސް ފާހަގަ ކުރި ގޮތުގައި ފުޓުބޯޅައާ މުޅިން ދުރަށް އޭނާ ނުދާނެ އެވެ.

އެގޮތުން ސްޕެއިންގެ މެޑްރިޑުގައި އޭނާގެ ޔޫތު އެކަޑަމީގެ މަސައްކަތްތައް ފަށައިގެން، އެކަޑަމީ އާއެކު ޙަރަކަތާތްތެރިވާނެ ކަމަށް ކްރޫސް ބުންޏެވެ. އެލިއާސް ނެރްލިޗާއެކު އޭނާ އުފެއްދި އައިކަން ލީގު ވެސް ސެޕްޓެމްބަރު މަހު ފަށާނެކަން ފާހަގަކޮށް ކްރޫސް ބުނީ، އޭނާގެ ހިތުގައި ފުޓުބޯޅަ އަށް އޮންނަ ޝައުޤުވެރިކަމާއި، ލޯބި ބަދަލެއް ނުވާނެ ކަމަށެވެ.

ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ކްރޫސް އަކީ ފުޓުބޯޅައިގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ރެއާލްގައި ހޭދަކުރި 10 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 464 މެޗު ކުޅެދީ 28 ލަނޑު ޖަހައިފަ އެވެ. ރެއާލާ އެކު ކްރޫސް ވަނީ ޖުމުލަ 21 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ޓޯނީ ކްރޫސް

އިތުރަށް ކިޔާލަން

22 މެއި 2024

ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!

22 މެއި 2024
ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!
21 މެއި 2024

ޔޫރޯ އަށް ފަހު ކްރޫސް ކުޅުން ހުއްޓާލަން ނިންމައިފި

21 މެއި 2024
ޔޫރޯ އަށް ފަހު ކްރޫސް ކުޅުން ހުއްޓާލަން ނިންމައިފި
01 މެއި 2024

ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!

01 މެއި 2024
ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!
25 މާރިޗު 2024

ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު

25 މާރިޗު 2024
ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު
25 މާރިޗު 2024

ދެ މަސް ދުވަހުގެ ތެރޭގައި ކްރޫސް، މުސްތަޤުބަލާމެދު ގޮތެއް ނިންމަނީ

25 މާރިޗު 2024
ދެ މަސް ދުވަހުގެ ތެރޭގައި ކްރޫސް، މުސްތަޤުބަލާމެދު ގޮތެއް ނިންމަނީ
23 މާރިޗު 2024

ކްރޫސް އެނބުރި އައި މެޗުން ޖަރުމަނަށް މޮޅެއް!

23 މާރިޗު 2024
ކްރޫސް އެނބުރި އައި މެޗުން ޖަރުމަނަށް މޮޅެއް!
21 ޖޫން 2023

ޓޮނީ ކްރޫސް، ރެއާލް މެޑްރިޑާއެކު އެއްބަސްވުން އައުކޮށްފި

21 ޖޫން 2023
ޓޮނީ ކްރޫސް، ރެއާލް މެޑްރިޑާއެކު އެއްބަސްވުން އައުކޮށްފި
05 ނޮވެމްބަރު 2022

ރެއާލުން ކްރޫސް އަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހަޅަނީ

05 ނޮވެމްބަރު 2022
ރެއާލުން ކްރޫސް އަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހަޅަނީ
02 ނޮވެމްބަރު 2022

ކްރޫސް ރިޓަޔާވާން ބޭނުންވަނީ ރެއާލްގައި

02 ނޮވެމްބަރު 2022
ކްރޫސް ރިޓަޔާވާން ބޭނުންވަނީ ރެއާލްގައި
29 މެއި 2022

އިތުރު ދެ އަހަރު ކްރޫސް ރެއާލްގައި މަޑުކުރަނީ

29 މެއި 2022
އިތުރު ދެ އަހަރު ކްރޫސް ރެއާލްގައި މަޑުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް