Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ރެއާލްގެ ދަނޑުގައި ކްރޫޒްގެ ފަހު މެޗު: އެއްވަރުވިޔަސް މެޗު ޚާއްޞަ

ކްރޫޒް ވަނީ ރެއާލްއާއެކު 22 ތަށި ކާމިޔާބުކޮށްފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 26 މެއި 2024 | އާދީއްތަ 04:34
ޓޯނީ ކްރޫޒް އަށް ދެޓީމްގެ ކުޅުންތެރިން ގާޑް އޮފް އޮނާ ދެނީ

ޓޯނީ ކްރޫޒް އަށް ދެޓީމްގެ ކުޅުންތެރިން ގާޑް އޮފް އޮނާ ދެނީ

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ކުޅުން ހުއްޓާލާކަން އިއުލާނުކޮށްފައިވާ ޓޯނީ ކްރޫޒް އަށް ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ފަހު މެޗުގައި ޚާއްޞަ އިހުތިރާމެއް ދީފި އެވެ.

ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑުން ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ނިކުތީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ. މެޗުގެ އެންމެ ޚާއްޞަ ކަމަކީ ދެޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ރެއާލްގެ މިޑްފީލްޑަރަށް ދިން އިހުތިރާމެވެ. މެޗު ފެށުމުގެ ކުރިން ދެޓީމްގެ ކުޅުންތެރިން ހިމެނޭ ގޮތަށް ކްރޫޒް އަށް ގާޑް އޮފް އޮނާ އެއް ދިނެވެ. ރެއާލްގެ ކުޅުންތެރިން ތިބީވެސް ކްރީޒްގެ ނަމާއި 8 ނަމްބަރު ޖެހި ޖަރޒީގައެވެ. މެޗުގެ 87 ވަނަ މިނިޓްގައި އޭނާ ބަދަލުކުރުމުން ދަނޑުން ފައިބައިގެން ދިޔަވަގަތު ދެޓީމްގެ ސަޕޯޓަރުންވެސް ކޮޅަށް ތެދުވެ, ކްރޫޒް އަށް ހިފެހެއްޓުމެއް ނެތް ތަރުހީބާއި ސާބަސް ދިނެވެ. ކްރޫޒް އަކީ ދުނިޔެ ދުށް އެންމެ މޮޅު, އެންމެ ކާމިޔާބު މިޑްފީލްޑަރުންގެ ތެރެއިން މިޑްފީލްޑަރެކެވެ. އޭނާ އަކީ ފުޓްބޯޅައިގެ ލެޖެންޑެކެވެ. 34 އަހަރުގައި ކުޅުން ހުއްޓާލަނީ އެންމެ މަތީ ފަންތީގައި ހުރެއެވެ.

ކްލަބް ކެރިއަރުގައި ކްރޫޒްއަށް ބާކީ އޮތީ އެއް މެޗެވެ. އެއީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗެވެ. އޭގެފަހުން އަންނަ މަހު އަމިއްލަ ގައުމުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލާނެއެވެ. ޔޫރޫގައިވެސް ކުޅެނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރިހުރުން ނިމުމަކަށް ގެނެސް އަމިއްލަ ގައުމުގައި އޮންނަ މުބާރާތުގައި ކުޅެން ކޯޗާ ފެޑެރޭޝަނުން އެދުމުންނެވެ.

ކްރޫޒް ވަނީ ރެއާލް މެޑްރިޑާއެކު 22 ތަށި ކާމިޔާބުކޮށްފައެވެ. އަދި އެއް ތަށި ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލްގެ ދަނޑުގައި ކުޅުނު ކްރޫޒްގެ ފަހު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު