Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދައިގެ ހިދުމަތް

ތައިލެންޑާއި ޔޫއޭއީން ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ: ޒީނިޔާ

އާސަންދަ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މެއި 2024 | ބުދަ 12:17
އާސަންދަ ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ

އާސަންދަ ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ

ތައިލެންޑާއި ޔޫއޭއީން އާސަންދަ ލިބޭނެ ގޮތް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށް އާސަންދައިން ބުނެފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތައިލެންޑް އަދި ޔޫއޭއީ އިން އާސަންދަ ހިދުމަތް ދިނުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ ތައިލެންޑާއި ޔޫއޭއީ އިން ސިއްހީ ޚިދުމަތް ހޯދޭ ގޮތަށް އާސަންދަ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ.

Advertisement - newsAdvertisement

އާމިނަތު ޒީނިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެއްގައުމު ދެގައުމަށް ބަރޯސާވުމުގެ ބަދަލުގައި ދިވެހިންނަކީ އެހެން ގައުމުތަކަށް ވެސް ސިއްހީ ހިދުމަތް ހޯދަން ދާ ބަޔަކަށް ވުމާއެކު ގިނަ ގައުމުތަކެއް އާސަންދަ ސްކީމުގެ ތެރެއަށް އިތުރުކުރުމުގެ ގޮތްތަކެއް ހެދުން ކަމަށެވެ. އެގޮތުން ތައިލެންޑް އަދި ޔޫއޭއީގައި ހިދުމަތް ފައްޓަން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޖެނުއަރީ މަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑް ފަދަ ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އާސަންދައަކީ ހަމައެކަނި ވަކި ތަނެއްގައި، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޔޫއޭއީއަށާއި ތައިލެންޑަށް ރާއްޖޭގެ އާސަންދަ ފުޅާކުރައްވާނެ ކަމަށެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް ތައިލެންޑް އަދި ޔުއޭއިން އާސަންދަ ލިބޭނެ ގޮތް ވަނީ ހަމަޖައްސައި ނުދެވިފައެވެ. އަދި އެކި ފަހަރުމަތިން އެކި މައުލޫމާތު ސަރުކާރުން ހާމަކޮށްފައިވާއިރު، މިކަން ހަމަޖެހޭނެ ދުވަހެއް އަދިވެސް ހާމަކޮށްފައިނުވެއެވެ.

އާސަންދައިގެ ހިދުމަތް މިހާރު ރާއްޖެއިން ބޭރުން ލިބެނީ އަވައްޓެރި އިންޑިއާ އާއި ލަންކާގެ ބައެއް ހޮސްޕިޓަލުތަކުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު