Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބެލިންހަމް!

ސްޕެނިޝް ލީގުގައި ބެލިންހަމް ވަނީ ރެއާލަށް 28 މެޗު ކުޅެދީ، 19 ލަނޑު ޖަހައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2024 | ބުރާސްފަތި 02:21
ރެއާލަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް

ރެއާލަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް

ނިމުނު ސީޒަންގެ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، ޗެމްޕިއަން ރެއާލް މެޑްރިޑުގެ ޖޫން ބެލިންހަމް ހޮވިއްޖެ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގައި ހުރުމަށްފަހު އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް ބެލިންހަމް ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެގޮތުން ނިމުނު ސީޒަންގެ ސްޕެނިޝް ލީގުގައި ބެލިންހަމް ވަނީ ރެއާލަށް 28 މެޗު ކުޅެދީ، 19 ލަނޑު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ހަ ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. މުޅި ސީޒަންގައި ރެއާލަށް ކުޅެދިން 41 މެޗުން 23 ލަނޑު ޖަހައިދީފަ އެވެ.

މީގެ އިތުރުން ބެލިންހަމް ވަނީ ރެއާލާއެކު ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ރެއާލާ އެކު ކާމިޔާބު ކުރުމުގެ ފުރުސަތު ބެލިންހަމަށް އެބަ އޮތެވެ. ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ރެއާލް ނިކުންނާނީ ބެލިންހަމްގެ ކުރީގެ ކުލަބު، ޑޯޓްމަންޑާ ދެކޮޅަށެވެ.

މީގެ އިތުރުން ސްޕެނިޝް ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖިރޯނާގެ މިކޭލް ސަންޗޭޒް އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖިރޯނާ އިން ލީގު ނިންމާލީ ތިން ވަނައިގަ އެވެ. ސީޒަން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ޖިރޯނާ އިން ވަނީ ތާވަލްގެ އެއް ވަނަ މަގާމުގައި ވެސް އޮވެފަ އެވެ.

ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް އެވެ. އެންމެ މޮޅު ގޯލަށް ހޮވުނީ އޮސަސޫނާގެ ޖީސުސް އަރެސްކޯ ޖެހި ލަނޑެކެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު