Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

އިޒްރޭލުން ފަލަސްތީންގެ ރެފިއުޖީ ކޭމްޕަކަށް، ގެދޮރަށް ހަމަލާދީ 22 މީހުން މަރާލައިފި

ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 4 މީހުން، ބުރެއިޖް ރެފިއުޖީ ކެމްޕަށް ދިން ހަމަލާގައި 6 މީހުން މަރުވެފައިވޭ

ރާއްޖެ އެމްވީ | 3 ޖޫން 2024 | ހޯމަ 08:00
 ނުސީރަތް ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ވަނީ ހަމަލާ ދީފައި

ނުސީރަތް ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ވަނީ ހަމަލާ ދީފައި

އިޒްރޭލު ސިފައިން ފަލަސްތީނުގެ ނުސީރަތް ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި ފަލަސްތީންގެ 4 މީހުން މަރުވެއްޖެއެވެ.

މީގެ އިތުރުން ގާޒާގެ މެދުތެރޭގެ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 6 އަންހެނުންނާ ކުޑަކުދިންތަކެއް ވަނީ މަރުވެފައެވެ.

ރޭގެ ވަގުތެއްގައި ޚާން ޔޫނިސް އަށް ދިން ހަމަލާތަކުގައި 12 މީހުން މަރުވި ކަމަށް އަލް ޖަޒީރާގެ ރިޕޯޓަރުން ބުނެފައިވެއެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުގެ ހަމަލާތައް ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒު ވަމުންދާއިރު އިޒްރޭލުން ބުނަމުންދަނީ ހަނގުރާމަ ނިމޭނީ އެމީހުން ބޭނުންވާ މަގްސަދު ހާސިލް ވުމުން ކަމަށެވެ. އެއީ ހަމާސް މުޅިން ނައްތާލުން ކަމަށް އިޒްރޭލުން ބުނެއެވެ. ހަމާސް އިން ގާޒާގައި ވެރިކަން ކުރަން އެއްވެސް އިރެއްގައި ފުރުސަތެއް ނުދޭނެ ކަމަށް އިޒްރޭލްގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލާންޓް ވަނީ ވިދާޅުވެފައެވެ.

ހަމާސްގެ ތަރުޖަމާނު އުސާމާ ހަމްދާން ވަނީ އެމެރިކާގެ ރައީސް ހާމަ ކުރެއްވި ސުލްހައިގެ ހުށަހެޅުން ރަނގަޅު ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ޖަމާއަތައް ލިޔުމުން އަދި އެއްވެސް އެއްޗެއް ނުލިބޭކަމަށް އަލް ޖަޒީރާ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވެއެވެ.

ޖަބާލިއާ ރެފިއުޖީ ކޭމްޕުން އިޒްރޭލް ސިފައިން 3 ހަފްތާ ފަހުން ފައިބައިފާ ވާއިރު އެސަރަހައްދު ތަކުގައި މަސައްކަތް ކުރާ ރެސްކިއު ޓީމްތަކަށް އެތަނުން 50ށް ވުރެ ގިނަ މަރުވެފައިވާ މީހުންގެ ހަށިތައް ވަނީ ފެނިފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7ން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 36،439 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 82،627 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުން އިޒްރޭލުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
އައިއެސް އިން ސީރިޔާގެ ކޭމްޕަކަށް ދިން ހަމަލާއެއްގައި 30 މީހުން މަރާލައިފި

އައިއެސް އިން ސީރިޔާގެ ކޭމްޕަކަށް ދިން ހަމަލާއެއްގައި 30 މީހުން މަރާލައިފި

03 މެއި 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު