Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ވިސްނުން ބަދަލު ކުރަން ޖެހުނީ ޒަވީ ދެއްކި ވާހަކަތަކުގެ ސަބަބުން: ލަޕޯޓާ

މީގެ އިތުރުން އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން އޭނާ އަށް ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2024 | ބުދަ 01:24
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒްއާ މެދު ވިސްނުން ބަދަލު ކުރަން ޖެހުނީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އެންމެ ފުރަތަމަ ޒަވީ ނިންމީ ބާސެލޯނާގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވުމަށެވެ. އެއީ އޭނާ އަށް އެތަކެއް ޕްރެޝަރުތަކެއް ކުރިމަތިވަމުން އައި ދަނޑިވަޅެއްގަ އެވެ. ނަމަވެސް ބާސެލޯނާގެ ކޯޗުކަމުން ޒަވީ ވަކިވާން ކުލަބުގެ ރައީސް އަދި ބޯޑު މެމްބަރުން ވެސް ބޭނުން ނުވި އެވެ. އެހެންވެ، އެ ފަރާތްތަކުން ވަނީ ޒަވީއާ ބައްދަލުކޮށް، ކުލަބުގައި ހުންނަން އެދިފަ އެވެ.

އެ މަޝްވަރާތަކަށްފަހު ޒަވީ ވަނީ، އޭނާގެ ނިންމުން ބަދަލުކުރިކަން ހާމަކޮށްފަ އެވެ. އަދި ކުރިއަށް އޮތް ސީޒަންގައި ވެސް އޭނާ ބާސެލޯނާގައި ހުންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ފަހުން ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުންގެ މެދުގައި ޒަވީ އަށް ނުރުހުން އުފެދުނީ އޭނާ ދެއްކި ވާހަކައެއްގެ ސަބަބުންނެވެ. އެއީ ބާސެލޯނާގެ މާލީ ޙާލަތާ ގުޅުވައިގެން ޒަވީ ދެއްކި އެވެ.

އޭގެ ފަހުން ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޯޗުކަމުން ޒަވީ ވަކި ކުރަން ނިންމައިފަ އެވެ. އެއީ ޒަވީއާ މެދު ހިތްހަމަ ނުޖެހުނު ބޯޑު މެމްބަރުން އެކަމަށް ހުށަހެޅުމުންނެވެ. ޒަވީ ވަކި ކުރުމަށްފަހު، ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ހަންސީ ފްލިކް ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާގައި އޮތް ޓީމަށް އިތުބާރު ކުރާ ވާހަކަ ޒަވީ އޭނާ ގާތު ބުނި ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ޒަވީ ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން، މުޅި މަންޒަރު ބަދަލުވިކަމަށް ލަޕޯޓާ ބުންޏެވެ. އަދި އެއީ ނުބައި ވަގުތެއްގައި ދެވުނު ސްޓޭޓްމަންޓެއް ކަމަށް ވެސް ލަޕޯޓާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން އޭނާ އަށް ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނު ކަމަށެވެ. އަދި އޭނާގެ ނިންމުން ވެސް ބަދަލުވާން ޖެހުނީ އެ ވާހަކަތާ ގުޅިގެން ކަމަށް ވެސް ލަޕޯޓާ ވިދާޅުވި އެވެ. ޚާއްސަކޮށް ބައެއް ބޯޑު މެމްބަރުން އެކަމުގައި ހިތްހަމަ ނުޖެހުނުކަން ފާހަގަކޮށް ލަޕޯޓާ ވިދާޅުވީ، ޒަވީ ވަކި ކުރަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ.

ބާސެލޯނާގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އެ ކުލަބުގެ ލެޖެންޑު، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭރު ވެސް ބާސެލޯނާގެ މާލީ ޙާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ޖުމުލަ 142 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 89 މެޗުންނެވެ. 29 މެޗަކުން ބަލިވެފައިވާއިރު، 24 މެޗު ވަނީ އެއްވަރުވެފަ އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު