Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިގްތިސާދީ ބަދަލުތައް

ރައްޔިތުންނާއި އިގްތިސާދަށް ހެޔޮބަދަލެއް މި ސަރުކާރަށް ނުގެނެވޭތީ ކުރީ ސަރުކާރުން ކުރި ކަންކަމުގެ ކްރެޑިޓް ދަނީ ނަގަމުން - އަމީރު

ފައިސާ ޗާޕްކުރަން ޖެހުނީ މުވައްޒަފުންގެ މުސާރަދީ ދައުލަތް ހިންގަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖޫން 2024 | އަންގާރަ 04:20
ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

މި ސަރުކާރުން ރައްޔިތުންނާއި އިގްތިސާދަށް ހެޔޮބަދަލެއް ނުގެނެވޭތީ ކުރީ ސަރުކާރުންކުރި ކަންކަމުގެ ކްރެޑިޓް ނަގަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މިހާތަނަށް އައި އިރު އިގްތިސާދަށްވެސް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލެއް ނުގެނެވޭތީ، ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަމުން ކްރެޑިޓް މިހާރު އޮތް ސަރުކާރުން ނަގަމުން އަންނަ ކަމަށެވެ. އަމީރު ވިދާޅުވީ ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރީ ކުރާ ހިތަކުން ނޫން ކަމަށާއި، އެކަން ކުރަންޖެހުނީ ރާއްޖޭގެ ތާރީހުގައި ވެސް ދިމާނުވާފަދަ ސިއްހީ އިޖްތިމާއީ އަދި އިގްތިސާދީ ކާރިސާއަކާއި ދިމާވެގެން ކަމަށެވެ.

Advertisement - newsAdvertisement

އަދި އެއިރު މަސައްކަތް ކުރަމުން ދިޔައީ ބޭރުގެ އެހީއާއި ކޮންސެޝަނަލް ލޯންތައް ހޯދައިގެންވެސް ދައުލަތް ނުހުއްޓި ކުރިއަށް ގެންދަން ފައިސާ ބޭނުންވާތީ، އެމްއެމްއޭގައި އޮންނަ އޯވަރޑްރޯ ފެސިލިޓީ އިތުރުކުރިކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 600 މިލިއަން ރުފިޔާ ނުވަންނަ ކަމަށެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް އެކަނިވެސް 1 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި، އެހެންކަމުން ކަންތައްތަކެއް އެއިރު ކުރަންޖެހުނު ކަމަށެވެ.

އެމްއެމްއޭގެ އޯވަރ ޑްރޯ ލިމިޓް އިތުރުކުރުމަކީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ކަމަށާއި، ދުނިޔޭގެ ހުރިހާގައުމަކުންވެސް އެކަން އެއިރު ކުރި ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޯވަރ ޑްރޯ ލިމިޓް އިތުރުކުރީ ފައިސާ ޗާޕްކޮށްގެން ކަމަށެވެ. އަދި 16 އެޕްރީލް 2020 ގައި 4.4 ބިލިއަން ޑޮލަރަށް އޯވަރ ޑްރޯ އިތުރުކުރި ކަމަށާއި، އެ ފައިސާ ބޭނުންކުރީ ސިއްހީ ނިޒާމް ހަރުދަނާ ކުރުމާއި، މުވައްޒަފުންގެ މުސާރަ ދިނުމުގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ބޭނުންވާ ފައިސާވެސް ދެމުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އޯވަރ ޑްރޯ ލިމިޓް 2020 އޮގަސްޓް މަހާ ހަމައަށް ދިޔައިރު 4.4 ބިލިއަން ރުފިޔާއާއި ހަމައަށްދިޔަ ކަމަށާއި، އޮގަސްޓް 2020ން ފެށިގެން 2021 ނިމުނު އިރުވެސް އިތުރަށް އޯވަރ ޑްރޯ ނުކޮށް ހަރަދުތައް ކުރަމުންދިޔައީ ލިބެމުންދިޔަ އާމްދަނީން ކަމަށެވެ.

އަމީރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ދައުރު އެއްކޮށް ނިންމާލީ އޯވަރ ޑްރޯ ކުރުމުގައި ނޫން ކަމަށާއި، އެވާހަކަ އެގޮތަށް ދައްކަނީ އޮޅުވާލުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި

07 އެޕްރީލު 2017
ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު