Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!

ކްރޫސްއާއެކު ރެއާލްގެ މެދުތެރެ ބަލަހައްޓަން ލިބުނު ފުރުސަތަކީ، ޝަރަފުވެރި ފުރުސަތެއްގެ ގޮތުގައި މޮޑްރިޗް ވަނީ ސިފަ ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 07:46
ރެއާލަށް ކުޅެމުން އަންނަ ކްރޫސް އާއި މޮޑްރިޗް

ރެއާލަށް ކުޅެމުން އަންނަ ކްރޫސް އާއި މޮޑްރިޗް

އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ފުޓުބޯޅަ ކުޅުން ހުއްޓާލަން ޓޯނީ ކްރޫސް ނިންމުމުން، އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް ޚާއްސަ މެސެއްޖެ ދީފި އެވެ.

ކްރޫސް އާއި މޮޑްރިޗް އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. ގިނަ އަހަރުތަކެއް ވަންދެން ރެއާލަށް ކުޅެމުން އަންނަ މި ދެ ކުޅުންތެެރިންނަކީ، ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ.

މޮޑްރިޗް ހިއްސާކޮށްފައިވާ މެސެޖުގައި ބުނެފައި ވަނީ، މިއީ އޭނާ އަށް އުނދަގޫ ވަގުތެއް ކަމަށެވެ. މޮޑްރިޗް ބުނީ، ތާރީޚީ ފުޓުބޯޅަ ކުޅުންތެރިޔަކު ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކުރުމުން ފުޓުބޯޅަ އާއިލާ އޮތީ ދެރަވެފައި ކަމަށާއި، އެކަމާ އޭނާ ވެސް ދެރަވާ ކަމަށެވެ. ކްރޫސް އަށް ނިސްބަތްކޮށް މޮޑްރިޗް ބުނީ، ކްރޫސް އަކީ ރެއާލް އަދި މުޅި ފުޓުބޯޅައިގެ ވެސް ލެޖެންޑެއް ކަމަށެވެ.

މީގެ އިތުރުން މޮޑްރިޗް ބުނީ، ކްރޫސްއާ އެއް ޓީމަށް ކުޅުމުގެ ނަސީބު ލިބުމުން އުފާ ކުރާ ކަމަށާއި، ކްރޫސްއާ އެއްކޮށް ހޭދަކުރެވުނީ އުފާވެރި ވަގުތުތަކެއް ކަމަށެވެ. ޚާއްސަކޮށް ކްރޫސްއާއެކު ރެއާލްގެ މެދު ތެރެ ބަލަހައްޓަން ލިބުނު ފުރުސަތަކީ، ޝަރަފުވެރި ފުރުސަތެއްގެ ގޮތުގައި މޮޑްރިޗް ވަނީ ސިފަ ކޮށްފަ އެވެ.

ކްރޫސްގެ ހުރި ކޮލެޓީ އާއި ފެންވަރު އަދި ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް މޮޑްރިޗް ބުނީ، ދެ ވަނަ އެހެން ކްރޫސްއެއް ދެން ނުފެންނާނެ ކަމަށެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ހޭދަ ކުރެވުނު ވަގުތުތަކާއި، ހޯދުނު ކާމިޔާބީތަކުގެ ވާހަކަތައް ވެސް މޮޑްރިޗް ހިއްސާ ކުރި އެވެ. އޭނާ ބުނީ ކްރޫސް އަށް ހުރިހާ ކާމިޔާބީއެއް ހާސިލްކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ބާކީ އެއް ކަންތައް އޮތް ކަމަށެވެ. އެއީ އަންނަ މަހު އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ވާހަކަ އެވެ. މޮޑްރިޗް ވަނީ 15 ވަނަ ފަހަރަށް ރެއާލަށް އެ ތަށި ހޯދައިިދިނުމަށް އެކުގައި މަސައްކަތް ކުރުމަށް އެދިފަ އެވެ.

ބަޔާން މިއުނިކްގައި ހުރުމަށްފަހު ކްރޫސް ރެއާލަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 463 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. ރެއާލާ އެކު އޭނާ ވަނީ 21 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ރެއާލް މެޑްރިޑްލޫކާ މޮޑްރިޗްޓޯނީ ކްރޫސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު