Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޔާސީ ހަރަކާތްތައް

ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީން ސަރުކާރަށް ގޮވާލައިފި

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 02:50
ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް ހުރަސްއަޅަމުން

ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް ހުރަސްއަޅަމުން

ރަސްމީ މުއައްސަސާތައް މެދުވެރިކޮށް ވާދަވެރި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލާ ޑިމޮކްރެޓިކް އުސޫލުތަކަށް އިޙްތިރާމްކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސަރުކާރަށް ގޮވާލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ސިޔާސީ ފަރާތްތައް ފުލުހަށް ހާޒިރުކުރަމުންދާ ދަނޑިވަޅެއްގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އޮތުމާއި، ސިޔާސީގޮތުން ކަންކަމުގައި ބައިވެރިވުމުގެ ހައްގު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދީފައި އޮތުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުއެއްގައި އޮތުން ލާޒިމް އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމާއި ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށްދީފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ބުނީ އެހެންނަމަވެސް މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެނިގެން ދަނީ ސިޔާސީ ވާދަވެރިންނަށް ބިރުދައްކާ، ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް މިކަންކަމަށް މަގުފަހިކުރަމުންދާ ނުރައްކާތެރި މަންޒަރު ކަމަށެވެ.

އޭގެއިތުރުން ސިޔާސީ ލީޑަރުންގެ މައްސަލަތައް ފެންމަތިވެ ޖިނާޢީ ދައުވާތަކާއި ތަފާތު ޖޫރިމަނާތަކުގެ މައްސަލަވެސް ނެގިގެން ދަނީ ސިޔާސީގޮތުން ކުރިމަތިވާ ޚިޔާލުތަފާތުވުންތަކާ ދިމާކޮށްކަން ފާހަގަކުރެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ހުރިހާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިވަގުތު ބަންދުގައި ތިބިކަމީ ޑިމޮކްރެސީގެ ނާޒުކު ޙާލަތު ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ޓްރާންޕޭރެންސީ އިން ބުނީ ސަރުކާރަށް ފާޑުކިޔުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް ގޮތްކިޔާ ފަރާތްތަކާމެދު ޖިނާޢީ ދައުވާ އުފުލާ، ސަރުކާރުގެ ސިޔާސަތަށް އާނބަސް ނުބުނާ ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އަދި ތަފާތު ގޮތްގޮތުން ބިރުދެއްކުމާއި، ޤާނޫނުޢަސާސީއިން ކަށަވަރުކޮށްދޭ ޢަސާސީ ޙައްޤުތަކާ ޚިލާފަށް ސަރުކާރުގެ ޢަމަލުތައް ބަހައްޓަމުން ގެންދާކަމީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ އަދި އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުޢަސާސީގެ 17 ވަނަ މާއްދާގައި އެއްވެސް މީހަކަށް ޤާނޫނުޢަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ފޯރުކޮށްދިނުމުގައި ތަފާތުކޮށްގެން ނުވާނެ ދާއިރާތަކުގެ ތެރޭގައި "އެމީހެއްގެ ސިޔާސީ ފިކުރު" ހިމެނިގެންވީއިރު، މިއަދު ފެނިގެންދަނީ، ސިޔާސީގޮތުން ގެންގުޅޭ ފިކުރެއް ނުވަތަ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ބޭއިންސާފުން ބޮޑެތި އަދަބުދެވޭ މަންޒަރު ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. އަދި ސިޔާސީގޮތުން ތަފާތު ފިކުރު ގެންގުޅުމަކީ ނުރައްކާތެރި ކަމަކަށް ވެގެންދާ ތަން ފެންނަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީ އިން ވަނީ ޤައުމަށް ދިމާވެފައިވާއި ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް މަޝްވަރާގެ މަގު އިސްކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ވާދަވެރިންގެ ހައްގުތައް ކަށަވަރުކޮށްދީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކޮށް، ދިވެހިރާއްޖެ އަނބުރާ ޑިމޮކްރެސީގެ މަގަށް ރުޖޫޢަކުރުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ މުޖުތަމަޢުއެއް ޤާއިމްކުރުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު