Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ރަފަހްގެ "ރައްކައުތެރި" ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ފާއިތުވި 4 ދުވަހު ދިން ހަމަލާގައި 60 މީހުން މަރުވެއްޖެ

ރަފަހް އަށް ހަމަލާ ދިނުމުގައި އެތައް ހާސް އިޒްރޭލް ސިފައިން އަންނަނީ ބައިވެރި ވަމުން

ރާއްޖެ އެމްވީ | 31 މެއި 2024 | ހުކުރު 10:29
ރަފަހް ސިޓީ - ހަމަލާތަކުގައި މިހާތަނަށް 36.224 ފަލަސްތީން މީހުން ވަނީ މަރުވެފަ

ރަފަހް ސިޓީ - ހަމަލާތަކުގައި މިހާތަނަށް 36.224 ފަލަސްތީން މީހުން ވަނީ މަރުވެފަ

ރަފަހްގެ "ރައްކައުތެރި" ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ފާއިތުވި 4 ދުވަހު ދިން ހަމަލާ ތަކުގައި މަދުވެގެން ފަލަސްތީނުގެ 60 މީހުން މަރުވެއްޖެ ކަމަށް ސޭވްދަ ޗިލްރަން އިން ހާމަ ކޮށްފިއެވެ.

މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަނެއްކޮޅުން ޔޫއެން އިން ބުނެފައިވަނީ ރަފަހްގެ ބިރުވެރި ހާލަތުން ރައްކައުތެރި ކަން ހޯދަން 18500ށް ވުރެ ގިނަ މާބަނޑު މީހުން އެހެން ސަރަހައްދުތަކަށް ހިޖްރަ ކޮށްފި ކަމަށެވެ.

ހުއްޓުމެއް ނެތި އިޒްރޭލް ސިފައިން ރަފަހް އަށް ހަމަލާ ދެމުންދާއިރު އަދި އެ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާ އިރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ އިޒްރޭލުން ރަފަހް ގައި ހިންގަނީ އަސްކަރީ "މޭޖަރ އޮޕަރޭޝަނެއް ނޫން" ކަމަށެވެ. އެމެރިކާ އިން މިހެން ބުނާއިރު އަލް ޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަފަހް އަށް ހަމަލާ ދިނުމުގައި އެތައް ހާސް އިޒްރޭލް ސިފައިން އަންނަނީ ބައިވެރި ވަމުންނެވެ. އިޒްރޭލުގެ ހަމަލާ ތަކަށް ކެތް ނުކުރެވިގެން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ރަފަހް ސިޓީ ދޫކޮށް ހިނގައްޖެ ކަމަށްވެސް ރިޕޯޓްތަކުގައި ވެއެވެ.

އަނެއްކޮޅުން އިޒްރޭލުގެ އަނިޔާވެރި ކަމަށް ނިމުމެއް ގެނައުމަށް، ބައިނަލް އަގްވާމީ މުޖްތަމައުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވުމާއި، ދަތި ކުރުމުގެ އެހެން ފިޔަވަޅުތައް އެޅުމުގެ ވަގުތު އަތުވެއްޖެ ކަމަށް އދ.ގެ އެތައް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އިޒްރޭލުން ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 36.224 ފަލަސްތީން މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރު އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 81،777ށް ވަނީ އަރާފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު