Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރަހަ ހެޔޮ ވަރުކޮށްދޭ އެލެކްސިސްޕޫން

ކެއްކި ރިހައިގެ ރަހަ ނުބައިވެދާނެތީ ހާސް ނުވޭ... ހޯދަންވީ މި ކަހަލަ ސަމުސާއެއް!

އެލެކްސިސްޕޫން އީޖާދު ކުރުމުގެ މަޤްޞަދަކީ، ކާބޯތަކެތީގައި ލޮނު ބޭނުން ކުރާ މިންވަރު މަދުކޮށް، މީހުންގެ ޞިއްޙަތަށް ދުޅަހެޔޮ ބަދަލެއް ހޯދައި ދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖޫން 2024 | އާދީއްތަ 05:04
އެލެކްސިސްޕޫން އަކީ ކޮންމެ ކޮންމެ މީހަކަށް ބޭނުން ކުރުމުގެ ހުއްދަ އޮތް ސަމުސާއެއް ނޫން

އެލެކްސިސްޕޫން އަކީ ކޮންމެ ކޮންމެ މީހަކަށް ބޭނުން ކުރުމުގެ ހުއްދަ އޮތް ސަމުސާއެއް ނޫން

ވަގުތު ކުޑަތަންވެފައި އޮތް އަދުގެ ދުނިޔޭގައި ލޯބޯ ފިއްސައިގެން ރޯފިލުވާލާ ކާއެތިކޮޅުގައި މީރު ރަހައެއް ނުލައިގެން ދެބަސްވެ، ސުފުރާ މަތީގެ އުފާވެރިކަން ގެއްލިދާ ފަހަރު އާދެއެވެ. ކިތަންމެ މޮޅު އަކުރުން އަކުރަށް، ފިލިން ފިއްޔަށް ރެސިޕީއެއް ބަލައިގެން ކައްކާ، ބަލާ ރިހައިގައި ތާކުން ތާކު ޖެހޭ ރަހައެއް ނުލައިގެން އެ ރެއެއްގެ ކެއުން ޚަރާބު ވާ ގޮތްވެސްވެއެވެ. މިފަދަ އެތައް ހިތްދަތި ކަމަކާއި މާޔޫސް ކަމެއްގެ ހައްލު ގެނެސްދިން އެއް ބަޔަކީ، ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުނި، ކީރީން ހޯލްޑިންގްސްއެވެ. އެ ކުންފުނިން ދާދި މިދާކަށް ދުވަހު ދައްކާނި އައު އީޖާދަކީ، ރަހަ މީރުކޮށްދޭ ސަމުސާއެކެވެ. ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައި ބާޒާރަށް ނެރޭ މި ހާއްސަ ސަމުސާއަށް ދީފައި ވާ ނަމަކީ، "އެލެކްސިސްޕޫން" އެވެ. މި އާދަޔާ ޚިލާފު ސަމުސާއަކީ، ދުލުގެ ރަހަލާ ހިއްސުތަކަށް ލޮނު ރަހަ ހެޔޮވަރުކޮށްދޭ ސަމުސާއެއް ކަމަށްވެއެވެ.

ކާބޯތަކެތީގެ ރަހަ މީރު ކޮށްދޭ ޓެކްނޮލޮޖީގެ ރޮނގުން ކީރީން ކުންފުނިން ކުރިއެރުންތަކެއް ހޯދަމުން އަންނަތާ މިހާރު ވަނީ އަހަރުތަކެއް ފާއިތުވެފައެވެ. އެ ކުންފުނީގެ ދިރާސާވެރިން ވަނީ، މެއިޖީ ޔުނިވަރސިޓީގެ ސައެންސްވެރިންނާ ގުޅިގެން، ބަދިގެ ކަންވާރާއި ސްމަރޓް ޓެކްނޮލޮޖީ ގުޅާލަމުންނެވެ. މިކަން ކުރަނީ ކަރަންޓުގެ ހަކަތަ  ބޭނުންކޮށްގެންނެވެ. ކާބޯތަކެތީގެ ލޮނު ރަހަ، ޙަޤީޤަތުގައި ހުރި ވަރަށް ވުރެ ހެޔޮވަރުކޮށްލައިގެން، އަނގަޔަށް މީރު ކަމުގެ އިޙްސާސް ގެނުވާ ގޮތަށެވެ. ޙަޤީޤީ ލޮނު ރަހަ ކުރި ވަރަށް ވުރެ، 1.5 ގުނަ ލޮނުގެ ރަހަ ގަދަކޮށްދެއެވެ. މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބޯތައްޓަކާއި ސަމުސާއެއް އީޖާދު ކުރުމުގެ މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، އާންމުންނާ ހިސާބަށް، ބާޒާރުތަކަށް ފޯރާފައި މި ވަނީ ސަމުސާ އެކަންޏެވެ. "އެލެކްސިސްޕޫން" އީޖާދު ކުރުމުގެ މަޤްޞަދަކީ، ކާބޯތަކެތީގައި ލޮނު ބޭނުން ކުރާ މިންވަރު މަދުކޮށް، މީހުންގެ ޞިއްޙަތަށް ދުޅަހެޔޮ ބަދަލެއް ހޯދައި ދިނުމެވެ.

ޢުމުރު ދިގު ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ ޖަޕާނު މީހުންނަކީވެސް، އާދަޔާ ޚިލާފު ގިނައިން ލޮނު ކައި އުޅޭ ބައެކެވެ. ލޮނު ރަހަ މަޑުކޮށް ތައްޔާރު ކޮށްފައި ހުންނަ ކާބޯތަކެއްޗަށް މާ ބޮޑު މަޤުބޫލު ކަމެއް ނުލިބެއެވެ. އެހެން ކަމުން، ޞިއްޙީ އެތައް މައްސަލައަކާ ގުޅިފައި ވާ ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރެވޭނެ ގޮތެއް ހޯދުން ވަނީ ތަކުލީފަކަށެވެ. "އެލެކްސިސްޕޫން"ގެ ފައިދާ އަކީ މިއީ އެވެ. މި ސަމުސާގެ ދައުރަކީ، އެ ސަމުސާ ބޭނުން ކުރާ މީހެއްގެ ދުލުގެ ރަހަލާ ހިއްސުތަކަށް އޮޅުވާލުމެވެ.

ކަން މިހެން އޮތީ ވިއްޔާ، "އެލެކްސިސްޕޫން" މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟ ކީރީންއިން އާންމު ކުރި ޕްރެސް ރިލީޒްއެއްގައި ވާ ގޮތުން، "އެލެކްސިސްޕޫން" އީޖާދު ކޮށްފައި ވަނީ، ސަމުސާގައި ޖެހޭ ކާބޯތަކެއްޗަށް ކަރަންޓުގެ ހަކަތައިގެ މިންވަރެއް ފޯރާ ފަދަ ގޮތަކަށެވެ. ހަމަ އެ ވަގުތަކީ، ސަމުސާ ބޭނުން ކުރާ މީހާގެ ދުލުގެ ވަށައިގެން ކަރަންޓުގެ ފަށަލައެއް އުފައްދާ ވަގުތު ކަމުގައިވެސްވެއެވެ. މި ފަށަލައިގެ ސަބަބަބުން، ކާބޯތަކެތީގައި ހުންނަ ސޯޑިއަން އައިއޯންސްތައް ބޮނޑިއަކަށް އެކުވެއެވެ. ނަތީޖާއަކަށް ވަނީ ލޮނު ރަހަ ގަދަވެ، އަނގަޔަށް މީރު ކަމުގެ އިޙްސާސް ކުރެވޭ ގޮތް ވުމެވެ.

އަހަރެމެން އެންމެންނަކީވެސް ތަފާތު ރަހަތަކަށް ލޯބި ކުރާ ބައެއް ކަމުން، ލޮނު ރަހަވެސް ކަމު ދަނީ އެކި މީހުންނަށް އެކި ވަރަށެވެ. ބައެއް މީހުންނަށް ރަނގަޅި ލޮނު ގަދަވި ވަރެކެވެ. އަނެއް ބަޔަކަށް ކިރިޔާ ލޮނުކޮޅެއް އަޅާލައި ކަމެވެ. "އެލެކްސިސްޕޫން" އީޖާދު ކޮށްފައި ވަނީ، މި ކަންކަމަށްވެސް ބަލައިގެންނެވެ. އެގޮތުން، "އެލެކްސިސްޕޫން" ގައި،4 ދަރަޖައަކަށް ލޮނު ރަހަ ގަދަ ކުރެވޭނެއެވެ. "އެލެކްސިސްޕޫން" ބޭނުން ކުރާ މީހުން އެންމެ ފުރަތަމަ ފަށާނީވެސް ފުރަތަމަ ދަރަޖައިން ކަން ކީރީންއިން ވަނީ ފާހަގަ ކޮށްފައެވެ. އެންމެ މަތީ ދަރަޖައަށް ސަމުސާ ސެޓް ކުރުމުން، ދޫ ހީލިކަރުވާ ކަހަލަ ކުއްލި ސިހުމެއްވެސް ގެނުވުން އެކަށީގެންވެއެވެ. މި ސަމުސާގެ ޖާދޫ ގުޅިފައި އޮތީ ކަރަންޓުގެ ހަކަތައާ ކަމަށް ވާ އިރު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ސަމުސާ ބޭނުން ކުރުމަށްޓަކައި، ކަރަންޓުގެ މަސްދަރެއް ބޭނުންވެއެވެ. މި ސަމުސާއަށް ބޭނުންވާ ކަރަންޓު ނަގަނީ، ސަމުސާގެ އަތްގަނޑުގައި ވާ، ރީޗާޖް ކުރެވޭ، 3 ވީ ލިތިއަމް ބެޓެރީއަކުންނެވެ.

"އެލެކްސިސްޕޫން" އަކީ ތަފާތު އެކި ސަބަބުތަކާ ހެދި ލޮނާ ދުރުވާން މަޖުބޫރުވެފައި ވާ މީހުންނަށް އަނެއްކާވެސް ހިތްގައިމު ރަހަތަކެއް ތަޖުރިބާކޮށްލަން ލިބޭނެ ރަނުގެ ފުރުޞަތަކަށް ވާނެއެވެ. ނަމަވެސް، "އެލެކްސިސްޕޫން" އަކީ ކޮންމެކޮންމެ މީހަކަށް ބޭނުން ކުރުމުގެ ހުއްދަ އޮތް ސަމުސާއެއް ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން މޫނުގެ ނާރުތަކުގެ މައްސަލަ ހުންނަ މީހުންނާއި، ދަގަނޑުގެ މައުދަންތަކަށް އެލަރޖިކް ވާ މީހުންނާއި، ތަދު ނުވަތަ ފިނިހޫނުމިން އިހްސާސް ނުކުރެވޭ މީހުންނަކަށް، "އެލެކްސިސްޕޫން" ބޭނުން ކުރެވޭކަށް ނޯވެއެވެ. އަދި ކަރަންޓުގެ ހަކަތައިން އޮޕަރޭޓް ކުރާ އިމްޕްލާންޓްތައް ލައްވާފައި ވާ މީހުންނާއި، މާބަނޑު މީހުންނާއި، ދަތުރުގެ ފަރުވާ ހޯދަމުންދާ މީހުންނަށްވެސް މި ސަމުސާ ބޭނުން ކުރެވޭކަށް ނެތެވެ.

"އެލެކްސިސްޕޫން"ގެ 200 ޔުނިޓް، މެއި 20 ވަނަ ދުވަހު، ކީރީންގެ އޮންލައިން ފިހާރައިން ވަނީ ވިއްކާފައެވެ. އަދި މި ފެށުނު ޖޫން މަހުގެ ތެރޭގައި، އެކި ފިހާރަތަކުންވެސް "އެލެކްސިސްޕޫން" ލިބެން ހުންނާނެ ކަމަށް ކީރީންއިން ވަނީ ހާމަކޮށްފައެވެ. "އެލެކްސިސްޕޫން" އެއްގެ އަގު މި ވަގުތު އުޅެނީ 19800 ޔެން ނުވަތަ 128 އެމެރިކާ ޑޮލަރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!

ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!

15 ނޮވެމްބަރު 2019
ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ \'އެންމެ ބެސްޓް\' ޓީމް ކަމަށް

ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ \'އެންމެ ބެސްޓް\' ޓީމް ކަމަށް

21 އޮކްޓޯބަރު 2018
ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް

ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް

22 ޖުލައި 2018
އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

18 ޑިސެމްބަރު 2017
ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު

ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު

04 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު