Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޫލް ސްކޫލުގެ ޕްރޮޖެކްޓުގެ މަސައްކަތް

ކޫލް ސްކޫލުގެ ޕްރޮޖެކްޓުން ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ، ވިޔާނުދާ ކަންތައްތަކުން ދުރުހެލިވާނެ - މިނިސްޓަރ ޝަފީޢު

30 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ޚާއްސަކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2024 | އާދީއްތަ 13:34
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވާހަކަދައްކަވަނީ

ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވާހަކަދައްކަވަނީ

ކޫލް ސްކޫލުގެ ޕްރޮޖެކްޓުން ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީޢު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ވަރަށް ގާތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްލަވާ ކަމަށެވެ. ހޫނު މާހައުލެއްގައި ދަރިވަރުން ކިޔަވާނީ ކިހިނެތްތޯއާއި އެމާހައުލުގައި ޓީޗަރުން ކިޔަވައި ދިނުމަށް މަސައްކަތް ކުރާނީ ކިހިނެތްތޯ ސުވާލު އުފައްދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކޫލް ސްކޫލުގެ ޕްރޮޖެކްޓް ފަށާ ކުރިއަށް ގެންދާއިރު، 30 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ޚާއްސަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ސްކޫލުތައް އޭސީ ކުރުމުގެ އިތުރުން ގިނަ ކަންކަމަށް ބަދަލުތައް އަންނާނެ ކަމަށެވެ. ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބުލީ ކުރުމާއި ރުޅިވެރިކަމުގެ މާހައުލަށް ޖާގަ ނުދޭނެ ކަމަށެވެ.

ކޫލް ސްކޫލުގެ ޕްރޮޖެކްޓަކީ އަގުބޮޑު ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ތައުލީމަށް ކުރާ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން ކަމަށާއި، ދަރިވަރުންނަށް ކާމިޔާބު ދިރިއުޅުމެއް ހޯދައިދެވޭނީ ތައުލީމު ދީގެން ކަމަށެވެ. އާއިލާ ބިނާކޮށް، ގައުމު ބިނާކުރުމަށް ތައުލީމު ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓާއެކު އައު އިންޑަސްޓްރީއަކަށް ފުރުސަތު ހުޅުވޭނެ ކަމަށެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މިނިސްޓްރީއިން މިވަނީ އަމާޒުހިފާފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
11 މާރިޗު 2017

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު