Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިން އެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަންގެ ރައީސްކަމުގެ އިތުރު ދައުރަކަށް ޗަމްޕީ އިންތިޚާބު ކޮށްފި

ޗަމްޕީ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސްކަމުގެ މަޤާމު ވެސް ފުރުއްވަމުން އަންނަ ފަރާތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2024 | އާދީއްތަ 02:28
ސްވިމިން އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބުވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ)

ސްވިމިން އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބުވި މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ)

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ އިތުރު ދައުރަކަށް، މިހާރުގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އިންތިޚާބު ކޮށްފި އެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ސްވިމިން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައި އޮތީ އެންމެ ކެންޑިޑޭޓެކެވެ. އެހެންކަމުން، މެމްބަރުންގެ މެދުގައި ނަގާފައި ވަނީ ފެންނަ، ނުފެންނަ ވޯޓެކެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމަށް ޗަމްޕީ އިންތިޚާބު ކުރުމަށް ފެންނަ ކަމަށް 64 ވޯޓު ވަނީ ދީފަ އެވެ. 66 މެމްބަރުން ބައިވެރިވި ވޯޓުގައި، ރައީސް ކަމަށް ޗަމްޕީ ގެންނަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. މިއީ ސްވިމިން އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމަށް ޗަމްޕީ އިންތިޚާބުވި ހަތަރު ވަނަ ފަހަރެވެ.

ޗަމްޕީ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސްކަމުގެ މަޤާމު ވެސް ފުރުއްވަމުން އަންނަ ފަރާތެވެ.

މީޣެ އިތުރުން ސްވިމިން އެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ނައިބު ރައީސްކަމަށް، ހިނގަމުން މިދާ ދައުރުގައި ވެސް ހުންނެވި އިސްމާއީލް އަލީ ކުރިމަތިލާފައިވާއިރު، އެ މަގާމަށް އޭނާ ގެންނަން ފެންނަ ކަމަށް ވޯޓު ދިނީ 63 މެމްބަރުންނެގެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަންގެ ހަޒާންދާރުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ، އަލީ ޝަމީމް އެވެ. ކުލަބުތައް ތަމްސީލު ކުރާނެ މެމްބަރަކަށް ހޮވުނީ، އަލީފް ޢަބްދުﷲ އެވެ. ހަމައެހެންމެ ކޯޗުން ތަމްސީލު ކުރާނެ މެމްބަރަކަށް ހޮވުނީ، އަޙުމަދު ފިރާސް އަފީފް އެވެ.

ޓެކްނިކަލް އޮފިޝަލުން ތަމްސީލު ކުރާނެ މެމްބަރަކަށް ޙަސަން ސިރާރު ވަނީ އިންތިޚާބު ކޮށްފަ އެވެ. އަދި އަންހެން މެމްބަރުން ތަމްސީލު ކުރާނެ ފަރުދީ މެމްބަރަކަށް ރަހީމާ އާދަމް އިންތިޚާބުވީއިރު، ފިރިހެން މެމްބަރުން ތަމްސީލު ކުރާނެ ފަރުދީ މެމްބަރަކަށް އިންތިޚާބުވީ، މުޙައްމަދު ނައްވާރު އިބްރާހީމް އެވެ.

ސްވިމިން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރަކީ ހަތަރު އަހަރުގެ މުއްދަތެކެވެ. ހޮނިހިރު ދުވަހު އިންތިޚާބު ކުރި ހިންގާ ކޮމެޓީގެ އައު ދައުރު ފެށޭނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު