Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ރިޓަޔާ ކުރަން ނިންމުމުން، ކްރޫސް އާއި ދަރިފުޅު "ހަނގުރާމަ" އަކަށް!

ކްރޫސް ފުޓުބޯޅަ ކުޅުން ހުއްޓާލަން އޭނާގެ ފިރިހެން ދަރިފުޅު އަދި ވެސް ބޭނުމެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2024 | ބުދަ 04:13
ރެއާލްގެ ދަނޑުގައި ކްރޫސް އެ ޓީމަށް ކުޅުނު މެޗަށްފަހު އޭނާގެ ދަރިންނާއެކު

ރެއާލްގެ ދަނޑުގައި ކްރޫސް އެ ޓީމަށް ކުޅުނު މެޗަށްފަހު އޭނާގެ ދަރިންނާއެކު

ޕްރޮފެޝަނަލް ފުޓުބޯޅަ އިން ރިޓަޔާ ކުރަން ނިންމުމުން، ދަރިފުޅާއެކު "ހަނގުރާމާ" އަކަށް ދާން ޖެހުނު ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

ދާދި ފަހުން ކްރޫސް ވަނީ އަންނަ މަހު އަމިއްލަ ޤައުމުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. ކްރޫސްގެ ކުލަބު ކެރިއަރުގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗަކީ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އެވެ. އެއަށްފަހު އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ އަށް ފަުހު އޭނާ ރަސްމީކޮށް ކުޅުން ހުއްޓާލާނެ އެވެ.

ކްރޫސް ފުޓުބޯޅަ އިން ރިޓަޔާ ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، އެ ނިންމުމަކީ އޭނާގެ އާއިލާ އަށް ތަފާތު އިޙުސާސްތަކެއް ކުރެވުނު ނިންމުމެއް ކަމަށެވެ. ޚާއްސަކޮށް އޭނާގެ ދަރިންގެ ފަރާތުން ތަފާތު އިޙުސާސްތަކެއް ފެނިގެން ދިޔަކަން ކްރޫސް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން އޭނާގެ މުޅި އާއިލާގެ ފަރާތުން ވެސް ލިބުނީ ހިތްވަރާއި، ސަޕޯޓު ކަމަށް ކްރޫސް ބުންޏެވެ.

އެކަން ފާހަގަކޮށް ކްރޫސް ބުނީ އޭނާގެ ނިންމުމުގެ ސަބަބުން އަންހެން ދަރިފުޅު ރުއި ކަމަށެވެ. އެކަމުން އޭނާ އަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ކްރޫސް ވަނީ ބުނެފަ އެވެ. ކްރޫސް ފާހަގަ ކުރި ގޮތުގައި އޭނާ ފުޓުބޯޅަ އިން ރިޓަޔާ ކުރަން ނިންމި ވާހަކަ ޙިއްސާ ކުރުމުން އެންމެ އުފާވީ ވެސް އޭނާގެ އަންހެން ދަރިފުޅެވެ. އެއީ، އޭނާ އަށް ކުރިއަށް ވުރެ ބޮޑަށް އާއިލާ އާއި ދަރިންނަށް ވަގުތު ދެވޭނެކަން އެމީހުންނަށް އިނގުމުން ކަމަށް ކްރޫސް ބުންޏެވެ.

މީގެ އިތުރުން ކްރޫސް ބުނީ، އޭނާގެ ފިރިހެން ދަރިފުޅުގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު އިތުރު ކަމެއް ކަމަށެވެ. އެގޮތުން ކްރޫސް ފުޓުބޯޅަ ކުޅުން ހުއްޓާލަން އޭނާގެ ފިރިހެން ދަރިފުޅު އަދި ވެސް ބޭނުންނުވާކަން ފާހަގަކޮށް އޭނާ ބުނީ، އެ ނިންމުމުގެ ސަބަބުން ފިރިހެން ދަރިފުޅާއެކު ގޭތެރޭގައި "ހަނގުރާމަ" އަކަށް ދާން ޖެހުނު ކަމަށެވެ.

އުމުރުން 34 އަހަރުގެ ކްރޫސްގެ ތިބެނީ ތިން ދަރިންނެވެ. އެއީ ދެ ފިރިހެން ކުދިންނާއި، އެއް އަންހެން ކުއްޖެކެވެ. ކްރޫސްގެ އަންހެނުންނަކީ ޖެސިކާ ކްރޫސް އެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ކްރޫސް އާއި ޖެސިކާ ކައިވެނި ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ކްރޫސް އަކީ ފުޓުބޯޅައިގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ރެއާލްގައި ހޭދަކުރި 10 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 464 މެޗު ކުޅެދީ 28 ލަނޑު ޖަހައިފަ އެވެ. ރެއާލާ އެކު ކްރޫސް ވަނީ ޖުމުލަ 21 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު