Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ކްރޫސްގެ ނިންމުމަށް އިޙުތިރާމްކުރަން ޖެހޭނެ: އަންޗެލޮޓީ

އަންޗެލޮޓީ ބުނީ، ކްރޫސް އޭނާގެ ނިންމުން ނިންމީ ފުޓުބޯޅައިގެ އެންމެ އުހުގައި ހުރުމަށްފަހު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މެއި 2024 | ހޮނިހިރު 03:34
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ޓޯނީ ކްރޫސް

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ޓޯނީ ކްރޫސް

އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ފުޓުބޯޅަ ކުޅުން ހުއްޓާލަން ޓޯނީ ކްރޫސް ނިންމި ނިންމުމަށް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސްޕެއިންގެ ރެއާލަށް ކުޅެމުން އަންނަ އުމުރުން 34 އަހަރުގެ ޖަރުމަނަށް ނިސްބަތްވާ މިޑްފީލްޑަރުން އެ ނިންމުން ނިންމީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެހެންކަމުން ކުލަބު ކެރިއަރުގައި ކްރޫސްގެ އެންމެ ފަހު މެޗަކަށް ވާނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލަ ޤައުމުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ކްރޫސް އޭނާގެ ފުޓުބޯޅަ ކެރިއަރު ނިންމާލާނެ އެވެ.

ރެއާލާއެކު ކްރޫސް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ރެއާލުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް މަޝްވަރާކޮށް، މަސައްކަތް ކޮށްފަ އެވެ. ރެއާލުން ބޭނުންވީ އިތުރު އެއް އަހަރަށް ކްރޫސްގެ އެއްބަސްވުން އައު ކުރުމަށް ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ކްރޫސް ނިންމީ، އެއްބަސްވުން އައު ނުކޮށް، ފުޓުބޯޅަ އިން ރިޓަޔާ ކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ކްރޫސް އޭނާގެ ނިންމުން ނިންމީ ފުޓުބޯޅައިގެ އެންމެ އުހުގައި ހުރުމަށްފަހު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ރެއާލުން އަދި އޭނާ ވެސް ކްރޫސްއާ ވާހަކަ ދައްކައި މަޝްވަރާ ކުރިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ކްރޫސް ނިންމީ ރިޓަޔާ ކުރުމަށް ކަމަށެވެ. ބޯޅަ އޮތީ ކްރޫސްގެ އަތްމަތީގައިކަން ފާހަގަކުރަމުން އަންޗެލޮޓީ ބުނީ، ކްރޫސްގެ އެ ނިންމުމަށް އެންމެން ވެސް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ބަޔާން މިއުނިކްގައި ހުރުމަށްފަހު ކްރޫސް ރެއާލަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 463 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ. ރެއާލާ އެކު އޭނާ ވަނީ 21 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގު ރެއާލާއެކު ކާމިޔާބު ކުރެވިއްޖެ ނަމަ، ރެއާލާ އެކު ފަސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓަށް ކްރޫސް އަރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންޗެލޮޓީ ޖޫރިމަނާކުރަން އެފްއޭ އިން ނިންމައިފި

އަންޗެލޮޓީ ޖޫރިމަނާކުރަން އެފްއޭ އިން ނިންމައިފި

03 މާރިޗު 2020
ޕޮގްބާގެ އޭޖެންޓު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް ފީފާއިން ތާއީދުކޮށްފި

ޕޮގްބާގެ އޭޖެންޓު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް ފީފާއިން ތާއީދުކޮށްފި

11 މެއި 2019
ކްލަބްތަކުން އެދޭ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭނެ: އަލީ ވަހީދު

ކްލަބްތަކުން އެދޭ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭނެ: އަލީ ވަހީދު

19 ފެބުރުއަރީ 2019
ޖޫންއަށް ސީޒަން ފަސްކޮށްފިނަމަ، ކުޅުންތެރިން ހާލުގައި ޖެހޭނެ: ސުޒެއިން

ޖޫންއަށް ސީޒަން ފަސްކޮށްފިނަމަ، ކުޅުންތެރިން ހާލުގައި ޖެހޭނެ: ސުޒެއިން

01 ޖެނުއަރީ 2019
ކުޅެން ބޭނުންވި، ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން: ދަގަނޑޭ

ކުޅެން ބޭނުންވި، ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން: ދަގަނޑޭ

30 ޖުލައި 2018

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު