Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ރަފާ ސިޓީއަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި

ގާޒާގައި އިޒްރޭލް ސިފައިން ހިންގާ އަނިޔާވެރިކަން އިތުރުވަމުންދާއިރު، ދުނިޔޭގެ ގައުމުތަކުން އިޒްރޭލަށް ނުރުހުމާ ރުޅިވެރިކަން ފާޅު ކުރުން އަންނަނީ އިތުރުވަމުން

ރާއްޖެ އެމްވީ | 29 މެއި 2024 | ބުދަ 06:53
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)

ރަފާ ސިޓީއަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

އަނެއްކޮޅުން އިޒްރޭލުގެ ފައުޖުތަކުން "ރައްކައުތެރި ސަރަހައްދު" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަފާ ގެ ހުޅަނގުގައި ގާއިމް ކޮށްފައިވާ ޓެންޓް ކޭމްޕަކަށް ހަމަލާދީ ފަލަސްތީންގެ 21 މީހުން ވަނީ މަރާލާފައެވެ. މީގެ ތެރޭގައި 13 އަންހެނުންނާ އަންހެން ކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާޒާގައި އިޒްރޭލް ސިފައިން ހިންގާ އަނިޔާވެރިކަން އިތުރުވަމުންދާއިރު، ދުނިޔޭގެ ގައުމުތަކުން އިޒްރޭލަށް ނުރުހުމާ ރުޅިވެރިކަން ފާޅު ކުރުން އަންނަނީ އިތުރުވަމުންނެވެ.

އަނެއްކޮޅުން ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކޮށް ރަސްމީކޮށް ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން ސްޕެއިނުންނާއި، އަޔަލޭންޑް އަދި ނޯވޭ އިން ބުދަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދާ ކަމަށް އދ. އިން ބުނަމުން އަންނަތާ އެތައް ހަފްތާއެއް ވެއްޖެއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 3 ހަފްތާގައި އެހީގެ ގޮތުގައި ފަލަސްތީން ރައްޔިތުންނަށް ލިބިފައިވަނީ 170 ލޮރީގެ ތަކެއްޗެވެ. އދ. އިން ސިފަ ކޮށްފައިވަނީ އެއީ "ކަނޑުން ފެންތިއްކެއް" ގެ މިންވަރުގެ ގޮތުގައެވެ. އެހީގެ ގޮތުގައި މަދުވެގެން ދުވާލަކު 500 ލޮރީގެ ތަކެތި ބޭނުންވާ ކަމަށް އދ. އިން އަންނަނީ ބުނަމުންނެވެ.

މެއި މަހުގެ ކުރީކޮޅު ރަފާ ސިޓީއަށް އަރާ އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ދިރިއުޅޭ ސަރަހައްދު ދޫކޮށް އެހެން ތަންތަނަށް ދާން މަޖުބޫރުވި މީހުންގެ އަދަދު މިހާރު 1 މިލިއަނަށް ވުރެ މައްޗަށް އަރައިފި ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ، ހަމަލާތަކުން ރައްކައުތެރި ކަން ހޯދުމަށް އޭގެ ކުރިންވެސް ދިރިއުޅުނު ތަން ބަދަލު ކޮށް ވަގުތީ ހިޔާވަހި ކަމުގައި އުޅެމުން ދިޔަ މީހުންނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 36،096 ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވެއެވެ. އަދި 81،136 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު