Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިބަމަ ޕްރޮޖެކްޓް

"އިބަމަ" ނިމިދިޔަ ސަރުކާރުގެ ބިޔަ ބޮޑު ޕްރޮޖެކްޓް މިސަރުކާރުން ފެއިލްކޮށްލީ ކީއްވެ؟

"އިބަމަ" އަކީ ރައީސް ޞާލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ފެށި ހަރަކާތެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 މެއި 2024 | ބުދަ 13:29
ހުރިހާ މުޖްތަމައުއެއްގައި ޤާއިމުކުރާ އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ފެލިދޫގައި އިފްތިތާޙްކޮށްފި

ހުރިހާ މުޖްތަމައުއެއްގައި ޤާއިމުކުރާ އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ފެލިދޫގައި އިފްތިތާޙްކޮށްފި

"އިބަމަ" އިޖުތިމާއީ ބަދަހި މަދަދުވެރިން އަކީ 2021 ވަނަ އަހަރު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެ އަހަރުގެ ސެޕްޓްމްބަރު މަހުގެ ތެރޭގައި ޔުނިސެފްގެ އެހީތެރިކަމާއެކު ފެށި ހަރަކާތެކެވެ. މި ހަރަކާތް ނުވަތަ ޕްރޮގްރާމުގެ މަގްސަދަކީ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ޕްރިވެންޓިވް" އަދި "ރެސްޕޮންސިވް" ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ގާއިމު ކުރުމެވެ.

ހަމައެހެންމެ، ހާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި މީހުން ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވީއެންމެ އަވަހަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމެވެ.

އެގޮތުން އެންމެ ގާތުން ވީހާ އަވަހަކަށް ކަމެއް ނުހިނގަނީސް، ނޫނީ އެކަމެއް ހިނގާ ހިސާބުން އަޅުގަނޑުމެންނަށް އެކަން އެދިމާވާ ބަޔަކާއެކު މަސައްކަތް ކުރެވިއްޖެނަމަ، އެކަމެއް ޙައްލުކުރުމަށްޓަކައި ރަށްރަށުގެ ކައުންސިލްތައް އިސްވެ އޮވެ، އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކާއި ސަރުކާރުގެ އޮފީސްތައް، ގުޅިގެން އިބަމަ މެމްބަރުންވަނީ ތަމްރީނުވެސް ކޮށްފައެވެ. އެ ޕްރޮޖެކްޓަކީ ޔުނިސެފްގެ މާލީ އެހީތެރިކަމާއެކު ހިންގަންފަށާފައިވާ ޕްރޮޖެކްޓަކަށް ވުމުން، މިދިޔަ ނޮވެމްބަރާ ހަމައަށް އެކަނި ވެސް ރާއްޖޭގެ 12 އަތޮޅެއްގައި އަދި ތިން ސިޓީއެއްގެ ޖުމްލަ 836 ބައިވެރިން އިބަމައަށް ތަމްރީނު ކުރެވިފައިވެ އެވެ.

އިބަމަ މަސައްކަތް ބައެއް ރަށްރަށުގައި ކާމިޔާބު ކަމާއިއެކު ކުރިއަށްގެންގޮސްފައިވާއިރު، ސަރުކާރު ބަދަލުވެ އިބަމަ މިޕްރޮޖެކްޓް މިވަނީ ހުއްޓާލާފައެވެ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއް ސަރުކާރު ބަދަލުވާ ހިސާބުން ހުއްޓާލުމަކީ އެކަމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. އަދި ކުރީ ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތައް ފެއިލްކޮށްލުމެވެ.

އެހެންކަމުން އިބަމަވެސް ފެއިލްކޮށްލީއެވެ. އިބަމަ ފެއިލްކޮށްލުމަށްފަހު ސަރުކާރު ބަދަލުވުމާއި އެކު އިބަމަ ރީބްރޭންޑްކޮށް މިސަރުކާރުގެ އަމިއްލަ އެއްޗަކަށް ހަދަން މަސައްކަތް ފެއްޓީއެވެ. އެގޮތުން މިކާމިޔާބު ޕްރޮޖެކްޓް ކުރިއަށްގެންދިޔުމުގެ ބަދަލުގައި މިސަރުކާރުން ވަނީ "ހާލު ކިހިއްނެތް" މިނަމުގައި އައު ޕްރެޖްޓެއް ފައްޓާފައެވެ. އަލަށް ކުރިއަށްގެންދަން މަސައްކަތްކުރާ ހާލު ކިހިއްނެތް މިޕްރޮގްރާމްގެވެސް މަޤްސަދަކީ އިބަމައިގެ މަޤްޞަދެވެ. ހާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި މީހުން ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވީއެންމެ އަވަހަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަކީ މިދެ ޕްރޮޖެކްޓްވެސް މަޤްސަދެވެ. ސުވާލަކީ އިބަމަ މިނަމުގައި ކުރިއަށް ނުގެންދިޔައީ ކީއްވެތޯއެވެ. ރާއްޖޭގެ 12 އަތޮޅުގައި އިބަމަ މެމްބަރުން ތަމްރީނުކޮށްފައިވާއިރު، އިބަމަ ކުރިއަށްގެންދިޔުމަކީ ސަރުކާރަށްވެސް ހަރަދުކުޑަވާނެ ގޮތެކެވެ.

ނިމިދިޔަ ސަރުކާރު ނިމުނުއިރު އިބަމައިގެ މަސައްކަތް އޮތް ހިސާބުން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ބަޔަކު ނަމަ ކުރާނެ އެންމެ މުހިއްމު އެއްކަމެވެ. ކުރަން މިއުޅެނީ އެއް ކަމެކެވެ. ނަމަވެސް ސަރުކާރެއް ބަދަލުވާ ހިސާބުން ދެން ބޭނުންވަނީ ކޮންމެ ކަމެއްގައިވެސް ކްރެޑިޓް ނަގަންށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަލަށް ފައްޓާ 'ހާލު ކިހިނެއް؟' ޕްރޮގްރާމަކީ ގޭގެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ޢާއިލާތަކުގެ ޙާލަތު ދެނެގަތުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ގޭގެއަށް ޒިޔާރަތްކުރާ ޓީމުތަކުން އެއްކުރާ މަޢުލޫމާތުތަކުގެ އެހީގައި، އެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން އަވަސްކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށްވަނީ ނިންމާފައެވެ.

ކަންމިހެންއޮތް އިރު، އިބަމަ މެމްބަރުން ތަމްރީނު ކުރެވުނުއިރު މިމަސައްކަތްކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. އެގޮތުން މިތަމްރީނު ޕްރޮގްރާމްތަކުގައި ކުރެވުނު އެންމެ ބޮޑު މަސައްކަތަކަށްވެފައިވާނީ އިބަމަ މެޕިންއެވެ. މިއީ މުޖުތަމަޢުގައި ހަވާސާކުރެވިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، ބޭނުންވާ އެހީތައް ދަނެގަނެ، ގޭގެއަށް ޒިޔާރަތްކޮށް ކޮންމެ ރަށެއްގައިވެސް މިފަދަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަށް ދަނެގަނެ އެއްކުރެވިފައިވާ މައުލޫމަތުތަކެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސް މީހުންނާއި އެކަނިވެރި މައިންނާއި އަދިވެސް އެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތައްވާނީ ދަނެގަނެވިފައެވެ.

ސުވާލަކީ ޑަބަލް މަސައްކަތް ކުރަން މިއުޅެނީ ކީއްވެބާ އެވެ. އިބަމަ ތަމްރީނު ހިންގި ބާރަ އަތޮޅުންވާނީ މިދެންނެވި މައުލޫމާތުތައް އެއްކުރުމަށްފަހު މިނިސްޓްރީގައި ހުންނަ އިބަމަ ހިންގާ އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނާއި ހިއްސާކޮށްފައެވެ. އެހެންކަމުން ކުރަން މިއުޅެނީ ހަމަ ރައްޔިތުންނަށް ހެޔޮ ހިތުން ކޮށްދޭން އުޅޭ ކަމެކޭ ބުނެވެން އެބަ އޮތް ހެއްޔެވެ. މިހުރިހާ މައުލޫމާތުތައް ހުރި އިރު އިބަމަ ތަމްރީނު ނުހިއްގާ ރަށްރަށުގައި އެކަން ކުރިއަށް ގެންދަންވީ ނޫންތޯއެވެ. ރައްޔިތުންނަށް އޯގާތެރިވާންވީ ހުރިހާ ގޮތަކުންނެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު