Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެދަލެންޑްސް ޤައުމީ ޓީމު

އަނިޔާގެ ސަބަބުން ޑެ ރޫން އަށް ޔޫރޯގައި ވެސް ނުކުޅެވޭނެ!

29 މެއި 2024 | ބުދަ 04:11

ޑެ ރޫން އަށް އަނިޔާވީ އިޓާލިއަން ކަޕްގެ ފައިނަލްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މެއި 2024 | ބުދަ 04:11
އެޓަލަންޓާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑެ ރޫން

އެޓަލަންޓާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑެ ރޫން

އަނިޔާގެ ސަބަބުން އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ނުކުޅެވޭނެކަން، ނެދަލެންޑްސްގެ ޑިފެންސިވް މިޑްފީލްޑަރު މާޓެން ޑެ ރޫން ހާމަކޮށްފި އެވެ.

އިޓަލީގެ އެޓަލަންޓާ އަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ ޑެ ރޫން އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، އަނިޔާގެ ސަބަބުން އޭނާ އަށް އިޓާލިއަން ކަޕްގެ ފައިނަލްގައި ނުކުޅެވުނު ކަމަށާއި، އެހެން ނަމަވެސް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރެވުނު ކަމަށެވެ.

އިޓާލިއަން ކަޕްގެ ފައިނަލްގައި އެޓަލަންޓާ އިން ވާދަކޮށްފައި ވަނީ ޔުވެންޓަސްއާ އެވެ. އެ މެޗުން އެޓަލަންޓާ ބަލިވެފައި ވަނީ 1-0 އިންނެވެ. އޭގެ ފަހުން ޔޫރޮޕާ ލީގުގެ ފައިނަލްގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗު އެޓަލަންޓާ އިން ވަނީ 3-0 އިން ކާމިޔާބުކޮށް، މުބާރާތުގެ ތަށި އުފުލާލައިފަ އެެވެ. ޑެ ރޫން އަށް އަނިޔާވީ އިޓާލިއަން ކަޕްގެ ފައިނަލްގަ އެވެ. އަނިޔާވުމާއެކު، އެ މެޗުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އިތުރަށް ޑެ ރޫން އެ ޕޯސްޓުގައި ބުނީ، މެޑިކަލް ސްޓާފުންނާއެކު އޭނާ ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން އެނގުނު ގޮތުގައި، އޭނާ އަށް އަންނަނ މަހު ފަށާ ޔޫރޯ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ވެސް ޑެ ރޫން ވަނީ ބުނެފަ އެވެ. އެހެންކަމުން ނެދަލެންޑްސްގެ ޔޫރޯ ސްކޮޑުން އޭނާ އަށް ފުރުސަތު ގެއްލޭނެ އެވެ.

ޑެ ރޫން އަށް ނެދަލެންޑްސްގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 42 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ނެދަލެންޑްސް އާއެކު 2019-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންްސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ. އެ ފައިނަލްގައި ނެދަލެންޑްސް ބަލިވެފައި ވަނީ ޕޯޗުގަލް އަތުންނެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް